އިންޑިޔާގެ މަޝްހޫރު ޓީވީ ތަރި ލަވްލީން ކައުރް ސަސަން ވަނީ މިދިޔަ އާދިއްތަ ދުވަހު، އިންޑިއާގެ އަވަށެއްކަމަށްވާ އަމްރިތުސަރުގައި ކައިވެނި ކޮފަށްއެވެ. އަދި ފެމަފިރިނަ އަންނަނީ ރާއްޖޭގައި ހަނީމޫނަ ފާހަގަ ކުރަމުން އެވެ.

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ސާތު ނިބާނާ ސާތިޔާގައި ޕަރީދީގެ ރޯލުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޕަރީދީ (ލަވްލީން) އާއި އޭނާގެ ފިރިމީހާގެ ހަނީމޫން ހޭދަކުރަމުންދަނީ ދ. އަތޮޅުގެ ރިސޯޓް ކަމަށްވާ ވޮއްމުލި ރިސޯޓުގައެވެ. ރާއްޖޭގެ ރީތި ގޮނޑުދޮށް ތަކުގައި ނަގާފައިވާ ފޮޓޯތައް އިންސްޓަގްރާމު މެދުވެރިކޮށް އޭނާ ފޮލޯ ކުރަމުން އަންނަ ސާޅީސް އެއް ހާހަށް ވުރެ ގިނަ ސަޕޯޓަރުންނަށް ހިއްސާކޮށްފައެވެ.

އަމްރިތުސަރުގައި ޕަންޖާބީ ސްޓަައިލަކަށް ކައިވެނިކުރުމަށް ފަހު ބެންގަލޫރުގައި އެމީހުން ވަނީ ސައުތު އިންޑިއަން ސްޓައިލަކަށް ވެސް ކައިވެނިކޮށްފައެވެ. އެހަފުލާތަކުގައި ބައިވެރިވެފައިވަނީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރަހުމަތްތެރިން އެކަންޏެވެ.

ވަޓްސަޕް ގުރޫޕަކުން ފުރަތަމަ ފަހަރަށް ދެމީހުން ބައްދަލުވިއިރު މިދިޔަ މާޗު މަހުގައި އެމީހުން ވަނީ އެންގޭޖުވެފައެވެ.

ސާތް ނިބާނާ ސާތިޔާގެ އިތުރުން ވެސް ބައެއް ޝޯތަކުގައި ޕަރީދީ މަސައްކަތްކޮށްފައިވެއެވެ. އެގޮތުން "ކިޔާ ހުވާ ތެރަ ވާދާ" އަދި "ބަޅޭ އައްޗޭ ލަގުތޭ ހޭ" ގައި ވެސް އޭނާ މަސައްކަތްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު