ސިނަމާލެ ބުރިޖު މަތީގައި ޑަސްޓްބިނެއް ބޮލުގައި އަޅައިގެން ދިޔަ މީހެއްގެ ވީޑިއޯ އާއްމުވެއްޖެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ އެ ވީޑިއޯއިން ފެންނަނީ ފިރިހެނަކު ބުރިޖު މަތީގައި ޑަސްޓްބިނެއް ބޮލުގައި އަޅުވައިގެން ދާ މަންޒަރެވެ. އެ މީހާއަކީ މާލެ އިން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ މީހެކެވެ.

އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ.

ބެލެވޭގޮތުގައި، އެ ވީޑިއޯއަކީ ރޭ ދަންވަރު ނަގާފައިވާ ވީޑިއޯއެކެވެ. އެ ވީޑިއޯ މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، މިއަދު ހަވީރު، ބޮލުގައި ރިހަ ކައްކާ ތެއްޔެއް އަޅައިގެން ހުޅުމާލެ އިން މާލެއަށް ދަތުރުކުރަން އުޅުނު މީހެެއްގެ ވީޑިއޯއެއްވެސް ވަނީ އާއްމުވެފައެވެ.

ރޭ 12:00 ޖެހިއިރުން ފެށިގެން ބުރިޖު މަތީގައި ހެލްމެޓް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

މިއި ބަޔަކު މަޖަލަށް ކުރާ ކަމަކަށް ވެދާނެއެވެ. މިއީ އެއްވެސް ވަރަަކަށް ރައްކާތެރި ގޮތެެއް ނޫނެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ހެލްމެޓު އެޅުމުގެ ގަވާއިދު އާއްމުކޮށްފައެވެ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައިވާ ގޮތުގެ މަތިން 30 ކިލޯ މީޓަރު ބާރު މިނުގައި ދުއްވޭ މަގުތަކުގައި ސައިކަލް ދުއްވަންވާނީ ހެލްމެޓު އަޅައިގެންނެވެ. އަދި މި ގަވާއިދާއި ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރު 500 ރުފިޔާއިން ޖުރިމަނާ ކުރާއިރު ދެވަނަ ފަހަރަށް ދުއްވައިފިނަމަ 750 ރުފިޔާ އަދި ތިނަވަނަ ފަހަރަށް ދުއްވައިފިނަމަ 1000 ރުފިޔާއިން ޖުރިމަނާ ކުރުމަށް ގަވާއިދުގައިވެއެވެ.

މި ޤަވާއިދާއެކު ބްރިޖް، ރިންގް ރޯޑްގެ އިތުރުން ހިތަދޫ ލިންކު ރޯޑާއި، ލ. ލިންކު ރޯޑުގައި މިހާރުވެސް ދުއްވޭނީ ހެލްމެޓް އަޅައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޑ

    ދެން ސާބަސް... މެޗުއަރ ވާކަށް ނުވޭތަ..

    29
    3
  2. Anonymous

    ނާތަހުޒީބު ދިވެހީން ހަމަ އެގޮތުގަދޯ

    27
  3. ހަމަސާބަސް

    މަޖަލެއްނޫންދޯ މީހުންގެ ފުރާނައަށް އެކްސިޑެންޓް ވެގެން ގެއްލުންވެ އަދި ނުރައްކާތެރި އެކްސިޑެންޓްތަށް ހިނގާއިރު. މަޖަލަކަށްވެގެން މިކަހަލަ ކަންކަން ކުރާ މީހުންނާ މެދު ފިޔަވަޅު އަޅަންޖެހޭ. ބައެއް ދިވެހިން މިތިބެނީ ހައްދުން ނައްޓާފަ.

    27
    1
  4. ޑަވިޔަނި

    ތިޔަ ކަލޭގެ އެކްސިޑެން ވެގެން ޑަސްބިނަކަށް ލާން ނުޖެހުން ކަން ނަސީބު.

    28
  5. ތެލި

    އެއީ ހަމަ ރިހަކައްކާ ތެއްޔެއްތަ؟ އަހަރުމެން ގޯތީގަ ރިހަ ކައްކާ ތެލީގަ ގަރުދިޔަވެސް ކައްކާ. މިހާރު އެކަމު ބަތް ކައްކަނީ ކަރަންޓު އެއްޗަކުން

    10
    1
  6. ހަސަން

    ދިވެހިން ތަހްޒީބު ވަނީ އަތުގަ އޮންނަ ފޯން. އެއްވެސް ގޮތެއް ފޮތެއް ނެތް.

    19
  7. ބުރޯ

    ދިވެހި ޒުވާނުން ނަމޫނާ އަކަށް މިހާރު ބަލަނީ ކެނެރީގޭ ނަސީދު . ގާނޫނާ ހިލާފު ނުވަތަ ދިނާ ހިލާ ކަމެއް ނުކުރެވޭނަމަ ނުވަތަ ދީނާ ހިލާފު ވާހަކައެއް ނުބުނެވޭނަމަވެސް ނަސިދަށް ނިދިވެސް ނާންނާނެ. މިހެން ވުމުން ދިވެހިޒުވާނުންނަށްވެސް ގާނޫނަށް ގޮންޖެހުމުގެ ވަބާއެއް މިގައުމުގާ ގެންދަން ވަނީފަށާފައި މިކަމުން މިގައުމު މިންޖު ކުރަން އެނަޖެހޭ.

    7
    7
    • އައިމަނު

      ކަލޭ ކެނެރީގޭ ނަޝީދާ އެޅެންވީނު؟ ކޮންމެ ދެނޭވާއަކުން ކެނެރީގޭ ނަޝީދު! އަމާގެ ކުޅަނދިލި ހަފާބަލަ ބޭކާރު ވާހަކަ ނުދައްކާ

      3
      6