ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން، އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ތިއްބެވުމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލަތީފް މިހެން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ނެރުނު އަމުރާއި ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ލަތީފް ވިދާޅުވީ، ރައީސް ޔާމީނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވައި، އެމަނިކުފާނުގެ ސަޕޯޓަރުންވެސް ކެތްތެރިކަމާއެކު އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތުވެ ތިއްބެވުމަށް އެންމެހާ ސަޕޯޓަރުންނަށް ގޮވާލާ ކަމަށެވެ.

"މާތްﷲ ރައީސް ޔާމީންއަށާއިި ސަޕޯޓަރުންގެ އިތުރުން، ދިވެހި ގައުމަށް އެމަނިކުފާނު ގެންނެވި އިންގިލާބީ ކުރިއެރުމާއި ތަރައްގީ ބަލައިގަންނަ ރައްޔިތުންނަށް ކެއްތެރިކަން ދެއްވާ ސާބިތުކަން ދެއްވާށި"،ލަތީފްގެ އެ ޕޯސްޓުގައި ވެއެވެ.

ލަތީފް ވަނީ ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ފަރާތެވެ. އޭނާވަނީ ދާދި ފަހުން ޖޭޕީއަށް ސޮއިކުރައްވާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހެހެހެ

    ޔާމީނުގެ ލޯބިވެރިޔާ ދެން ދެރަވާނެތާ ދޯ.

    10
    17
  2. ާއަލީ

    ރަގަޅު

    6
    1
    • އަލި

      ރަގަޅެއް ނޫން

  3. އަލްޖިބްރާ

    ފަހަތް ޕުޅުގައި ތިއްބެއް ކަމަކު ދެން ކުރާނެ ފައިދާއެއް ނެތް ! އެދުވަސް މާޒީ ވެއްޖެ ! ދެން ފަހަތްޕުޅުގައި ތިބެން ބޭނުންވާ ބަޔަކު ޖަލަށް ވަދޭ !

    1
    1
  4. ހޯރަބޭ

    ޔާމީނުއަން ސަޕޯޓް ކުރަނީ އެ ލޯބިވެރިން