ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، އައްޑޫ ސިޓީ ފޭދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ، އިބްރާޙިމް ދީދީ (އައިބީ)، އަށް ތާޢީދު ކުރެއްވުމަށް، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނިންމަވައިފިއެވެ.

ރާއްޖޭއިން ބޭރުގައި ހުންނަވައި، ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ޝަހީމު ވިދާޅުވީ، އިބްރާޙިމް ދީދީ އަކީ ރައްޔިތުންނާއި ވަރަށް ގާތް ޚިދުމަތްތެރިއެއް ކަމަށާއި، އޭނާ އަަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމުގެ ޤާބިލުކަމާއި، ތަޖުރިބާ ހުރި ބޭފުޅެއް ކަމަށެވެ.

"އިބްރާޙިމް ދީދީ އަކީ ރައްޔިތުންނާއި ވަރަށް ގާތް ޚިދުމަތްތެރި ބޭފުޅެކެވެ. ރިޔާސީ އިންތިޚާބުގައި އަޅުގަނޑާއި ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމުގެ ފިކުރާއި ސިޔާސީ ތަޖުރިބާ ހުރި ބޭފުޅެއްކަމަށް ފެންނާތީ، އިބްރާޙިމް ދީދީ ކުރިމަތިލައްވާފައިވާ ދާއިރާ، ފޭދޫ ދާއިރާގެ ރައްޔިތުން، ވަކިން ޚާއްޞަކޮށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ތާޢީދު ކުރެއްވި ހުރިހާ ބޭފުޅުން އިބްރާޙިމް ދީދީ އަށް ވޯޓު ދެއްވުމަށް ދަންނަވަމެވެ." ޝަހީމްގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ވަގުތު، ޑރ.ޝަހީމް އަކީ މުސްލިމު 58 ގައުމު ހިމެނޭހެން އެކުލަވާލާފައިވާ އިސްލާމީ އެންމެ ބޮޑު ޖަމްއިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރެވެ. އަދި ޝަހީމް ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން، ނިމި ދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓެއްގެ ގޮތުގައިވެސް ހުންނެވީ ޑރ ޝަހީމެވެ.

އައްޑޫ ސިޓީ ފޭދޫ ދާއިރާއަށް ވާދަކުރައްވާ، އައިބީ އަށް ތާޢީދުކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުންވެސް ވަނީ ނިންމާފައެވެ. އައިބީ އަކީ މިހާރުވެސް އެ ދާއިރާ ތަމްޞީލްކުރައްވާ މެމްބަރެވެ.

މަޖިލިސް އިންތިޚާބު ބޭއްްވުމަށް ހަމަހެޖިފައިވަނީ އަންނަ މަހުގެ

ކިޔުންތެރިންގެ ހިޔާލު