އިތާފުށި ރިސޯޓުގައި ކަރަންޓު ސޯޓެއްވެ، މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، ކަރަންޓް ސޯޓެއްވެ، މަރުވެފައި ވަނީ އުމުރުން 41 އަހަރުގެ އިންޑިއާ ރައްޔިތެކެވެ.

އެ މީހާ ކަރަންޓް ސޯޓެއްވެ މަރުވިއިރު، މިރޭގެ ވަގުތެއްގައި އެ މީހާގެ ހަށިގަނޑު ވަނީ މާލެ ގެނެސް އައިޖީއެމްެއެޗަށް ގެންގޮސްފައެވެ.

އަންނަ އަހަރު ހުޅުުވުމަށް ހަމަޖެހިފައިވާ މި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.