އެންޓި ޑިފެކްޝަން ގާނޫނު ހެދޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އެންޓި ޑިފެކްޝަން ބިލަކީ ގާނޫނު އަސާސީއާ ހިލާފު ގާނޫނެއް ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހުށައެޅި މައްސަލައިގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އަނާރާ ވިދާޅުވީ މިދަފަ ގާނޫނެއް ބޭރުގެ ގައުމުތަކުގައި ވެސް ނުހުންނަ ކަމަށާއި އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނީ ރޫހާ ހިލާފު ގާނޫނެއް ކަމުގައި ބެލެވޭ ކަމަށެވެ.

އަދި ދައުރު ފެށުނު ފަހުން އެތައް މެމްބަރުންނެއް ޕާޓީ ބަދަލުކޮށްފައިވާ ކަން ފާހަގަކުރައްވަމުން އަނާރާ ވިދާޅުވީ ދައުރު ފެށޭއިރު އެކަން އަންގަން ޖެހޭނެ ކަމަށާއި މިއީ ރައްޔިތުން އިހްތިޔާރުކޮށްފައި ތިބި މެންބަރުން ކަމަށެވެ. ނަމަވެސް މި ގާނޫނުގެ ސަބަބުން ޕާޓީގެ ނުފޫޒު މެންބަރުންގެ މައްޗަށް ގަދަވުންދާ ކަމަށާއި މިނިވަންކަމާއިއެކު މެންބަރުން ބޭނުން ގޮތަކަށް ވޯޓު ލެވެން ޖެހޭނެ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

އޭގެ އިތުރުން ޝަރީއަތުގެ މަޖިލީހުގައި އަނާރާ ވަނީ ފަނޑިޔާރުންގެ ބެންޗަށް ވެސް ސުވާލެއް ކުރިމަތި ކުރުވައިފަ އެވެ. އެއީ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށް ބަޔާން ކޮށްފައިވާއިރު ވަކި ދީނަކަށް އުޅުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށް ގާނޫނެއް ފާސްކުރުމަކީ ހަމަޖެހޭ އުސޫލެއްތޯ އަނާރާ ވަނީ ސުވާލު ކުރައްވާފައި އެވެ.

ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވަނީ ފަނޑިޔާރުންނާ އެގޮތަށް ސުވާލު ނުކުރެވޭނެ ކަމަށާއި ސިޔާސީ ވާހަކަ ނުދެއްކުމަށް އަނާރާ އަށް އަންގާފައެވެ.

އެންޓި ޑިފެކްޝަން ގާނޫނު ބާތިލުކުރަން ހުށައެޅީ އަނާރާގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނުމަރާ

    ލަދުކުޑަ އަންހެނެއް ތިޔަ އީ.
    ދިން ވިއްކައިގެން ކައިގެނ ތިޔަ އުޅެނީ!!!!!!!

  2. ޙަބޭޝް

    ގޮޑި ނުވިއްކޭ ގާނޫނަކީ ގާނޫނެއްނޫން ރަގަޅުގޮތަކީ ބޮޑުރަށަް ނިސްބަތްވާ ( މަކުނުދޫފަދަ ) ރަށެއްގެ ގޮޑީގެ އަގުބޮޑުވާގޮތަށް ގޮޑިވިއްކޭ ގާނޫނެއް ހެދުން އަނާރާއަށް ސަލާމް

  3. ހިދުމަތް ޅިޔަނު

    ނުޖެހޭ ތިކަން ކުރާކަށް. މަޖްލިސްގައި ސިމްޕަލް މެޖޯރިޓީ އޮތްހާހިނދަކު އަނާރާ ނާއީމް ނެތަސް ފާސް ކުރެވޭނެ. ކޮށްފައި ހުއްޓާލާނީވެސް. އަނާރާ މިއަދު ލަދު ގަންނަންޖެހެނޭ، ޕީޕީއެމް ގެ ބްލެސިންގގައި ރައީސް ޔާމީންގެ ބްލެސިންގސް އާއެކުގައި ތިޔަ ގޮނޑިއަށް ހޮވުނީމާ، ދެން މިއަދު ސަރުކާރާ ދެކޮޅުވެރިވެގެން އުޅޭކަށް. ފެންދިން ދާނިގަނޑު ތި ހަލުވަނީ

  4. ހައްގުބަސް

    މަޖިލީހަށް ނުގޮސްހުރެ ކޮންމޮޔައެއް ގޮވާމީހެއްމި
    ހިތހައްަރާ މިހާރު މި އަނާރާ ގަނޑަށް ވޯޓް ނުދެވުން ނމައޭ

  5. ޙަފްޞާ / މާލެ

    އޭތް މިހިރަ ލަދުކެނޑެމުންދާ ގޮތްފޮތް ނެތެމުންދާ އަންހެނާއެވެ! އީޔޫއިން ދިވެހިރާއްޖޭގެ އިސްލާމީ ދައުލަތުން ޢަމަލުކުރުމަށް ލާޒިމުކަމަށް ގޮވައިލި މައިގަނޑު 6 ކަންތަކުގެތެރޭގައި އިސްލާމްދީނާ ދިމާ ދެކޮޅު 3 ކަމެއް ވާކަން ތިޔަ ޙަޔާތްކެނޑިޔަށް ނޭގޭހެއްޔެވެ؟ ތިޔައީ އިސްލާމްދީން ކިޔަވައިގެން ހުރި މީހެއްކަމަށް ކިޔާއަޑު އަހަމެވެ. އެކަމާ އެއްޗެއް ބުނުމުގެކުރިން ތިޔަ އެއްޗެއްބުނީ ދުނިޔަވީ ކަމަކާއެވެ. ރީދޫހުންޖެހުނީމާ ވަާނެހާ ގޮތެއް ތިޔަހުރީ ވެފައެވެ. ދެން ދީނެއް މިއްލަތެއް ނޯންނާނނެއެވެ. މިކަމުގެ ދިރިހުރި މިސާލަކަށް މަޖީދުބާރީމެން ދެކިބަލާށެވެ. އެތިބީ ރީތިކޮށް ޔަހޫދީންގެ ދަށުވެފައެވެ.

  6. ޒައިނާ / ހުޅުމާލެ

    މޮޔަވީތޯ؟ ޤާނޫނު އިޞްލާޙްކޮށްފައޭ އެ ފާސްކުރީ! ތަންދޮރު ނުފިލިޔަސް ފުކެއް ބޮޑުވަރު!

  7. ޑޮންޑޮންފުޅި

    އަރަމުން އަންނަ އަނެއް ސިދާތާ

  8. ޢަފްލާ

    ބުމަހެދީމަ ހުރިހާކަމެއް ނިމުނީ މަޖލޭހަށް ނުދިޔަސް މުސާރަ ކޮޅު ނަގާތި ހިތަށް އަރާ މީ ދީނީ ޕާޓީއެއްގެ މެމްބަރެއްބާއޭ މިއަދާލަތު ގެވެސް ގޮތެއްނެތް އީޔޫ ގަރާރަށް ތާއީދު ކޮއްގެނއުޅޭ ލާދީނީ ބައިގަޑު

  9. މާބުރު

    ރައްޔިތުން ކަލެއަށް ތިގޮނޑި ޙަވާލުކުރީ ދީންވިއްކާ ކައި އަދި މިޤައުމު ފުނޑާލަން މަސައްކަތް ކުރަންތަ ނޫނީ ރައްޔިތުންނަށް ޚިދުމަތެއް ކުރަންތާ؟ އޮޅިގެން ތިއުޅެނީ ތިކަމުގެ ހިތި އަރުތެރޭ ލާދުވަހު ހިތާމަކުރަންޖެހޭނެ

  10. ނައަރާ

    މަށަކަށްނޭގޭ ކަލޭ ތިހެދުން އަޅައިގެން ތިހުންނަނީ ތިއްތި ދެއްކެން ނޫންކަމެއް، މިރާއްޖޭގައި އެހެންދީންތަކަށް ފުރުޞަތު ހޯދުމަށާއި އެއްޖިންސުން ގުޅިގެން އުޅުމުގެ ޖާގަ ހޯދުމަށް އެއުޅޭ ދޮންމީހުން ކުރާ މަސައްކަތްތަކަށް ކަލޭމެން ރުހިގެން ތިބުމަކީ މިފަދަ ސުވާލު އަހަރުމެނަށް އުފޭދޭކަމެއް، އަސްލު ކަލޭމެންތީ ދީންވިއްކާ ކަންނެލިދޯނި ޕާޓީ