ލަންކާއަށް މިއަދު ފުރުވާލަން ހަމަޖެހިފައިއޮތް، އަނޫރާ ނަމަކަށް ކިޔާ ލަންކާ ފިރިހެނެއްގެ ޕާސްޕޯޓް ގެއްލި، ޢާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ޢުމުރުން 46 އަހަރުގެ އަނޫރާ އަކީ، މާލޭގެ ވޯރކްޝޮޕެއްގައި މަސައްކަތް ކުރުމަށް ރާއްޖެ ގެނައި މީހެކެވެ. ދާދިފަހުން މި މީހާއަށް ވަނީ ސްޓްރޯކެއް ޖެހިފައެވެ. އެހެންކަމުން އެކަމާއި ގުޅޭ އޮޕަރޭޝަނެއްވެސް ރާއްޖޭން ވަނީ ކޮށްފައެވެ. ނަމަވެސް ހަށިގަނޑުގެ ދެ ނާރެއް ބްލޮކްވެފައި ވުމުގެ ސަބަބަބުން އިތުރު އޮޕަރޭޝަނެއް ކުރުމަށް ލަންކާ އަށް ފުރުވާލުމަށް ހަމަޖެހިފައިއޮތީ މިއަދުގެ 15:30 ގެ ފްލައިޓުންނެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް ކިޔައިދެމުން، އަނޫރާ ފަރާތުން އަޙުމަދު ސައިފް ބުނީ، މިއަދުގެ މެންދުރުފަހު، ސައިކަލްގެ ވަށިގަނޑަށް ޕާސްޕޯޓު ލައިގެން ދުއްވާފައިދިޔަ ކަމަށާއި، ނަމަވެސް ވަކި ހިސާބަކަށް ދެވުނު ފަހުން ވަށިގަނޑުގައި ޕާސްޕޯޓު ނެތްކަން ފާހަގަވި ކަމަށެވެ. އަދި މިކަމުގައި ފުލުހުންގެ އެހީއަށްވެސް އެދިފައިވާކަމަށް ސައިފު ބުންޏެވެ.

"ރައީސް އޮފީހުން ފެށިގެން މުލިއާގެ ފުރަގަހާއި ހަމައަށް، މި ދޭތެރެއަށް ޕާސްޕޯޓު ގެއްލިފަ ވާނީ. އެހާ ހިސާބަށް އައިފަހުން އަޅުގަނޑަށް އެނގުނީ ޕާސްޕޯޓު ނެތްކަން. އެމްބަސީންވެސް ބުނީ މާދަމާ ހަވީރަށޭ އެންމެ އަވަހަށްވެސް ޓްރެވަލް ޑޮކިއުމަންޓެއް ލިބޭނީ. އެހެންކަމުން މިކަމުގަ ޢާއްމުންގެ އެހީއަށް އަޅުގަނޑު އެދެން. ވީ އެންމެ އަވަހަކަށް އެމީހާ ފުރުވާލަން." ސައިފް ބުންޏެވެ.

މި ޕާސްޕޯޓާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ، ލަސްނުކޮށް، 7773055 ނުވަތަ 7766559 މި ނަމްބަރަށް ގުޅުމަށް ސައިފް އެދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަގީގަތް

    ސައިފޫ..! ތިއީ ކަލޭ ހަމަ ގަސްދުގަ ކުރި ކަމެއް. ޕާސްޕޯޓުފަދަ މުހިންމު އެއްޗެއް ސައިކަލުގެ ވަށިގަނޑަށް ލައިގެ ދާނީ އިންިހާ ދަރަޖައިގެ ފަރުވާކުޑަ މީހެއްވީމަ.

    16
    2