ޝަރިއާތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލަށް ގެންގޮސްފިއެވެ.

ފުލުހުން ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒުކުރުމުގެ ގޮތުން ރައީސް ޔާމީނ މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.

ޔާމީން ޖަލަށް ގެންގޮސްފައި ވަނީ އެމްއެމްޕީއާރްސީ ހިޔާނާތުގައި އެފްއޯއެފް އެކައުންޓުން ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ވަދެފައިވާ އެއް މިލިއަން ޑޮލަރުގެ ހިޔާނާތު ފައިސާގެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން، އެ މަނިކުފާނު ހައްޔަރުކޮށްގެން މައްސަލަ ކުރިއަށް ގެންދިޔުމަށް ކުރި އަމުރަކާ ގުޅިގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

އެހެންވެ، ޔާމީން ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ގަބޫލު ކުރެވޭތީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުން ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީގެ ވަކީލް ވަނީ އެދިވަޑައިގެންފަ އެވެ. އަދި އޭނާ އެދިވަޑައިގެންނެވި ގޮތަށް ގާޒީ އަހުމަދު ހައިލަމް ވަނީ ޔާމީން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކުރައްވައިފައެވެ.

މި މައްސަލައިގައި ޕީޖީން ވަނީ ޔާމީން ބަންދު ކުރަން ޖެހޭ ސަބަބުތައް ހާމަކޮށް ލިޔުމެއް ވެސް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. ވަކީލާ އައިޝަތު މުހައްމަދު ވިދާޅުވީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޔާމީން ވަނީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހެކިންނަށް ގިނަ އަދަދެއްގެ ފައިސާ ހުށަހަޅާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުބީން

    އިބޫގެ ސަރުކާރުގެ ވެއްޓުމުގެ ފުރަތަމަ އަލާމާތް ފާޅުމިވީ/ ދެންއޮތީ މަޖިލިހުގެ ވާހަކަނމަޖިލިހުގެ މެޖޯރިޓީއަކީ އެމްޑީޕީއަށް ލިބޭނެއެއްޗެއްނޫން! މިއީ އަތޮޅުތެރޭގެ ރައްޔިތުންގެ ފިކުރު/ ދެންމެޖޯރިޓީ ހަދާންނައްތާލާ

    65
    22
  2. ނިހާން09

    ބަަލަ މުބީނޫ.... މުބީން އެކަންޏަށްތޯ އަތޮޅު ތެރޭގެ ފިކުރު އެނގިލައްވަނީ، އެމް ޑީ ޕީ ގެ ފިކުރެއް މިޤައުމަކުން ނުފުހެވޭނެ. ތި ވަގު ޔާމީނާ އޭނާގެ ޕާޓީ އަށް ދޭނެ ވޯޓެއް މިރާއްޖެ އަކު ނޯންނާނެ

    18
    47
  3. ދޮގެއް؟

    އެފްއޯއެފް އިން އެބުނާ އެކައުންޓްތަކަކަށް ލާފައިވާ ފައިސާއަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާއޯ. އެކަމަކު އެފްއޯއެފް ކުށްވެރިއެއް ނޫން. ކުށްވެރީ އެ ފައިސާ ވަން އެކައުންޓްތަކުގެ ވެރިން. މަޖާ ކަމެއްނު.

    22
    7
  4. އިއްޒަތު

    ޖަލަށް ލެވިދާނެ، ކަސްތޮޅުން ބަނދެވެސް ވިދާނެ، ދަންޖައްސާ މެރިވެސް ދާނެ އެކަމަކު އެެއީ ހަމަ މިގައުމުގަ ވެރިކަންކުރި ގަޓުހުރި ރައީސެއް، ބުނި ކަންކަން ކޮށްފަ ދެއްކި، މިގައުމުގެ ތަރައްގީ އެހެން ހަރުފަތަކަށް ގެންގޮސްދިން ކުޅަދާނަ ވެރިއެއް... މިކަހަލަ ވެރިންގެ އަމަލުތައް ބަލަން ހަސަދަވެރިންނަކަށް ކުޅަދާނައެއް ނުވާނެ، އެއީ އިންޑިއާވިއަސް އިނގިރޭސިން ވިޔަސް ނޫނީ މިގައުމުގަ މިތިބަ ނުކުޅެދޭ ވެރިންވިޔަސް