މިމަހު 14 އިން 17 އަށް އިންޑިއާގެ ބަންގަލޯރގައި ކުރިއަށް ދިޔަ ވެލްލޯރ އިންޓަނޭޝަނަލް ކަލްޗުރަލް ފެސްޓިވަލްގައި ރާއްޖޭގެ 6 ދަރިވަރަކު ބައިވެރިމުމަށްފަހު މިއަދު މާލެ އަތުވެއްޖެއެވެ.

ދިވެހިރާއްޖެއާއި ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ މޯލްޑީވްސް ( ފެއިމް) ތަމްސީލުކުރުމަށްޓަކައި ބައިވެރިވި ޓީމްގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގެ 2 ކުއްޖަކާއި، ވިލާ ކޮލެޖް ގެ 2ކުއްޖަކާއި، އެމްއައި ކޮލެޖްގެ 2 ކުއްޖެއްގެ އިތުރުން ފެއިމް ޖަމްއިއްޔާގެ ފަރާތުންވެސް މެންބަރަކު ބައިވެރިވިއެވެ.

މީރާއްޖޭގެ ފަރާތުން ދަރިވަރުން ވީއައިީޓީ ފެސްޓިވަލްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މިފުރުސަތު ރާއްޖޭގެ ދަރިވަރުންނަށް ހޯދާދިނީ ފެއިމް ޖަމްއިއްޔާ އާއި ޗެންނާއިގަ ހުންނަ ރާއްޖޭގެ ކޮންސުލޭޓްގެ ފަރާތުންނެވެ.

މިފެސްޓިވަލް އަކީ ވެލްލޯރ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (ވީއައިޓީ)ގެ ފަރާތުން ކޮންމެ އަހަރަކު އެކި ގައުމުތަކުގެ ދަރިވަރުން ބައިވެރިކޮށްގެން އެއިންސްޓިޓިއުޓްގެ ފަރާތުން ބާއްވާ ވަރަށްބޮޑު ކަލްޗުރަލް ފެސްޓިވަލްއެކެވެ. މިއަހަރު މިފެސްޓިވަލްގައި 25 އަށްވުރެ ގިނަގައުމަކުން ބައިވެރިވެ އެގައުމުތަކުގެ ސަގާފަތް ދެއްކުމުގެގޮތުން ބައިވެރިވި ކުދިންވަނީ އެގައުމުތަކުގެ ސަގާފީ އައިޓަމްތައް ހުށަހަޅާދީފައެވެ. މިގޮތުން ރާއްޖޭގެ ދަރިވަރުންވަނީ
ރައިވަރަކާއި ސަގާފީ ނެށުމެން ފެސްޓިވަލްގައި ހުށައަޅާދީފައެވެ.

މިފެސްޓިވަލްގައި ބައިވެރިވުމުން އެކިގައުމު ތަކުގެ މީހުންނާބައްދަލުވެ ރަހުމަތްތެރިމުވުގެ އިތުރުން އެކިގައުމުތަކުގެ ސަގާފަތްދަސްވެ ރާއްޖޭގެ ސަގާފަތް އިރުރަށް ކުރިއަރުވާނެގޮތާއި އެކިހުނަރުތަކާއި ވަރަށްގިނަ މައުލޫމާތުތައް މިފެސްޓިވަލްގެ ސަބަބުން ލިބިގެންދިޔަކަމަށް ރާއްޖޭން ބައިވެރިވި ދަރިވަރުންވަނީ ހާމަކޮށްފައެވެ.

މިފަދަ ފުރުސަތުތައް ފެއިމް ޖަމްއިއްޔާގެ ފަރާތުން ރާއްޖެއަށް ހޯދާދިނުގެ މަގްސަދަކީ ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ރާއްޖޭގެ ސަގާފަތް ކުރިއެރުވުމާއި ދަރިވަރުންގެ މައުލޫމާތްއާއި ހުނަރު އިތުރުކުރުމަށް އެހީވެދިނުންކަމަށް ޖަމްއިއްޔާގެ ރައީސް އަހުމަދު އަމްޖަދު ވިދާލުވިއެވެ.

ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ-މޯލްޑިވްސް (ފެއިމް)އަކީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށްޓަކައި 2009 ވަނަ އަހަރު އުފެއްދި ޖަމްއިއްޔާއެކެވެ. މިޖަމްއިއްޔާ އިން ދަނީ ސަގާފީ، ތައުލީމީ، އިޖްތިމާއި އަދި ސިއްހީ ތަފާތު އެކި ހަރަކާތްތައް ރާއްޖޭގައި ހިންގަމުންނެވެ. މިއަހަރަކީ ޖަމްއިއްޔާގެ 10 ވަނައަހަރުކަމަށްވާތީވެ ޖަމްއިއްޔާއިންވަނީ މިއަހަރު ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަގްލީ ބެޓީ

    އިންޑިޔާގެ މުސްލިމް އަންހެނުން ރޭޕްކޮށް ގޯނާ ކުރުމާއި ދެކޮޅަށް ތިކުފިން ތެދުވެ ތިކަން ހުއްޓާލާފައި އެބުރި އައުން އެދެން. ތިކުދިން ވިސްނާ ނިކަން ތިކުދިންގެ މައްމަ ނުވަތަ ކޮށްކޮއެއް ނުވަތަ އަދި ތިކުދިންނަށް އެވަރުގެ ކަމެއްކޮށްފިއްޔާ ވާނެ ދެރަ.
    ޥިސްނާ

    1
    1