ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭ ގޮތް ހަދަން އެމްޑީޕީގެ ޕްރައިމަރީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ ޖާބިރު އަދި ހއ. އިހަވަންދޫ، އަންބަރީގޭ އަބްދުލް މާނިއު ހުސެއިން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފިއެވެ.

ދެ މައްސަލައިގެ އަޑުއެހުންވެސް އެއް ވަގުތަކަށް ތާވަލުކޮށްފައިވާ އިރު، މައްސަލަ ބަލާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ރައީސްގެ އެންވޯއީ ޖާބިރު، މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަތުރުތަށް ގާނޫނު އަސާސީގައި ކަޅާއި ހުދުން ލިޔެވިފައިވާކަމަށާއި ސިޔާސީ ޕާޓީތަކުގައި ގާނޫނު އަސާސީއާއި ހިލާފަށް އިތުރުކޮށްފައިވާ މާއްދާ އުވާލައި، ޕްރައިމަރީން ބަލިވާ ފަރާތްތަކަށްވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލެވޭނެ ގޮތް ހެދުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކާށިދޫ ދާއިރާގެ ޕްރައިމަރީން އަބްދުﷲ ޖާބިރު ނާކާމިޔާބުވިއިރު އަނބިކަނބަލުން ދިޔާނާ ސައީދަށް ވެސް ވަނީ ލަތުވެތިގޮތަކަށް ވިލިގިލީ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ނާކަމިޔާބުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު