މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްރިޖް މަތީގައި ދުއްވާއިރު ހެލްމެޓް އެޅުން މަޖްބޫރުކަމަށް މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވުމާއިއެކު، މިރޭ 12 އިން ފެށިގެން ހައިވޭގައި ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.

މީގެ ކުރިން ދައުލަތުގެ މީޑިއާ އާއި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ރަފީޢު ވިދާޅުވީ ބްރިޖް މަތީގައި ދުއްވާއިރު ހެލްމެޓް އަޅަން މަޖްބޫރު ކަމަށާއި އެކަން ތަންފީޒު ކުރުން ފަސް ނުކުރާނެކަމަށެވެ. ނަމަވެސް ހެލްމެޓް ހޯދަން އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން، އޭޕްރީލް މަހާ ހަމައަށް ހެލްމެޓް ނާޅާ ދުއްވާ ފަރާތްތަކަށް ފިޔަވަޅު ނާޅާނެ ކަމަށާއި ހުއްޓުވާ ދެވަނަ ފުރުސަތެއް ދޭނެ ކަމަށްވެސް ރަފީޢު ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ހެލްމެޓު އެޅުމުގެ ގަވާއިދު އާއްމުކޮށްފައެވެ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގެ މަތިން 30 ކިލޯ މީޓަރު ބާރު މިނުގައި ދުއްވޭ މަގުތަކުގައި ސައިކަލް ދުއްވަންވާނީ ހެލްމެޓު އަޅައިގެންނެވެ. އަދި މި ގަވާއިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖުރިމަނާ ކުރާއިރު ދެވަނަ ފަހަރަށް ދުއްވައިފިނަމަ 750 ރުފިޔާ އަދި ތިނަވަނަ ފަހަރަށް ދުއްވައިފިނަމަ 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ގަވާއިދުގައިވެއެވެ.

މި ޤަވާއިދާއެކު ބްރިޖް، ރިންގް ރޯޑްގެ އިތުރުން ހިތަދޫ ލިންކު ރޯޑާއި، ލ. ލިންކު ރޯޑުގައި މިހާރުވެސް ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މުޙައްމަދާ

    ލ. ލިންކު ރޯޑް ގައި ހެލްމެޓް އަލައިގެން ނުދުއްވާ.. ވަރަށް މަދު މީހަކު ދުއްވަފާނެ.. ހަމަ އެކަނި ފިޔަވަލު އަޅަން ޖެހޭނީ މާލެ އަކު ނޫން.. މިނިސްޓާރ ނަހޫ މިކަން ބަލާ ފިޔަވަޅު އެޅުމަށް....!

  2. އަޒާ

    މި ދެން ހާދަ ހެއްވާ ޤަވާއިދެކޭ.. މީހަކު މޮޔައެއްނުވާނެތަ..؟؟ ހެލްމެޓް އަޅަން މަޖުބޫރު، ނާޅާ ދުއްވާނަމަ ހުއްޓުވާ، ބޭނުން ވެއްޖެނަމަ ޖޫރިމަނާވެސް ކުރެވޭ، ސަރުކާރުގެ ހެޔޮފުޅުކަމުން އޭޕްރީލް 1ށް ފިޔަވަޅު ނާޅާނަމޯ..

  3. ޔާ

    މަޑުން ބަލައިގެން ދުއްވާމީހުނަށް ހުރިހާ އުނދަގުލެއް.

  4. ޢަލީ

    30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވޭ މަގުތަކުގެ ލިސްޓެއް ނުވަތަ ފޮޓޯއެއް ލިބިދާނެތޯ؟ އޭރުންތާ އެއިން މަގަކަށް ނާރާ ނުޅެވޭނީ.

  5. މުޙައްމަދު

    މިކަމަކީ ސަރުކާރުނ ްކުރެއްވި ރަނގަޅުކަމެއް.އަދި ލިމިޓަށްވުރެ ބާރަށްދުއްވާނަމަ ފުލުހުންޖެހޭނެ އެކަން ހުއްޓުވަން.

    2
    3
    • ޏނނ

      ތިކަމެއް ނުވާނެ. ޥ ފޯރީގަ ބުނާނެ ހުުއްޓުވާނަމޭ