މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި " ހުއްޓުވާ" މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވާ އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު(އިބޫ)އަށް ވެސް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ކޮށްފިއެވެ.

އިބޫ ހައްޔަރުކޮށްފައިވަނީ އެސްއޯއީގެ ދަށުން ކަމަށް އިބޫގެ ވަކީލު ހިސާން ހުސައިން މިއަދު ވިދާޅުވެފައިވާއިރު ހިސާން ވިދާޅުވީ އީބޫ އަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ތުހުމަތު ކޮށްފައިވާ ކަމަށެވެ.

" ހައްޔަރު ކުރި ފަހުން ގެއިން އިބޫއަށް ފޮނުވާފައިވާ ހެދުން ފަދަ ތަކެތި މިއަދު އިބޫއާއި ބައްދަލު ކުރިއިރު ވެސް ފޯރުކޮށްދީފައެއް ނުވޭ. އިބޫއަކީ ހިތުގެ ބަލި މީހަކަށްވާއިރު ގަވާއިދުން ބޭސް ވެސް ނުލިބޭ " ހިސާން ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ބުނެ ގާނޫނު އަސާސީއާއި ގާނޫނުތަކުން ހައްޔަރު ކުރެވޭ ފަރާތްތަކަށް ލިބިދޭ އެތައް ހައްގެއް ހިފަހައްޓަމުންދާތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށް ހިސާން ވިދާޅުވިއެވެ.

އިބޫއަކީ އިދިކޮޅު ހަރަކާތްތަކުގައި އެންމެ އިސްކޮށް އެމްޑީޕީ ތަމްސީލު ކުރައްވަމުން ގެންދެވި އެއް ބޭފުޅާއެވެ. އަދި މިއީ އިބޫ ހައްޔަރު ކުރެވުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަސީދު މުޙައްމަދު

    ކޮންމެ ބޭފުޅަކީވެސް ކޮންމެވެސް ސީރިއަސް ބައްޔެއް ހުންނަ ބޭފުޅެއް ކަމަށް މިވަނީ. އެކަމަކު ދަންވަރު ވިޔަސް ފަތިހު ވިޔަސް ދުވާލު މެންދުރު ހޫނު އަވީގަ ވިއަސް މުޒާހަރާ އަށް ދެވޭ.

  2. ޖަރުމަނު

    ހޫ.. ދެންފޮނުވާ ޖަރުމަނަށް.. އެތަނުން އެއްމެފަހުންވެސް ހިތުގެބައްޔެ ކެހުނުމީހާ ފަރުވާކުރަނީ... މީވާބައެއް...

  3. މީރާ

    އޭނ ހިތުގެ ބައްޔޭ އެހެންވީމާ މަޑުން ގޭގަ އެވެބަލަ އަމިއްލަ ހަލާ ނޫޅެވިގެން އުޅޭއިރުވެސް ސަރުކާރު ވައްޓަން ހެހެހެ ހޭބަލިމާނު

  4. މުޙަންމަދު

    ސަރުކާރު ވަށްޓާލުމަށް އެތެއް! ހައްޔަރުވީމާ ހިތުގެ ބަލި މައިބަދަ ގުޑާފައި

  5. މާރިޔާ

    ތިޔައީ ވަރައްބޮޑު ނޮހޮރުއްޕާން ވެފައި ހުރި ގައްދާރެއް

  6. ރޮންދާ

    ބޮޑެތި ބަލިޖެހިފަ ތިބިމީހުންގެ ކިބައި ފާއިތުވިތާ ފެނިފައިވާ އެންމެ އަޖާއިބުވި އެއްކަމަކީ ޤައުމު ފުނޑާލުމަށް މަސައްކަތްކުރުން، މިމީހާވެސް އެފާޑަކަށް މިއުޅެނީ، އަވަހަށް ބޭސްފަރުވާއަށް ފުރޮޅުލީ ގޮނޑި ދުއްވަންދަގާ