ސަރުކާރުން ބަހަން ނިންމާފައިވާ 5000 ހެލްމެޓް ބެހުމަށް ބާއްވާ ހާއްސަ ޕްރޮގްރާމްގައި ބައިވެރި ފަރާތްތަކަށް އެސްއެމްއެސް އެއްގެ ޒަރިއްޔާއިން އެވައިނެސް ޕްރޮގްރާމް ބާއްވާތަކާއި ބާއްވާނެ ދުވަހެއް އަންގަމުންދާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، "ހެލްމެޓް ބެހުމަށްޓަކައި ބާއްވާ އެވަރނަސް ޕްރޮގްރާމް ބާއްވާނެ ދުވަހާއި، ތަން އަދި ގަޑި ނަން ނޯޓް ކޮށްފައިވާ ފަރާތްތަކަށް އެސްއެމްއެސް އިން އަންގަމުންދާނެ' ދާނެ ކަމަށާއި އަދި އެވަރނެސް ޑޭޓްތައް ހަމަޖެހުމުން އެމިނިސްޓްރީގެ ވެބްސައިޓުން އެމަޢުލޫމާތު ލިބިގެންދާނެ ކަމަށެވެ.

ސަރުކާރުން ހިލޭ ބަހާ ހެލްމެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ އުޅަނދު ދުއްވުމުގައި މަގުމަތީގެ އަހްލާގާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ޓަކައި ބާއްވާ ދެގަޑި އިރުގެ ތަމްރީން ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ. އެ ޕްރޮގްރާމްގެ ބޭނުމަކީ އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ގާބިލްކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދިނުމާއި، އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލް ބަޔަކަށް ހެދުމާއި ސްޕީޑް ކުރުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާކަމެއްކަން އުޅަނދު ދުއްވާފަރާތްތަކަށް އަންގާދިނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިންވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    ކާކަށް ރައްކާތެރިކަން ނޭންގިގެން އުޅެނީ.؟ ނުލަފާކަމުން އެކަންކުރަނީ. ރިޕީޓްވަނީ ގަވާއިދު ތަންފީޒުކުރަންތިބޭ މީހުންގެ އިހުމާލުން އަޅާނުލާތީ.

    4
    1
  2. ޢަލީ

    ޓްރާންސްޕޯޓުން ކުރާ އެއްކަމެއްވެސ ކޮރަޕްޝަން ނުހިމެނޭގޮތަކަށް ނުކުރާނެ. ތިހުރިހައި ރޭވުމެއްވެސް ތިރާވަނީ އެތަނުގައި ތިބިމީހުން ބޭނުނަވާ ބަޔަކަށް ހެލްމެޓް ދޭންވެގެން.