ދިރާގުން ރާއްޖެއަށް ސެމްސަންގގެ އެންމެ ފަހުގެ ފޯންތައް ކަމުގައިވާ ސެމްގަންގ ގެލެކްސީ އެސް10 އަދި އެސް10 ޕްލަސް މިރޭ ނެރެފިއެވެ.

މިރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި މި ފޯންތައް ރާއްޖެއަށް ނެރެދިނީ ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ރޮބިން ވޯލް އާއި ސެމްސަންގ ޑައިރެކްޓަރ މޯބައިލްސް ފޯ ސްރީލަންކާ އެންޑް މޯލްޑިވްސް އޮފް ސެމްސަންގ އިންޑިއާ އިލެކްޓްރޯނިކްސް ހުވަންގއެވެ.

މިރޭގެ އެ ހަފްލާ ކުރިއަށްގެންގޮސްފައި ވަނީ އާއްމުކޮށް ހުޅުވާލައިގެންނެވެ. އެ ހަފްލާގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.

ދިރާގުން ސެމްސަންގ އެސް10 އަދި އެސް10 ޕްލަސް ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ޖިމީ

މަންދީރާގެ ފޯރިގަދަ ބޮޑުބެެރު ހަރަކާާތްތަކާއެކު ކުރިއަށް ގެންދިޔަ އެ ހަފްލާގެ ތެރޭގައި ފުރަތަމަ ފަހަރަށް މި ފޯނު ދައްކާލިއެވެ. އަދި އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެކަކަށް ވަނީ ގެލެކްސީ 10 ޕްލަސް ފޯނެއް ދީފައެވެ. މީގެ އިތުރުން އާއްމުންނަށް ފޯން އެކްސްޕީރިއަންސް ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

ދިރާގުން މިރޭ ފޯނު ނެރުނުއިރު، މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން މި ފޯންތަކަށް ޕްރިއޯޑަރ ކުރެވޭނެއެވެ. އަދި އެ ދުވަހުން ފެށިގެން ދިރާގު ވެބްސައިޓް މެދުވެރިކޮށް ޕްރިއޯޑަރ ކުރެވޭއިރު، މިފަހަރުވެސް އިންސްޓޯލްމެންޓަށް ފޯނު ނެގޭނެއެވެ.

ދިރާގުން ސެމްސަންގ އެސް10 އަދި އެސް10 ޕްލަސް ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ޖިމީ

ދިރާގުން އިންސްޓޯލްމެންޓް ޕްލޭންތައް މެދުވެރިކޮށް ފޯންތައް ނެގޭނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކަންޏެވެ. އަދި ފުލްޕޭމެންޓް އެއްކޮށް ދައްކައިގެންވެސް ފޯން ނެގޭ ގޮތަށް ދިރާގުން ވަނީ ހަމަޖައްސާފައެވެ.

ދިރާގުން ބުނީ، މި ފޯނަށް ޕްރިއޯޑަރ ކުރާ ފަރާތްތަކުގެ ތެރެއިން ދިރާގުގެ ފަރާާތުން ހަދިޔާއެއްގެ ގޮތުގައި ސެމްސަންގ ބަޑްއެއް ދިނުމަށް ނިންމައިފިއިވާ ކަމަށެވެ.

ސެމްސަންގެ ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް އަކީ ސެމްސަންގ ގެލެކްސީ ސީރީޒްގެ 10 ވަނަ އަހަރީ ފޯނުކަން ފާހަގަކޮށްލަން ޖެހެއެވެ.

ދިރާގުން ސެމްސަންގ އެސް10 އަދި އެސް10 ޕްލަސް ނެރުމަށް ބޭއްވި ހަފްލާގެ ތެރެއިން - ވަގުތު އިމޭޖަސް: މުހައްމަދު ޖިމީ

ގެލެކްސީ އެސް10ގެ ސްކްރީންގައި 6.1 އިންޗި ހުންނަ އިރު އެސް10 ޕްލަސް ގައި ހުންނަނީ 6.4 އިންޗިއެވެ. އަދި މި ދެ ފޯނުގައިވެސް ޖުމްލަ 5 ކެމެރާ އިންނާއެވެ. އެއީ 2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާއެވެ. އެހެންކަމުން މިއީ ފޮޓޯ ނެގުމަށްވެސް ވަރަށް ފައްކާވާނެ ފޯނެކެވެ. އަދި މި ފޯންތަކުން 4ކޭ ވީޑިއޯ ނެގޭނެއެވެ.

އަދި މި ފޯންތަކަކީ އެއްފަހަރު ޗާޖުކޮށްގެން 24 ގަޑިއިރު ގެންގުޅެވޭނެ ކަމަށް ސެމްސަންގުން ބުނެއެވެ. އަދި މި ފޯންތަކުން އެހެން ފޯންތައްވެސް ޗާޖްކޮށްލެވޭނެއެވެ.

މީގެ އިތުރުން މި ފޯންގެ އޮން ސްކްރީން ފިންގަރ ޕްރިންޓްގެ އިތުރުން، އިތުރު އިނޮވޭޓިވް ފީޗަރސްތައް އެ ދެ ފޯނުގައި ހިމެނެއެވެ.