ސަރުކާރު ހިންގާ ޖުމުހޫރީ ޕާޓީގެކެންޑިޑޭޓުންނަށް ޕީޕޢެމް އިން ތާއީދުކުރަން ނިންމަމުންދަނީ ޖޭޕީއާއި ޕީޕީއެމްއާ ދެމެދު މަޝްވަރާއެއް ކޮށްގެން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވެއްޖެއެވެ.

އަލީ ސޯލިހު މިހެން ވިދާޅުވީ ރޭ ޖުމުހޫރީ ޕާޓީން ވާދަކުރާ ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ޕީޕީއެމުން ނިންމައި އެކަން ހާމަކުރުމާ ގުޅިގެނެވެ.

"އެކަމަކީ ޕީޕީއެމްގެ އަމިއްލަ ނިންމުމެއް , ޕީޕީއެމުން އެގޮތަށް ނިންމުމަކީ އެ ޕާޓީގެ ހެޔޮފުޅު ކަމުން އަޅުގަނޑުމެން އެކަމަށް މަރްހަބާ ކިޔަން" އަލީ ސޯލިހް ވިދާޅުވިއެވެ.

އަންނަ އެޕްރީލް މަހު އޮންނަ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ޕީޕީއެމްއިން ކުރިން ޓިކެޓް ދީފައިވާ ބައެއް ބޭފުޅުންގެ ޓިކެޓްތައް މިހާރުވަނީ އަތުލާފައެވެ. އެގޮތުން، ރޭ ވަނީ މަތިވެރި ދާއިރާއަށް ވާދަކުރެއްވުމަށް ކުރީގެ ނޫސްވެރިޔާ ލަޔާލް މަނިކުއަށާއި، ގެމަނަފުށީ ދާއިރާއަށް ވާދަކުރެއްވުމަށް މިހާރުގެ މެމްބަރ ޖަމީލް އުޘްމާންއަށް ދީފައިވާ ޓިކެޓާއި، ވިލިނގިލީ ދާއިރާއަށް ވާދަކުރެއްވުމަށް ޝަހީބް އިބްރާހިމްއަށް ދީފައިވާ ޓިކެޓްވެސް ޕީޕީއެމުން އަތުލާފައެވެ.

ޕީޕީއެމް އިން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ތާއިދު ކުރަން ނިންމާފައިވާއިރު، ޕީޕީއެމް އާއި ޖޭޕީން ވަނީ ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާތަކެއްކޮށް ނިންމުންތަކެއް ނިންމާފައެވެ.

އެ ނިންމުންތައް ހިއްސާ ކުރުމަށް، އެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި މެންބަރުން ވަނީ ދެކޮޅު ހަދާފައެވެ. ދެޕާޓީގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް ބުނާ ޚަބަރު ދެޕާޓީން ދިޔައީ ދޮގު ކުރަމުންނެވެ.

ޖޭޕީން ވެސް ފުރަތަމަ މަސައްކަތް ކުރީ ކޯލިޝަން އެއްބަސްވުމާއި އެއްގޮތައް ސަރުކާރުގައި ބައިވެރިވާ ހުރިހާ ޕާޓީއެއް ގުޅިގެން މަޖިލިސް އިންތިޚާބުގައި ވާދަކުރާށެވެ. ނަމަވެސް ކޯލިޝަން އެއްބަސްވުމާއި ހިލާފަށް އެމްޑީޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމުމުން މިހާރު ޖޭޕީން ވެސް ނިންމާފައި ވަނީ 45 ދާއިރާއަކަށް ވާދަކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    މަޝްވަރާ ކުރިއަސް ނުކުރިއަސް ތިޔައީ ޔާމީނު އަށް ތާއީދު ހޯދަން ޖެހި " މަޅިއެއް " ކަން އެންމެނަށްވެސް އެގޭ !

    5
    8
  2. ޝަން

    ޅަކުދިން ކާރިގައި ތިކަހަލަ ވާހަކަ ދައްކާ. ތި ހީކުރަނީ އެންމެންނަކީ ބޯގަޅިން ކަމަށްތަ؟

    5
    4
  3. އިބްރާ

    ރައީސް ޔާމީނު ހިތްހެޔޮކަމާއިއެކު ޖޭޕީގެ މެމްބަރުންނަށް ތާއީދުކުރެއްވިއަސް ، އެމްޑީޕީން ޖޭޕީއަށް އެންމެ ދާއިރާއެއް ނުދިނަސް ޖޭޕީއޮތީ އެމްޑީޕީއާއި އެކުއެވެ. އެމްޑީޕީއާއި އެކު ހަދާފައިވާ ކޯލިޝަނަކަށް މިކަމުގެ އެއްވެސް އަސަރެއް ނުކުރާނެއެވެ. އެމްޑީޕީގެ އެކްޓިވިސްޓުން ޖޭޕީއަށް ކިތަންމެ އެތިވަރެއް ގޮވިއަސް ވެހެވެ. އަދާލަތާއި އެމްއާރއެމްވެސް ވަނީ ބޮނޑިބަތުގައި ޖެހި އެމްޑީޕީއަށް ލޯބިޖެހި ނިމިފައެވެ.

    5
    1
  4. ހުސޭނުބޭ

    ޖޭޕީއަކީ ސިޔާސީ ޕަޓީއެއް ނޫން! ވިޔަފާރި ކުންފުންޏެއް! ވިޔަފާރި ކުންފުނިތަކާއެކު ކުރާނީ މަޝްވަރާއެއްނޫން! ޑީލް ހަދަންޖެހޭނީ! ރަގަޅުގޮތަކީ މަޝްވަރާއެއް ނުކުރެޔޭ! އެކަމަކު ޑީލް ހަދައިފީމޭ!