ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ފުލުހުންގެ ތާރީޚާއިގުޅޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މާރިޗު މަހުގެ 13 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ މާރިޗު 29 ވަނަ ދުވަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ފުލުހުންގެ ތާރީޚާއިގުޅޭ މަޢުލޫމާތުދީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ފުލުހުންގެ ތާރީޚަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ޕޮލިސް ހެރިޓޭޖް ސެންޓަރުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ފުލުހުންގެ މުއައްސަސާގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން އެކި ދުވަސްތަކަށް ބަހާލައިގެން ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމުގައި ފުލުހުންގެ ޚިދުމަތް ރާއްޖޭގައި ފެށިގެން އައި ގޮތާއި ފުލުހުންގެ ޚިދުމަތްތަކަށް އައިސްފައިވާ ބަދަލުތަކާއި އެކި ދުވަސްވަރު ފުލުހުން ބޭނުންކޮށްފައިވާ ތަކެއްޗާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖެހިފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތާރީޚު

    ފުލުހުންނަށް ތާރީޚު ޖަހަން ނޭނގިގެންތޯ ޗެއިން އޮފް ކަސްޓަޑީ ނުބައިކޮށް އޮންނަނީ. ކޮން ތާރީޚެއް ނޭނގިގެންތަ މިއުޅެނީ.

  2. އެލެކްސް

    ފުލުހުންނަށް ތާރީހް އެކަންޏެއްނޫން ގަޑި ވެސް ދަސްކޮށްދޭންވީ. ތާރީހު ތަކާއިއެކު ދުވަސް ގުނަންދަސް ކޮށްދީ. އަބުދުﷲ ރިޔާޒު ދުވަސްވަރު މަންނާނު މެދުވެރި ކޮށް 2012 ވަނަ އަހަރު ފުލުހުން އަތުން ލޫޓުވާލި ފުލެޓް ފައިސާއަށް 7 އަހަރު ވެއްޖެ ކަމާއި އެދައުވާތައް އެމީހުންގެ މައްޗަށް އުފުލާން ޖެހޭ. ގެއްލުމުގެ ބަދަލު ހޯދަން ދުވަސް ގުނަން ދަސްކޮށްދޭން ޖެހޭ. އަލީ ރަޝީދު ޑެޕިއުޓީ ކަމިޝަނަރު ކަމަށް ގެނައީމަ ސުޒީ އާއި އެކު ފިލުމު ކުޅުނު މީހުންގެ އަދަދު ބޮޑު 3 އަކަށް ބަދަލުވީ.