ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން، އެ ދެމީހުން ހޯދުމުގެ މަސައްކަތް ފުލުން ފަށައިފިއެވެ.

އެ އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ސ.ހިތަދޫ/ ހުރާ، ޢަބްދުﷲ އަނީލް (32އ) އާއި ސ.މަރަދޫ / ރިޔާސާމަންޒިލް، އަޙްމަދު ރިޝްވާން (31އ) އެވެ.

މިމީހުންގެ ތެރެއިން ޢަބްދުﷲ އަނީލް ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ޙުކުމް ތަންފީޛު ކުރުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ފެބުރުވަރީ 24ވަނަ ދުވަހުގެ 11:15ށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

އަޙްމަދު ރިޝްވާން ހޯދަމުންދަނީ ސިވިލް ކޯޓުން ދަޢުވާކުރާ ޙުކުމް ތަންފީޛު ކުރުމުގެ މައްސަލައަކާ ގުޅިގެން، ބަންދުގައި ބަހައްޓައިގެން ފެބުރުވަރީ 28ވަނަ ދުވަހުގެ 09:30ށް ސިވިލްކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.

ވީމާ މިމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާތުމަ.

    މިނޫން ބަޔަކު ހޯދަން އިއުލާނުކުރޭތަ؟ހުސްވެސް އައްޑޫ މީހުން.މީ ދިވެހިރާއްޖެއަށް ހުރި މުސީބާތެއް.އިނގިރޭސީންނަށް ދިންނަމަ ހަމަޖެހުންލިބުނީސް.