އިންޑިޔާގެ ޖީ.އެމް.އާރާއި ނުލާ އެެއްވެސް ކަމެއް ނުކުރެވޭ ބަޔަކަށް، މި ސަރުކާރުގެ ވެރިކަން ކުރާ މައި ޕާޓީ، އެމް.ޑީ.ޕީ ވެެއްޖެ ކަމަށް، ރައީސް ޔާމީން ގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"ޖީ.އެމް.އަރާއި ނުލާ ނޫޅެވޭ ބަޔަކަށް ޖީ.އެމް.އާރު މުޙިއްމު ވާނެއްނޫންތޯ. ޖީ.އެމް.އާރު ނެތި އެއްވެސް ކަމެއް ނުކުރެވޭ ބަޔަކަށް މިއަދު އެމް.ޑީ.ޕީ ވެއްޖެ ކަމަށް ވަންޏާ، ދެން ޖީ.އެމް.އާރު އެބޭފުޅުންނަށް މުޙިއްމު ވާނެ." ސަޢީދު ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ސަޢީދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓު ، އަނބުރާ ޖީ.އެމް.އާރަށް ދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެއީ އެކަމުގެ ގެއްލުން ދިވެހި އެންމެހާ ރައްޔިތުންނަށް ކުރާނެ ކަމެއް ކަމަށެވެ. އަދި މިހާތަނަށް އައިއިރު، ރައްޔިތުންނަށް ލާބަ އާއި މަންފާއަށް މާ ބޮޑެތި ކަންތައްތަކެއް، މި ސަރުކާރުން ކޮށްދީފައި ނުވާކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

"ރައްޔިތުން ވޯޓު ދިނީ ޤައުމު ތަރައްޤީ ކުރަން. ފަސް އަހަރެއް އަނެއްކާ، އަޅުގަނޑުމެން އެންމެންގެ ފައިދަށުން ކާޕެޓު ދަމައިގަންނަ ގޮތަށް ފަސް އަހަރެއް ދަމައިގަތީމަ، ނުވަތަ ފަސް އަހަރަކުން ދިވެހި ރައްޔިތުން މަޙުރޫމު ކުރީމަ، ޤައުމަކަށް ކުރިއެރުމެއް ނާންނާނެ." ސާޢީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ކަންކަން ކުރިއަށްދާ ގޮތަށް ބަލާއިރު، ކުރިއަށް އޮތް ޖުލައި މަސްތެރޭގައި ދިވެހި ފައިސާގެ އަގު ދަށަށް ދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، އެހެން ވެއްޖެ ނަމަ، މީހުންގެ މުސާރަތައްވެސް ދަށަށް ދާނެ ކަމަށެވެ.

ދާދިފަހުން ރަޖިސްޓްރީ ކުރި، ޕީ.އެން.ސީ ގެ ނައިބު ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ، ސަޢީދު އަންނަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ފާޅުކަން ބޮޑު ގޮތެއްގައި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބޯ

    އެއާޕޯޓް އެގްރީމެންޓް ،މޮރިސަސް ބޭންކް ތަކުގާ ހުރި އެކައުންޓްތަކަށް ޖަމާވި ފައިސާ ދަވްލަށް ދެއްކި ކަމަށް ބުނި 78 މިލިއަންޑޮލަރުން ޖަމާކުރި 48 ގެ ބާކީ 30 މިލިއަންޑޮލަރު . ވީމާ ޖީއެމްއާރާ ނުލާ މިމީހުން އުޅޭނީ ކިހިނެތް.

    28
  2. Anonymous

    ޖީއެމްރ އަށް އެއާޕޯޓް ދީގެން ވީ ފައިދާ ނުފެނޭތޯ!!

  3. ގައުމީ

    މޑޕގެ ހީލަތްތެރި ރޭވުން ރައްޔިތުންނަށް ދެނެ
    ނުގަނެވިއްޖެނަމަ ފުން އަނދަވަަޅކަށް ރާއްޖެ
    ވެއްޓިގެން ދާނެއެވެ އަނެއްކާ އެރާވަނީ ޖމރ އަށް އެއާޕޯޓ ދޭށެވެ މިއީ ރައްޔިތުން ވަރަށް
    ބޮޑަށް ސަމާލްވާންޖެހޭ ކަމެކެވެ ކޮންމެރައްޔިތަކާ
    ސީދާކޮށް ގުޅިފައިވާ ސީރިއަސް މައްސަލައެކެވެ

  4. Anonymous

    ދިވެހިން އެބައެެއްގެ އަޅުވެތިކަމުގެ ދަށުގައި ތިބީމަ ވާނެ ހައެތި މިވަނީ. މިއީ އަދި ފެށުން 5 އަހަރުވާ އިރު އަނބި ގޮއްޔެވެސް ލިބޭނީ އިންޑިޔާއިން ދިނިއްޔާ

    3
    1