ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން "އަހަރެމެންގެ ވޭލާ"ގެ ނަމުގައި ކުރެންދޫ ދާއިރާއަށް ވާދަކުރުމަށް އާދަމް ތައުފީގު މިއަދު އިލެކްޝަންސްއަށް ފޯމު ހުށަހަޅައިފިއެވެ.

ތައުފީގު ވިދާޅުވީ އޭނާގެ ކެމްޕޭން ޝިޔާރަކީ "ބޯޑިން 19" ކަމަށާއި، ދާއިރާގެ ކުރިމަގަށް ގެންގުޅުއްވާ ތަފާތު ވިސްނުން އޭނާގެ ތަސައްވަރުން ދައްކައިދޭނެ ކަމަށެވެ.

"އަޅުގަނޑު މި ގެންގުޅޭ ސްލޯގަންއަކީ ބޯޑިން 19. އޭގެ މާނައަކީ މިހާރު އެޖެންޑާ 19 ނިންމާ އެ ދާން ބޭނުންވާ މަންޒިލަށް ނައްޓާލިކަން. އެމްޑީޕީ މީހުން އަދިވެސް ތިބީ އެޖެންޑާ 19ގައި. އެމްޑީޕީ މީހުންނަށްވުރެ އެއް ފިޔަވަޅު ކުރީގައި މިއުޅެނީ،" ތައުފީގު ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ އޭނާގެ ކެމްޕޭން އަމާޒުކުރާނީ ތަފާތު ހަތް ދާއިރާއަކަށް ކަމަށާއި، ދާއިރާއަށް ދެކޭ ތަސައްވަރު ތަފާތު ވާނެ ކަމަށެވެ.

"އަޅުގަނޑު ހަތް ދާއިރާއަކަށް އަމާޒުކޮށް ތަސައްވަރެއް އެކުލަވާލާފައިވާނެ. އޭގައި މި ހުންނަނީ އިސްލާމީ އަގީދާ- ރިވެތި އާދަކާދަ، ކޯދު، ރެއިންބޯ ތަނަވަސްކަން، ދިރިއުޅުމުގެ މުހުތާދުތަކަށް ޖާޒީރާތައް، ފުދުންތެރި މިނިވަން އާއިލާ، ތާހިރު ސަރުކާރު އަދި އަދުލުވެރިކަން އެންމެނަށް،" ތައުފީގު ފާހަގަކުރެއްވިއެވެ.

މަޖިލިސް އިންތިހާބު އޮންނާނީ އޭޕްރީލް މަހު ހަވަނަ ދުުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޯނު

    ކަލެއަށް ނުވާނެ އެެއްކަމެއް ވެސް

    3
    3
  2. ސަލީމް

    މި ފަހަރު ދާއިރާގެ އެންމެ ރަގަޅު ކެނޑިޑޭޓަކީ ހަމަ ތައުފީގު. ސަބަބަކީ 1.ޒުވާން 2.ރެކޯރޑް ސާފު ނަޒާހަތްތެރި
    3. ޖެހިލުން ކުޑަ އަމިއްލަވަންތަ ގޮތްތަކެއްގަ ހިފަހަައްޓާ 4.ތަައުލީމީ

    4
    3
  3. ހަހާ

    ތީތި ސަޅި