ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެންއައިސީގެ މެންބަރަކަށް ވުމަށް އެދި މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.

އެ ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ވަކި ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އަދި މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، ލިޔުންތައް ހުށަހަޅަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

މި އިއުލާނުގައި ހިމެނޭ އިތުރު މައުލޫމާތު މި ލިންކް މެދުވެރިކޮށް ލިބޭނެއެވެ.

އެންއައިސީ އަކީ ފުލުހުންނާއި ކަސްޓަމްސް އަދި އިމިގްރޭޝަން ފަދަ މުއައްސަސާތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.

ކިޔުންތެރިންގެ ހިޔާލު