މާލޭގައި ހަދަމުންދާ އިމާރާތަކުން ވެެއްޓުނު ބާލިއްދީއަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ، މިއަދު 13:50ހާއިރު މާވެޔޮ ގޯޅީގައި ހަދަމުންދާ އިމާރާތަކުން ބާލިއްދީއެއް ވެއްޓި އަންހެނަކަށް އަނިޔާވިކަމަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ، އެ ބާލިއްދީ ވެއްޓި ޖެހުނީ އެ މީހާގެ މޭމަތީގައި ކަމަށެވެ. އަދި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާކަމަށް ފުލުހުން ވިދާުޅުވިއެވެ.

އަދި މި ހާދިސާއާ ގުޅޭ މައުލޫމާތުތައް ހައުސިންގ މިނިސްޓްރީ އާއި ސިޓީ ކައުންސިލްއަށް ފުލުހުން ވަނީ އަންގާފައެވެ. އަދި ކޮންސްޓްރަކްޝަން ސައިޓުގައިވެސް ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.

ހަދަމުންދާ އިމާރާތްތަކުން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވާ މައްސަލަތައް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު