ދައުލަތުގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާ ދައުލަތުން އުފުލާފައިވާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސަޢީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ނޫންކަމަށް މައްސަލަ ބައްލަވާ ޤާޒީ ވިދާޅުވެއްޖެއެވެ.

މި މައްސަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވާފައިވާއިރު، ދައުލަތުގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ހިނގަނީ ކޮން އިޖުރާއަތެއްގެ ދަށުންތޯ އަބްދުﷲ ސަޢީދުގެ ދިފާއީ ވަކީލުން ކަމަށްވާ ހިސާން ހުސައިން އަދި ހުސްނުއްސުއޫދު ވަނީ ގާޒީ ހައިލަމްގެ އަރިހުން ސުވާލުކޮށްފައެވެ.

ގާޒީ ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، އެ ޤަރާރު ހިނގާ ފަރާތްތަކުގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނު ސަސްޕެންޑް ކޮށްފައިވާތީ، އަބްދުﷲ ސަޢީދުގެ ޝަރީއަތް ކުރިއަށް ގެންދަނީ އާންމު އިޖުރާއަތުގެ ދަށުން ކަމަށެވެ.

ގާނޫނު އަސާސީ އިން ލިބިދީފައިވާ ހައްޤުތައް އުނިނުވާނެ ފަދައިން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހިންގޭނީ "އާބިޓަރީ ޝަރީއަތެއް" ކަމަށާއި، ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން، އޭނާގެ ޝަރީއަތްވެސް ކުރިއަށް ގެންދާނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކަމަށް ގާޒ ހައިލަމް ވިދާޅުވިއެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން މި މައްސަލަ ކުރިއަށް ނުގެންދަން ނިންމުމުން މިކަމާ އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން އުއްތަމަ ފަނޑިޔާރުގެ ދިފާއީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ، ލިޔެވިފައިވާ ޖިނާއީ އިޖުރާއަތެއް ނެތި ޝަރީއަތް ކުރުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކުން ބެލިނަމަވެސް ނުކުރެވޭނެ، ބޭއިންސާފު ކަމެއް ކަމަށާއި، މިގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލުން ހިތްހަމަ ނުޖެހުން ފާޅުކުރެއްވި ނަމަވެސް ގާޒީ ނިންމެވީ "އާންމު އިޖުރާތްތަކުގެ" ދަށުން ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ސަސްޕެންޑް ކޮށްފައިވުމަކީ، ކުށްކުރާ ފަރާތްތަކުގެ ޝަރީއަތް ނުހިންގާ މަޑުކޮށްލައިގެން ހުންނަންވީ ސަބަބެއްތޯ އައްސަވައި އުއްތަމަ ފަނޑިޔާރުގެ ވަކީލުންނާ ސުވާލު ކުރައްވާފައެވެ. އެއާއެކު، އުއްތަމަ ފަނޑިޔާރުގެ ވަކީލުން އެދިލެއްވީ ކުއްލި ނުރައްކަލުގެ ހާލަތު (ކނހ) ނިމުމުން ޝަރީއަތް ކުރިއަށް ގެންދިއުމަށް ޝަރީއަތް ފަސް ކޮށްދެއްވުމަށެވެ.

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް "ޖެމްސް" ނިޒާމްގެ ތެރެއިން ދައުލަތުގެ އިދާރާތަކުން ފޮނުވާ ލިޔެކިޔުންތައް އެ ކޯޓަށް ލިބުނަ ނުދީ ހުއްޓުވުމަށް އެ ކޯޓުގެ މުވައްޒަފުން މެދުވެރިކޮށް މަސައްކަތްކޮށް، ތުހުމަތު ކުރެވޭ މައްސަލައިގެ ހެކި ނައްތާލިކަމަށް ތުހުމަތުކޮށް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާ ދައުލަތުން އުފުލާފައިވާއިރު، އޭނާގެ ދިފާއީ ވަކީލާ ހިސާން ހުސައިން ވިދާޅުވީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކުށެއް އުއްތަމަ ފަނޑިޔާރު ކުރައްވާފައިވާކަމަށް ގަބޫލު ނުކުރެވޭކަމަށެވެ.

މި މައްސައިގެ ފުރަތަމަ އަޑުއެހުން ނިންމާލާފައިވަނީ، ދައުލަތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދުގެ މައްޗަށް އުފުލި ދައުވާއަށް، އުއްތަމަ ފަނޑިޔާރުގެ ފަރާތުން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮކާކޯލާ

    އެހެން ދޯ. ދެން ބުނެވޭނީ މިހެން ކޮންމެ ކަމަކަށްވެސް

  2. ނުރަބޯ

    ބަލަގަ ގައުމީސަލާމަތަށް ނުރައްކައުވާފަދަ ކުށެއް އުއްތަމޭ ލައްވާ ކުރުވީ ޙިސާނުމެން ނޫންބާ އެހެންވީމާ ޙިސާނުމެންނަށް އެކަން ގަބޫލު ކުރެވޭނެގޮތެއް ނޯންނާނެތާ!!! ޙިސާނުމެންނަކަށް ގަބޫލެއް ނުކުރެވޭނެ ހިސާނު މެންގެވެރިކަމުގައި ގެންގުޅުނު ސިޔާސަތުގެ ސަބަބުން މިގައުމުގެ އިގްތިސާދު އިނދަޖެހި ގައުމު ފަގީރުވެގެން ދިޔަކަމެއްވެސް ޙިސާނުމެން ނަކަށް ގަބޫލެއް ނުކުރެވޭނެ ޙިސާނުމެންގެ ސަބަބުން މިގައުމުގައި މާތްވެގެންވާ އިސްލާމް ދީނަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާކަމެއްވެސް. ޙިސާނު މެންނަކަށް ގަބޫލެއް ނުކުރެވޭނެ ޙިސާނުމެންގެ އަމިއްލައެދުމަށް ޓަކައި މިގައުމަށް ހެސްކިޔާފަ ބޭރުގެ ނުފޫޒު ފޯރުކުރާކަމެއްވެސް. ޙިސާނުމެން ކޮށްފިއްޔާ ބަޣާވާތަކީވެސް ހަމަ ޑިމޮކްރަސީ.....!!!

  3. ޖޮއްބެ

    އަދިއެބަ އަތްހޫރުވައެއްނު ބޮޑުބާޣީ؟

  4. މާރިޔާ

    ކަލޭމެން ނައްދޯ އެގެނީ ސަރުކާރުން ކަން ކުރާނީ ރަގަޅައް އަދިރައްޔިތުން ގެ
    ލާބަޔާމަންފާއައް ޔާމިން 2018 އޯކޭދޯ

  5. މީޙުން

    ރިސްކާގެން ބޮއެގެން އުޅޭ ހީހުންގެ މައްސަލަތައް ބަލަންޖެހޭނީ މާރުކޭޓުގައި