ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

މިމައްސަލައިގާ ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމް.ޑީ.ރޮކޮން މޮއްލާ (28އ)އެެވެ.

ފުލުހުން ވިދާޅުވީ، މިމީހާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9660126 އަށް ގުޅުއްވައި ޙިއްސާކުރެއްވުމަށެވެ.

މިފުރުސަތުގައި، މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ފުލުހުންވަނީ ޝުކުރު ދަންނަވަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑަ ލާސްޓް

    ބަލަ މީތަ ވައުދުގެ ތެރެއިން ބަންގާޅީންގެ މައްސަލަ ހައްލު ކުރާގޮތަކީ.