މަޖިލީހުގެ އިންތިހާބުގައި ވެސް ޓެބްލެޓު ބޭނުން ކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކުރީގެ ރިޔާސީ އިންތިހާބުގައި ބޭނުން ކުރި ގޮތަށް މިފަހަރު ވެސް ޓެބްލެޓް ބޭނުން ކުރާނެ ކަމަށާއި ނަމަވެސް ރިޔާސީ އިންތިހާބުގެ ތެރޭގައި ދިމާވި ފަދަ މައްސަލަތައް މަދުވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކުރީ ފަހަރު ޓެބްލެޓު ބޭނުން ކުރުމުގައި ދިމާވި މައްސަލައަކީ އިންޓަނެޓްގެ މައްސަލަ ކަމަށާއި ނަމަވެސް މިފަހަރު އިންޓަނެޓް ނުލިބުނަސް ހިދުމަތް ދެވޭ ގޮތަށް ކަންކަން ހަމަޖައްސާފައިވާ ކަމަށެވެ.

" އިދާރީ ގޮތުން އީސީގެ އޮފިޝަލުންނަށް ފަސޭހަ ވާނެ ގޮތަކަށް ކުރިޔަށް ގެންދިޔުމަށްޓަކައި ކަމަށާއި އެހެންކަމުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ޓެބްލެޓުތައް ބޭނުން ކުރަން ނިންމާފައި, މިފަހަރު އިންޓަނެޓް ނުލިބުނަސް ހިދުމަތް ދެވޭ ގޮތަށް ކަންކަން ވަނީ ހަމަޖައްސާފައި " ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ވޯޓާސް ރަޖިސްޓްރީ ޗެކް ކުރުމަށާއި ވޯޓުލާ ފަރާތްތައް މާކު ކުރުމުގެ އިތުރުން އީސީއަށް ނަތީޖާ ފޮނުވުމަށް މި ފަހަރު ވެސް ޓެބްލެޓު ބޭނުން ކުރާނެ ކަމަށެވެ.

ނޫސްވެރިއަކު ދެންނެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް އިތުރަށް ވިދާޅުވޯ މިދިޔަ ފަހަރު ރިޔާސީ އިންތިހާބުގައި އީސީއިން ކޮންމެ ޓެބްލެޓަކަށް ލިސްޓެއް އަޅާފައެއް ނުވާނެ، އެއީ އިންޓަނެޓް މެދުވެރިކޮށް ސާވާއިން ލިސްޓު އެޕިއާވާ ގޮތަށް ހަދާފައި އިންނާނީ ކަމަށެވެ.

"ކޮންމެ ވޯޓު ފޮއްޓެއްގައި ވޯޓާސް ލިސްޓު ޓެބްލެޓުގެ ތެރޭގައި އިންނާނީ ސޭވްކޮށްފައި އޭގެ މާނައަކީ ހަމައެކަނި އިންޓަނެޓް މެދުވެރިކޮށް ސާވާއިންނެއް ނޫނޭ ލިސްޓު ނަގާނީ މިފަހަރު ކޮންމެ ފޮއްޓަކަށް އެ ފޮށީގެ ނަމްބަރު ޖަހާފައި އެ ޓެބްލެޓުގައި އެ ފޮށީގެ ލިސްޓު އިންނާނެ،" ޝަރީފް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޕަކާސް

    ޓެބްލެޓް ދިރުވާލަންވީނު

  2. Anonymous

    މަކަރާ ހީލަތް ހަދަން ޖަހާމަޅި. ކަލޭމެން ތިމަކަރުހަދާ ރައްޔިޔުންނަށް އަނިޔާވެރި ވާން ކިހާދުވަހަކު ތިބޭނެބާ

  3. Anonymous

    ޢީސީ ގުރޫޕް އަނެއްކާވެސް ރިޝްވަތައް ވިކޭން ތިޔަބޭކަލުންނަށް ފުރުޞަތު ލިބިއްޖެ، އަވަހަށް އެކަމަށް މަގުފަހިވާގޮތަށް ޓެބްލެޓް ރެޑީކޮށް މުވާސަލާތީ ޚިދުމަތުން ކޮމްޕްލެއިން ބިއުރޯ މަހުރޫމުމުކުރުންފަދަ މަކަރުވެރި ރޭވުންތަށް ރާވަމުންދޭ، ރިޝްވަތައް އެތައްރައްޔިތެއްގެ ޙައްގު ނިގުޅައިގެންފައިވާ ބަޔަކަށް އަބަދުވެސް ކަންތައްކުރެވޭނީ މިދުނިޔެއިންވެސް ކަލޯމެންނަށް ކޯފާ ޖައްސަވާނެ ގޮތްގޮތަށް

  4. ސަރީފާ

    އާ އޭރައްތާ ރިޔާސީއިންތިހާބުގައު ހެދިގޮތައް ވޯޓްކޮޅު އޮޅުވާލަން ފަސޭހަވާނީ ދެއްތޯ

  5. ލަބީބު

    ރިޝްވަތު މިފަހަރުވެސް ހިފާނަށް އެހެންނޫންތޯ؟ ރިޝްވަތު ބޑޭ

  6. ނުރަބޯ

    ކަލޭމެން ފަސްމާމުލުންގެ ފަސް ވޯޓުވަގުން ތިޔަތަނުގައި ތިބިހާ ދުވަހު މަށެއް ވޯޓުލާކަށް ނުދާނަން. ކޮންބޭނުމެއް؟
    އިންޝާﷲ ލަހެއްނުވެ ކަލޭމެން ބޭޒާރުވެ ކަލޭމެން ހިންގި ބޮޑު ޖަރީމާގެ އަގު ދައްކަން ޖެހޭނެ.

  7. ނަޓުވަރު

    އިލެކުސަން ކޮމިސަން މިފަހަރުވެސްް ޓެބުލެޓު ބޭނުންކުރަނީ ވޯޓު އޮޅުވާލުމުގެ ނިޔަތުގައިކަން ރައްޔަތުން ދަނޭ އިލެކުސަނުގެ ވޯޓުވަގުން ދާއިމަށް ތިތާތިބެވިދާނެ ކަމަށްހީކުރުމަކީ ގޯހެއް ﷲ އިރާދަ ފުޅާ މިންވަރު ފުޅުން ވޯޓު ވަގުން ބަލިކަށިވެ ފަޅާއަރާ ދުވަސްވަނީ ދާދި ކައިރީގައި.

  8. މިގޭ

    ވަގު ވޯޓު ވަގު ޝަރީފް
    މިފަހަރު މަޅާލާނެ ވަރު ނުވެސް އެނގޭ.