ދިވެހި ތާރީހަށް ކޮށްދެއްވާފައިވާ ހިދުމަތް ފާހަ ކުރުމުގެ ގޮތުން އަގު ވަޒަން ކުރުމުގެ ފިލާ 11 ބޭފުޅަކަށް އަރުވައިފި އެވެ.

އަގު ވަޒަން ކުރުމުގެ ފިލާ 11 ބޭފުޅަށް އަރުވާފައިވަނީ ވަނީ ދިވެހި ބަހުގެ އެކަޑަމީ އިން ރޭ އިސްލާމިކް ޔުނިވަސިޓީގައި ބޭއްވި ގައުމީ ތާރީހުގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ޖަލްސާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ރޭ ފިލާ އެރުވުނު 11 ބޭފުޅުނަކީ މުންޑޫ އާދަމް ހަލީމް، އަހުމަދު އަލާ, އިޔާޒް ޖާދުﷲ ނަސީމް, ތޯހާ އަބޫބަކުރު، ޑރ.ރަޝީދާ މުހައްމަދު ދީދީ, އަބްދުﷲ ހިލްމީ, އިމާދު ލަތީފް, މުހައްމަދު ދީދީ, ކޮމާންޑް ސާޖަންޓް މޭޖަރ އަބްދުﷲ ސައީދު, ވޮރަންޓް އޮފިސަރ 1 ހުސައިން ސޮލާހް ޔޫސުފް, އާމިނަތު ޒާހިރު އެވެ.

ތާރީޚަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ހަނދާނީ ފިލާ ދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ތާރީޚަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ހަނދާނީ ފިލާ ދެއްވަނީ – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ގައުމީ ތާރީހު ދުވަސް ހަސަން ތާޖުއްދީން އަށް ނިސްބަތްކުރައްވާ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަސް ދިވެހިރާއްޖޭގެ ގައުމީ ތާރީހު ދުވަހުގެ ގޮތުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ކަނޑައަޅުއްވާފައެވެ. އެދުވަސް ފުރަތަމަ ފަހަރަށް ފާހަގަކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. މިއީ މި ދުވަސް ރަސްމީ ފެންވަރެއްގައި ފާހަގަ ކުރާ ދެވަނަ ފަހަރެވެ.

ހަސަން ތާޖުއްދީން އަކީ ދިވެހި ތާރީހު އެންމެ ފުރަތަމަ ލިޔުއްވި ބޭފުޅާއަށް އެވެ.