އެކްސިޑެންޓްތައް އިތުރުވުމާއި، ގުޅިގެެން އެކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން، އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މަގުމައްޗަށް ނިކުންނަން ނިންމައިފިއެވެ.
ޑޮކްޓަރުންނާއި ނަރުހުން، އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން މިއަދު ހަވީރު17:00 ގައި މާލެ އާއި ހުޅުމާލެ މަގުމައްޗަށް ނިކުންނަން ނިންމާފައިވަނީ މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން މީހުންނަށް މެސެޖްތައް ދިނުމަށެވެ.
އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރެއްކަމުގައިވާ ޑރ. ޝާހިދު ވިދާޅުވީ، މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުމަށް މާލޭގެ ނުވަ ސަރަހައްދަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި މި އެންމެން ހަރަކާތްތެރިވަމުން ދާނީ އެެންމެ ޓެރްފިކް ބާރު ބޮޑު ތަންތާގައި ކަމަށް ޑރ. ޝާހިދު ވިދާޅުވިއެވެ.
މާލޭގެ ނުވަ ސަރަހައްދެއްގައި އަދި ހުޅުމާލޭގައިވެސް ޑޮކްޓަރުންނާއި ނަރުހުން، އަދި ޕެރިމެޑިކްސް ހަރަކާތްތެރިވެ މަގުމަތީގެ ރައްކާތެރިކަމާއި ގުޅޭގޮތުން މީހުން ހޭލުންތެރި ކުރުވާނެއެވެ. މިގޮތަށް އެންމެން ތިބޭނީ އެކި ކަހަލަ ޕޯސްޓަރުވެސް ހިފައިގެންނެވެ. ކަމާއި ގުޅުން ހުރި އެކި ކަހަލަ ޓީޝާޓްތައްވެސް ލައިގެންނެވެ. އަދި އެކި ކަހަލަ އިންޖަރީސްވެފައި ތިބި މީހުންގެ ޑެމޯތައްވެސް އެ ސައިޓްތަކުން ފެނާނެއެވެ.
"މިގޮތަށް އެއްޗެހި ލައިގެން މި ތިބެނީ މިކަމުގެ ވިޝުއަލް އިފެކްޓެއް ދައްކަން ވެގެން". ޑރ ޝާހިދު ވިދާޅުވިއެވެ.
ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ޕްރޮފެޝަނުން މިފަދަ ކަމަކަށް އިސްނެގީ، އެކްސިޑެންޓް ކަހަލަ ކަމެއް މެދުވެރިވެގެން އަންނަ މީހުންގެ ކެކުޅުންތައް ފެންނަނީ އެ މީހުންނަށް ކަމަށްވާތީ، އެކްސިޑެންޓްތައް ހުއްޓުވައި އާއްމުން މިފަދަ ކަންކަން ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމަށެވެ.
"އަނިޔާވާ މީހާ މި ފެންނަނީ އަހަރުމެންނަށް، އަދި އެ މީހުން އާއިލާ އުޅެމުންދާ ހިތްދަތިކަންވެސް ފެންނަނީ އަހަރުމެންނަށް". ޑޮކްޓަރ ވިދާޅުވިއެވެ.
މިއީ ވަކި ބަޔަކާއި ގުޅިގެން ހިންގާ ހަރަކާތެއް ނޫނެވެ. އަމިއްލަ ގޮތުން ޑޮކްޓަރުންނާއި ނަރުހުން، އަދި ޕެރިމެޑިކްސްއިން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ބޭނުންވަނީ މަގުމަތީގައި ބަލާނުލާ ދުއްވާ މީހުންނަށް ރަނގަޅު މެސެޖްތައް ދިނުމެވެ. އަދި އެކަންކަމުގެ ހުރި ނުރައްކާ ބުނެދިނުމެވެ.
ޑޮކުޓަރުން އެކަނި ނެރިގެން އަދި ތިކަމެއް ނުވާނެ. ނަރުހުން ވެސް ނެރޭން ޖެހޭ.
ތީވެސް ޑްުރާމާ... ޑޮކްޓަރުން ބަލިމީހުންގެ ކަންކަން އެހަށް ފުރިހަމަކޮޢްދީމަބަލަ... އެޕޮއިންޓްމެންޓެއް ލިބެނީޚިއެއްނޫން.. އެއްކަމެއް ދެ މީހަކަށް ދާއިރަށް ދެމީހުން ބުނާނީ ދެ ބަޅިގެ ވާހަކަ
އާށް ކަލޭމެންނަން ފެންނާނީ އެންމެ ފުރަތަމަ ފެންނާނީ ފުލުހުންނަން.ކަލޭމެން އެންމެ ފުރަތަމަ ފަރުވާ ދޭނީ އެހެން ކިޔާ.އައިޖީއެމް އެޗް އަށް މީހަކު މަރުވެގެން ގެންދިޔަސް އެތަނުގަ އިންނަ ނަރުސް ކުއްޖާ އަށް ފެނިނުލައްވައިފިޔާ އެނިނުނީ 3 ގަޑިއިރު ކިޔޫގައި.ވ ސަލާން ޑޮކްސް
ބަލަ ކަލޭނޭ އެއީ ބޭސް ދީގެން ހުއްޓޭ ކަމެއްނޫނޭ. ކަލޭމެންނަކަށް ތިޔަކަމެއްނުވާނެ އެހެންވީމާ ކަލޭމެން ބޮޑު މަންޒަރު ދައްކަންނޫޅެ ކަލޭމެންގެ މަގާމުގައި ތިބެގެން ކަލޭމެން ދެމުންގެންދާ ޚިދުމަތް ބަރާބަރަށް ދެމުން ގެންދިޔައީމާ އެނިމުނީއެވެ.
ހުރިހައި ޑަކްޓަރުން ނުކުމެ ސައިކަލްތަކަށް ބޭސްބޯންދީ! އޭރުން ރަގަޅުވާނެ!
ޢަލައްފެށިޙިދުމަތެއްދޯ ސާބަހޭ
ލައިސަންސް ލިބެނީ ލައްކަ ހޭޔލުންތެރި ވެގެން. އެކަމަކު ދުއްވާ އެއްޗަކަށް އެރޭއިރަށް ގުއިނުދެކޭ ކާޅަށް ގުއި ފެނުނީމަ ވާހެން ވަންޏާ ކިހިނެއް ވާނީ.
ސަބަހޭ ޑަކުޓަރުންނޭ މިސަރުކާރުން ޕޮލިހުންނާއި ސިފައިން ނެރެގެން ނުހުޓުވުނު ކޮންމެކަމެއް ހުއްޓުވަން ތިގޮތަށްނުކުންނާތި އެމްއެމްޕީއާރސީގެ މައްސަލަ ބަލަންވެސް ޑަކުޓަރުންގެ ޓީމެއް އެކުލަވަލަންފެނޭ މަގުމަތީގެ ޓްރެފިކު ޙައްލުކުރަން ޑަކުޓަރުންނާއި ނަރުހުން މަގުމަތިސަފުކޮށް މަލޭގެ ގޮޑުތައްސާފުކުރަން ޓީޗަރުންނާއި ދަރިވަރުން ރާއްޖޭގެ މަސްކަޑުތައްބަލަހައްޓަން އިންޑިޔާސިފައިން ދެންމިގައުމުގެ ޕޮލިހުންނާއި ސިފައިން ކުރަނެކަމެއްނެތެއްނޫންތޯ؟