ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފުލުހުންގެ ބަންދުގެ މުއްދަތު އިތުރު ކުރިއިރު އޭގެތެރެއިން ބައެއް މީހުން މިހާރު ވަނީ ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ.

ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްގެ ކުރީގެ ކޮމާންޑަރު އިންސްޕެކްޓަރ ސައިފް ހުސައިން އާއި ޗީފް ސްޓޭޝަން އިންސްޕެކްޓަރު ފާއިޒް މުހައްމަދާއި ސާޖަންޓް އަލީ ނަސީރާއި ސާޖަންޓް އަލީ ރިޝްވާން އާއި ސާޖަންޓް އަބްދުﷲ ރިޔާޒް އާއި ސާޖަންޓް އަހުމަދު އާސިމްގެ އިތުރުން ކޯޕްރަލް މުހައްމަދު ޝާމިންގެ ކަމަށް މައުލޫމާތު ލިބެއެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭގެތެރެއިން ބައެއް މީހުން 13 ދުވަހު އަދި ބައެއް މީހުން 15 ދުވަހު ބަންދުގައި ބައިތިއްބަން އަމުރު ކޮށްފައެވެ.

ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރެއިން އެންމެ އިސްކޮށް ހުރި އެކަކު ކަމަށްވާ ސައިފް ވަނީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރަން މަސައްކަތް ކޮށްފައި ކަމަށް ވެއެވެ. އެރޭ އެމްޑީޕީ ހަރުގެ ކައިރިން ބައެއް ފުލުހުންގެ މައްޗަށް އަމުރު ކުރަން ސައިފް މަސައްކަތް ކުރުމުން ފުލުހުން ވަަނީ އޭނާގެ ގަޔަށް ޕެޕަ ސްޕްރޭ ވެސް ޖަހާފައެވެ. ސައިފް ވަނީ މިހާރު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަފޫ ލެވަޓަން

    ތި ބައިގަނޑު ތި ކުރާން އުޅޭ ކަމަކުން ދިވެހި ގައުމު ފަސާދަ ވަނީ.. ހައްގު ާމއަދަބު ދޭން ޖެލޭނެ ތިބައިމީހުން ނަށް...

  2. ސަނދުވާ

    ކޮންމެމީހެއް، ނުވަތަ ކޮންމެ މަޤާމެއްވިޔަސް ކުށެއްވާނީ ކުށަކަށް. ގޯހެއްވާނީ ގޯހަކަށް.

  3. ތިމަންނަ

    މިސަރުކާރަކީ އެހާ ބަލިކަށި ދަޑިމަގު ސަރުކާރެއް ނޫނޭ ކޮށްޕާލާއިރަށް ވެއްޓެން ...

  4. ނަޢީމާ

    ކޮބައިބާ މިމީސްމީހުން ކުރި ހުވައި؟ މިހެންވެތާ ބަޔަކު މި ތެޅިމަރުވަނީ ޣައިރު ޤާނޫނީ އަމުރު ތަމުފީޛްކުރާށޭ ކިޔަކިޔާފަ! ބަޔަކު އަމިއްލަުޔަށްވެސް ބައެއް މަޤާމުތަކުން އިސްތިޢުފާދިނީ މާމޮޅުތަކެއް ވާނޭކަމަށްތޯއްޗެއް! އަޅުތަކުންގެ ތަދުބީރަށްވުރެ މާތްﷲގެ ތަޤުދީރު ގަދަފަދައެވެ.