ޑޮކްޓަރުންގެ ލަފާދީފައި ވާތީ، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

އައިޖީއެމްގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ރައީސް ޔާމީން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ ޑޮކްޓަރުގެ އެދުމުގެ މަތިން 24 ގަޑިއިރަށް ކަމަށެވެ.

ރައީސް ޔާމީންގެ ހާލުކޮޅާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަައެވެ. ޔާމީން އެޑްމިޓްކޮށްފައި ވަނީ ހިތުގެ ބަލީގެ ޑިޕާޓުމަންޓުގައެވެ.

ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފައި ވަނީ ރެގިއުލާ ޗެެކަޕެއް ހެދުމަށްކަމަށް އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުން މައުލޫމާތުދެއެވެ.

އެމަނިކުފާނު ހޮސްޕިޓަލަށް ގެންދިއުމުން، އެމަނިކުފާނަށް ތާއިދު ކުރައްވާ ބައެއް ފަރާތްތަކުން އައިޖީއެމްއެޗަށް އެއްވިއެވެ. އެ ސަރަހައްދުން ބައެއް މީހުން ދުރުކުރުވުމަށް ފުލުހުން ޕެޕާ ސްޕްރޭވެސް ބޭނުން ކުރިއެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ފައިސާ ބަހާލި އެކައުންޓް، އެސްއޯއެފްގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަދެފައިވާ މައްސަލަ ބަލާ ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    ހެއްކެއް ނުފޫޒުފޯރުވާކަމަށް ބުނާއިރު ހެކިންނަކީ ކޮންބައެއްކަން ނުދެއްކޭ އަދި ފޯރުވަނީ ކޮންކަހަލަ ނުފޫޒެއްކަންވެސް ހާމަނުކުރެވޭ، ހެއްވާކަމެއްނޫން؟؟

    30
    2
  2. 3 ވަނަވިސްނުން

    ޢަދީބް ގެންނަން ވީ،ނުބައިމީހަކު އަދިވެސް ގެނެސްގެނެސް ގެން ތިޔައުޅެނީ ! ޥަގުތުގެ ކިއުން ތެރިން މިއަދު އަޅުގަނޑު މިދައްކާ ވާހަކަ ހަދާން ބަހައްޓާ! ޙިޔާނާތުގެ ފައިސާގެ މައްސަލަ ތަށް ނިމިގެންދާނީ ބޮޑު ބަލިތަކެއް ތިބި ބައެއްގެ ނަމުގައި ،ބަލިތަކެއްގެ މައްޗަން ނިމިގެން ؟ ނަތިޖާ ތިއޮތީ ފެންނަން ...........

    7
    3
  3. ގާސިމް

    ރައްޔިތުންނޭ ދެންއަތްޖަހާ. ޔާމީނޫކަލޭ ދެންއުޅެެންްޖެެހެޭނީތިހާލެއްގަ. ކަލޭ އެންމެ އެކަނިވާދުވަހު ހިޔަނިވެސް ކަލޭގާތުގަނުހުންނާނެ. ދެން ލަލަލާ.

    8
    38
    • Anonymous

      ދެން ލަލަލާ ވެގެން ގާސިމް ތިކިޔާ މީހާ ބެރުޖަހާފަ ނަށަން ވީއެއްނު. ކަލޭ ހީކުރީ ކަލޭގެ ހިޔަނި އަބަދު ކަލޭގެ ފަހަތުގަ ހުންނާނެ ކަމަށްދޯ.

      10
      1
    • Anonymous

      ބަލަ ޔާމީނަކީ ޕީޓަރ ޕޭންތަ ހިޔަނި ވަކިވާން.

    • ފަހުދު

      ބަަލ އިންޑީއާ އަށް ގައުމު ވިއްކާލައިގެން 3 އަހަރުގެ ވަގު ސަރުކާރު ހިންގި ބޮޑު ވަގު އެތައް މިލޔަން ޑޮލަރ އެއްގެ ރިޝްވަތު ބަނޑު އަޅައިގެން ހުރެ އަނެއްކާ ކޯލިޝަނަކުން ވެރިކަމަށް އައި މީހެއް ގެ ފަހަތުން ނެއްޓެއް ނޭގިގެން ވިއްދައިގެން އަނެއްކާވެސް އިންޑިއާއަށް ގައުމު އެއްކޮށް ވިއްކާލައި ރިޝްވަތު ނަގަން މަރު ދަންޖެހޭ ދާއްބަމެން ތާމީނުގެ ހިޔަނީގެ ވާހަކަ ލިޔާނެ ކަމަކު ނެތޭ. ލިޔަން ލިޔާށޭ 3 އަހަރުގެ ވަގުގެ އިންޑިއާ އަދި ފައްޅިތަކުގެ ރިޝަްވަތު ޑޮލަރ ބޮޑީގެ ވާހަކަ

  4. ސޭކު ޅަނބުރާނު

    އިރާދަކުރެއްވިއްޔާ ވަރައް އަވަހަށް.........................ނިމޭނެ.
    އާމީން.

    12
    4
  5. ޖޮއްބެ

    ޑޮކްޓަރު ލަފާދިނޭ މުންޖޭ ކިޔައިގެން ތިޔައުޅެނީ ރައީސް ޔާމީންގެ ދުވަސްދުއްވާލަން ސާއްޅާމާރިތައް. އޭނާއަށް ކިތައްމެ ކުޑަގެއްލުމެއް ލިބުނަސް ރީނދޫ ސަރުކާރުން އޭގެ އަގު އަދާކުރަން ޖެހޭނެކަން ދަންނާތި.

    28
    6
  6. ޑާރޓީވެރިކަމޭ

    ރައީސް ޔާމީން ހައްޔަރު ކޮށްގެން އުޅެނީ އެއީ ޒީރޯ ލެވެލް ކޮރަޕްޝަންއޭ ކިޔާ ރޯ ބުހުތާނު ދޮގު ހަދައިގެންނޭ އެންމެ ބޮޑު އަދަދެއް އެމްއެމްޕީއާރުސީން ދީފައިވަނީ އެއީ އެއްފަރާތް ކުރި އެމްޑަބްލިއު އެސްސީގެ ޗެއާރމަންއޭ 6 މިލިއަން ޑޮލަރު ކަައްވާލިއޭ ސަރުކާރުގެ މާލިއްޔާއިން މިފައިސާ އިން ނޫންތޭ ނައިބް ރައީސް ކަމުން ޑރ. ޖަމީލު ނަގާ އެއްލާލަން ވެގެން އެމްޑީޕީގެ ވޯޓް ހޯދީ ޑާރޓީ ވެރިކަމެކޭ މީ ޑާރޓީ ވެރިކަމަކޭ މީ މިވެރިކަމުގެ ބްލެސިން ދިޔާއޭ ވައުދު ނުފުއްދައޭ

    22
    3
  7. ސޭކު ޅަނބުރާނު

    އިރާދަކުރެއްވިއްޔާ މި ވެރިކަން ދެން މިނިމެނީ.........

  8. ބުމްބާސްޓިކް

    ތަމެން ތިޔާއީ ޖަލަށް މީހުންލާސްޓިކްތޭ ތަމެންނަށް ބްރިޖެއް އަޅަން ނޭގުމުން ބްރިޖް އަޅާ މީހުން ޖަލަށް ގަޅާލަނީ އެއީ ތަމެން ނަކީ ޖަލުލާސްޓިކް މެން ކަމަށްވާތީތޭ ޖަލުލާސްޓިކް ޖަލުލާސްޓިކް މަމެންގެ ގާރލް ފްރެންޑް ބުނަނީ ތަމެން ތިޔާއީ ޖަލުލާސްޓިކް ޖަލުލާސްޓިކް މަންދީ މަންދީ މަންދީ އޯއް އޯއް އޯއް ޖަލުލާސްޓިކް ދޯ ޖަލުލާސްޓިކް ޖަލުލާސްޓިކް ބުމް ބުމް ބުމް ޖަލުލާސްޓިކް ޖަލުލާސްޓިކް މަންދީ މަންދީ މަންދީ ބުމް ބުމް ބުމްބާސްޓިކް...

  9. ހަނދާންވަނީ

    ސިންގަޕޫރް މަތިން ހަނދާންވަނީ

    1
    1
  10. Anonymous

    މަނިކުފާނަށް އަވަސް ޝިފާއެއް ﷲ ތައާލާ މިންވަރު ކުރައްވާށި. އާމީން.

    9
    1
  11. ހޫގޯ

    ތި ކަމަކީ މިރާއްޖޭގެ ސިޔާސީ ކޮންމެ މީހަކައްވެސް ދިމާވާ ކަމެއް. ހުކުމެއް އަންނަން އުޅޭ އިރައް ނުުުުހުންނަ ބައްޔެއް ނޯންނާނެ. މިނިވަން ވާއިރައް މަގުމަތީ ދުވެ ނަގާނެ. ދުވަހަކު ބައްޔެއް ނުވާފަދަ

  12. ޥަރަށް މޮޅު

    ޥައްކަން ކުރާށާއި ބަލިވާން ދަސްކުރީ ބުރޯކައިރިން

    1
    1
  13. ސީނުކަރަ

    ޖެހިގެންދިޔަސް ބިކަހާލުގާ
    ނުފިލާނެ މިހިތެއް ތިޔަފަސްގަޑުން
    އޮހިގެން މިލޭ ހަމަދާންއެދޭ ފަސްގަޑޭ ތިޔައީމަގޭ
    ދިރިދުނިޔެއިން އަލިކަންލިބުނު އުފަންތިޔަފަސްގަޑައް
    ނިމިގެން މަދާން ހިންހެޔޮއެދޭ ތިޔަފަސްގަނޑޭ

  14. ޖޫލީ

    އެޑްމިޓްކުރީ ރާއްޖޭގެ ވެރިޔަކަށް ހުރިމީހާގެ ހިތްހަމަ ޖައްސަން އޭނާ އިންސާފު ހޯދަނީ ކުއްވެރިން ސަލާމަތްކޮށްފަ، ވެރިކަން ގެންނަން މަގުމަތީގައި ބަގުޑިބެއްދިމީހުން ސްޓޭޓް މިނިސްޓަރުންނަށް ގެނަސް ނުވިތާކަށް ކޮމެޓީތަކަށް ވައްދަން، ރައްޔިތުންނަށް ކޮށްދިން ކަެއްޙަރާން