އެމްއެމްޕީއާރސީގެ ޚިޔާނާތުގެ މައްސަލައިގެ ރިޕޯޓް އޭ.ސީ.ސީ އިން ޢާންމުކުރެއްވުމާ ގުޅިގެން އެ ރިޕޯޓްގައި ހުރި ބައެއް މައުލޫމާތުތަކަށް ރިއާޔަތްކޮށް، ބޭންކް އޮފް މޯލްޑިވްސްގެ ބައިވެރިވުން މިޚިޔާނާތުގައިވާކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވެމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށް ބުނެފިއެވެ.

ބީއެމްއެލް އިން މިގޮތަށް ބުނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ބީއެމްއެލްގެ ބައިވެރިވުން އޮތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ބީއެމްއެލް އިން ބުނީ، ބޭންކުގެ ޗީފް އިންޓަރނަލް އޮޑިޓަރު، އެމް.އެމް.ޕީ.އާރ.ސީ މައްސަލަ އާ ގުޅިގެން ބޭންކުގެ ޚާއްޞަ އޮޑިޓެއް ހިންގުމަށްފަހު ޔަގީންކަން ދީފައިވަނީ ބޭންކުން ޢަމަލުކޮށްފައިވަނީ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ކަމަށާ އެއްވެސް ބާއްވަތެއްގެ ޢަމަލެއް ބޭންކުގެ މުވައްޒަފުންނާ ގުޅިގެން ހިންގާފައި ނުވާކަމަށެވެ.

އަދި، އޮގަސްޓް 2016 ގައި ފަށައިގެން ގާތްގަޑަކަށް ފަސް މަސް ދުވަސް ވަންދެން އެމްއެމްއޭ އިން ބީއެމްއެލްފެ ލޯން ދޫކުރުން ފިޔަވާ އެހެން ހުރިހާ ޙަރަކާތްތަކާ ބެހޭ (ބޭންކުގެ ޕޮރޮސެސްތަކާއި ސިސްޓަމްސް ތައް ހިމެނޭގޮތުން) އޮޕަރޭޝަނަލް ރިސްކް އޮޑިޓެއްކުރިއެވެ.

އަދި ބޭންކު ހިންގުމުގައި ގެންގުޅޭ އިންޓަރނަލް ކޮންޓްރޯލްސް ފުރިހަމަވޭތޯ ބެލުމަށް ކުރި މި އޮޑިޓްގައި އެމްއެމްޕީއާރސީ ގެ މުޢާމަލާތްތައްވެސް ބެލިފައިވާކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް އިން އޮކްޓޯބަރ 2017 ގައި ފަށައިގެން ގާތްގަޑަކަށް 9 މަސް ދުވަސް ވަންދެން މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކުގައި ޢަމަލުކުރާގޮތް ބެލުމަށް އޮޑިޓެއް ކޮށްފައިވާކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

މިއިން އެއްވެސް އޮޑިޓަކުން ބޭންކުން މި މުޢާމަލާތްތައް ހިންގުމުގައި ޤާނޫނާއި ޤަވާއިދާއި ޚިލާފުވެފައިވާކަމަކަށް ފާހަގައެއް ނުކުރެއެވެ". ބީއެމްއެލް އިން ނެރުނު ބަޔާނުގައި ވެއެވެ.

ބީއެމްއެލް އިން ބުނީ، އެމްއެމްޕީއާރސީގެ މައްސަލައާއި ގުޅިގެން ބޭނުންވާ ހުރިހާ މަޢުލޫމާތެއް މި ބޭންކުންދަނީ ތަޙްޤީޤީ އިދާރާތަކަށް ދެމުން ކަމަށެވެ، އަދި އޮޑިޓަރ ޖެނެރަލް އޮފީހުން އެމްއެމްޕީއާރސީ ގެ ހާއްސަ އޮޑިޓަކަށް ބޭނުންވެގެން ބީއެމްއެލް އިން 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެތެރޭގައި އެ އޮފީހަށް ދީފައިވާ މަޢުލޫމާތު ތަކުގެ ތެރޭގައި އެސްއޯއެފް ގެ އެކައުންޓް ތަކުގެ މަޢުލޫމާތު ހިމެނެކަމަށްވެސް އެ ބަޔާނުގައި ވެއެވެ. އަދި މަޢުލޫމާތުގެ އަލީގައި އެމްއެމްޕީއާރސީގެ ހާއްސަ އޮޑިޓް ރިޕޯޓް ނެރެފައިވަނީ 04 ފެބުރުއަރީ 2016 ގައެވެ.

މި ބޭންކްގެ ފ.ނިލަންދޫ ބްރާންޗްގެ މެނޭޖަރ އަކަށް ހުންނެވި އަލްފާޟިލް ޤާސިމް އަބްދުލްކަރީމް މި މަޢުލޫމާތު ޢާންމުކޮށްފައިވަނީ ވެސް މިދެންނެވި އޮޑިޓް ރިޕޯޓް ނެރުމުގެ ފަހުންނެވެ". އެ ބަޔާނުގައި ވެއެވެ.

އަދި އެމްއެމްޕީއާރސީ ގެ މައްސަލައާ ގުޅިގެން ކުރާ ތަޙްޤީޤް ތަކަށް ކުރިޔަށްއޮތްތާގައިވެސް މި ބޭންކުގެ ފުރިހަމަ
އެއްބާރުލުން ދޭނެކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.

"އަދި މިބޭންކުން އެދެނީ ވީހާވެސް އަވަހަކަށް ތަޙްޤީޤްކޮށް މި ބޭންކުގެ ބައިވެރިވުން މި ޚިޔާނާތުގައިވާކަމަށް ދެކެވޭވާހަކައަށް ނިމުމެއް އައުމެވެ". އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބޯ

    ބޭންކުން ތިޔަ ވިދާޅުވަނީ ރަނގަޅަށް ޗެކް ކްރޮސް ކުރިޔަސް ދެވަނަފަރާތަކަށް ބަދަލު ނުކުރެވޭނޭ ކަމަށް ޗެކްގަ ނުލިޔާނަމަ ޗެކްގެ ފައިސާލިބެން ވާމީހާ އެފައިސާ މިވެނި މީހަކަށް ޖަމާކޮށްދިނުމަށް ލިޔެ ސޮއިކޮށްފަިނަމަ ދެވަނަ ފަރާތަކަށް ޗެކް ޖަމާކޮށްދެވޭނެ. އެއީ ފައިސާއާ ބެހޭ ބޭންކް ރޫލް ހަމަޖެހިފާ އޮންނަގޮތް. 2008 ގާ ވެރިކަމާ ހަވާލުވެފާ ކެނެރީގެ ނަސީދު ވެސް މިކުޅިގަނޑު ކުޅުނު . މީރާ އުފެދުމާ ހަމަޔަށް ދަވްލަތަށް ލިބުނު ހުރިހާ ޑޮލަރު ބްލެކްމާކެޓަށް ނެރެ ވިއްކާ ބަޔަކު ދިޔައީ ފައިސާ ބޭނުންކުރަމުން އަޅުގަނޑު ގާތަށް މަޖިލީހުގެ މެމްބަރަކު އައިސްބުނި ޑޮލަރު ނުގަންނާނަންހޭ މިއައީ ފިނޭންސުން ޑޮލަރުހޯދައިގެންނޭ .އެމްޑިޕީ ސަރުކާރުގާ އޭރު ޑޮލަރު ތާށިވެގެން އުޅުނީ ވަގަށް ޑޮލަރު ވިއްކަމުންދިއުމުގެ ސަބަބުން އަދީބު މެން ކުޅުނީވެސް 2008 ގަ ހަވާލުވި އެމްޑީޕީ ގެ ވެރިކަމުގާ ނަސިދު ކުޅުނު ކުޅިގަނޑު . އެމީހުން ކުޅުނު ކުިޅިގަނޑެއް އެހެންބަޔަކު ކުޅެންފެށުމުން އަވަހަށް ފަޅާ އަރުވާލީ

  2. ލީމަން

    އަތެއް ފަޔެއް ނޯންނާނެ ބައިވެރިވީ ދޯ؟ އެހެންވީމަ ތާ އާދައިގެ ރައިޔަތު މީހާ 45 ހާސް ރުފިޔާ ޖަމާކުރީމަ އެކަނިތޯ... ގުޅާފަ ފުލު ފުލުން އަހާ ކޮންތާކުން ހޯދި ފައިސާއެއްތޯ.. ކާކު އިންވޮއިސް އޮތްތޯ..؟

    ކީއްވެ މިލިޔަނުން ޓްރާންސްފާ ހެދުމުން ނުބެލުނީ... ހުސް ކޮސް އަނގަނުތަޅަ ދެންތިބީ ކޮހުން ކަމަށް ހީކޮށް

    ތީ ރޭވިގެން ކުރި ކަމެއް ވީމަ، އެތެރެއިން އެކަމާ ނުރުހި އެވާހަކަ ދެއްކި މީހާ ޖަލައްލާއި ތަޅުވާލީ..!