މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ، އަދި މިހާރުގެ އެކްޓިންގ ޔޫތު މިނިސްޓަރ، އަލީ ވަޙީދުގެ އަނބިކަނބަލުން، އައިޝަތު ލީޝާ އަށް، ފޮރިންގ މިނިސްޓްރީގެ އިސް މަޤާމެއް ދެއްވައިފިއެވެ.

ފޮރިންގ މިނިސްޓްރީގެ ލީގަލް ކައުންސިލަށް ޢައްޔަނު ކުރެއްވި ލީޝާ ގެ މަޤާމަކީ ޑެޕިއުޓިީ މިނިސްޓަރގެ ފެންވަރުގެ މަޤާމެކެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި، ސިޔާސީ މަޤާމުތައް މަދުކުރުމާއި، ސަރުކާރުގެ ބަޖެޓުން، ސިޔާސީ ފަރާތްތަކަށް ކުރާ ޚަރަދު ކުޑަކުރައްވާނެ ވާހަކަ ވިދާޅުވި ނަމަވެސް، މިހާރުވެސް މި ސަރުކާރުގައި 64 ޑެޕިއުޓީ މިނިސްޓަރަކު އެބަ ތިއްބެވިއެވެ.

އެއިން ކޮންމެ ބޭފުޅަކަށް، ކޮންމެ މަހަކުވެސް އެތަށް ހާސް ރުފިޔާއެއް ދަޢުލަތުގެ ބަޖެޓުން ދަނީ ޚަރަދުކުރަމުންނެވެ. އެގޮތުން ޑެޕިއުޓީ މިނިސްޓަރަކަށް އެކަނިވެސް ކޮންމެ މަހަކު، ތިރީސް ހާހަށްވުރެ ގިނަ ރުފިޔާގެ އާމްދަނީ އެއް ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ބޮޑު ޖާޑި

    ތީ ދެން މާލެ ފެހިކޮއް ތިނިމުނީ

    30
    1
  2. ބޯހަލާކު

    ޖެހުނީ ކަންތަކާ އަލީވަހީދު ދެން ހީވާނީ ލޮނުމިދު ކައިގެން އުޅޭ ގިތަލެއް ހެން ވަރައް ފޯރި ހުންނާދެން ޕާޓީ ޖަލްސާ އެއްގަ ވާހަކަ ދައްކަން ލިބިއްޖިއްޔާ

    50
    2
  3. ހަމަސާބަސް

    ހަމަސާބަހޭ ބުނެވޭނީ. ޕާރޓީތަކުގެ މީހުންގެ ފިރިންނާ އަނބިންނާދަރިންގެ ލިސްޓު އެއްކޮށް މަޤާމެއް ވަޒީފާއެއް ނުދެވޭމީހަކު ހުރިތޯ ބަލާ. އޭގެ ފަހުން އަހަރުމެން ނިކަމެތިރައްޔިތުންނަށް ވަޒީފާ އަށް ހުޅުވާލާނީ. ދަރިފުޅު މަތީތަޢުލީމު ހާސިލުކޮށްގެން ވަޒީފާއަށް ސިޓީލައިފި 30ތަނަށް އަދިވަޒީފާގަނޑެއްނުލިބޭ. އޯލެވެލް ފެންވަރުގެ ޝަރުތުހުރި ވަޒީފާއަށްވެސް ލައިފި ހަރާމް ލިބުނުނަމަ. އެކަމު މިއަލީ ވަހީދު ނޫނީ އެހެންވަހީދެއްގެ މީހުންނަށް ވަޒީފާ.ނޫޅެން ވޯޓުލާކަށްވެސް.

    26
    2
  4. ކެޔޮޅު

    ތިޔަ އަލީވަހީދު އިހައއދުވަހު އިނގިރޭސިވިލާތުގަ ބަނޑައްޖެހިފާ ހުއްޱާ ގާސިމްއޭނައައް އެހީވިހަނދާންހުރިތޯ އަހާލަބަލަ. ލަދުންބޯހަލާކު؟

    28
    1
  5. ހުސޭނުބޭ

    ދޭންޖެހޭ ތަކެތީން އެއްބައި އަދި މަދެއްނު! މާލޭން ގޯއްޗަކާ ހުޅުމާލެން ދެގޯތި ދެނީ ކޮން އިރަކުންތަ؟

    28
    1
  6. ހަހަހަހަހަ

    ތި މަގާމަށް ހަވާލު ވީ އިރު ކޮލިފިކޭށަން ހަމަ ވޭތޯ ތި މަންޖެ ގެ؟

    22
    2
  7. އިބޫ

    އެޖެންޑާ 19 އަށް ވޯޓްދޭން ޖެހެނީ މިހެންވެގެން .ވަޒީރުންގެ އަނބީން ،ފިރިންނަށާއި ،މަޖިލީހަށްހޮވޭ އެމްޑީޕީގެ މެމްބަރުންގެ އަނބިން ފިރިންނަށް މިސަރުކާރުން ރަންގަޅު ވަޒީފާތަށްދީ އާއިލާތަކަށް ތަަނަވަސްކަމާ ހިތް ހަމަޖެހުން ގެނެސްދޭނަށް.

    2
    3
    • ތަކުރު

      ގާސިމައް ތިއޮތީ ދޯކާދީފަ...އޭރުވެސް ތިއަލީއެއް ފުމާލީމަ އިނގޭ ތިހެންކަންވާނީ.... ގޯއްޗާއި އަނބިދަރިންނަށް މަތީ ވަޒީފާތައް ދިނީމަ..ދިންބަޔަކައްދާނެކަން... އަދި ގޯތިވެސްލިބޭނެ...

      2
      1
  8. އަހްމަދު

    މިއީ ކަރަޕްޝަނަކީ ޢަލީވަހީދައް އެމްޑީޕީން މިއޮތީ ދަޢުވަތުދީފަ ދެންއަވަހައް ބަދަލުވޭ

  9. ޙަސަން

    މުވައްޒަފުންނަށް މުސާކޮޅު ބޮޑުކުރަންވީމާ ބަޖެޓްގައި ފައިސާއެއް ނުހުރޭ. މިހާރުވެސް އިދާރީ މުވައްޒަފަކަށް ލިބެނީ އެންމެ ހައެއްކަހާސް ރުފިޔާ. އެއީ މިޒަމާނުގައި ދެން ކޯއްޗެއް. ކުދިންގޮވައިގެން ކުލިތައްދައްކައިގެން ބަނދުފުރާނަ މުައްތިކޮށްގެން އުނުއޮރިޔާން ފިލުފައިގެން އުޅެން. އަޅެ ބުނެބަލަ.

  10. ފިކުރު

    ހުރިހާ އެއްޗެއް ހަމަކަމަށް ފެންނަނީ، ރަނގަޅުތޯ ބަލަންޖެހޭނީ.

  11. އަހުމަދު

    މީ ބަދިގެ ސަރުކާރު ކިޗަން ގަވަރމެންޓް ކުރިން މައުމޫން އިރު މިމީހުން ކީ ކިޗަން ކެބިނެޓޭ އެބަޔަކު ދައްކާ ވާހަކަ އެބައެއްގެ އަނގަޔަށް ވަންނަނީ...ރައީސް ސޯލިހުގެ ސެކްރެޓަރީ އަކީ ދައްތަ. ނައިބު ރައީސްގެ ސެކްރެޓަރީ އަކީ އޭނާގެ ކޮއްކޮ، ޕޮލިސް ކަމިޝަނަރަކީ ޅިޔަނު. ދެން މިހެން ގޮސް ލިސްޓް ވަރަށް ދިގުކޮށް ކިޔިދާނެ ... ކުރީ ސަރުކާރަށް ވުރެ މިކަންތައް މާބޮޑު މިއީ ރަސްކަމެއްތޯ........ އަނެއްކާ މިލިއުޝާ އަކީ ސިޔާސީ ގޮތުން ފައިލް ވެފައި ހުރި މީހެއް ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް ކުރިމަތި ލައިގެން.

  12. ދުނިޔެ

    ރިހާކުރު ކާނީ ރޮއްޓާ ޖަހައިގެން....
    ދުނިޔެ ކާނީ މަކަރާ ޖަހައިގެން....
    އަލީވަހީދު ކާނީ ކޮރޮޕްޝަނާ ޖަހައިގެން.....

    3
    1
  13. ޙެހެހެހެހެ

    ކޮލިފިކޭސަން ހަމަވާނެ. ހަހަހަހަ މެނަށް ތި އުޅުނީ މާބޮޑަށް އިންގިގެން.. އެއީ އުސްތާޒާއެއް.. ދެން ކީކޭ ކިޔާނީ

  14. ހޭލުން

    އަޑުގަދަމީހާއަށްރުއްގިނަވާނޭ މިއީ ހަރުބަހެއްގަބުނާވާހަކައެއް މިގޮތަށްހިގާކަމެއްތޯމިއީ ނަމަވެސް
    ސަރުކާރުގެ މަގާމްތަކާ،މުދަލާ،ފައިސާއަކީ ގައުމުގެހުރިހާރައްޔިތުންވެސް ޝާމިލްވާ އެއްޗެތި ވީމާއަޑުގަދަމީހާއަށްރުއްގިނަވާގޮތަށް މަގާމްތައް ނުދެއްވާ ތަޢުލީމީ ގާބިލްފަރާތްތަކަށް އިސްކަންދެއްވާމިއީ ހުރިހާ ދިވެހިރަށްޔިތުންގެގައުމެއް ވީމާ ގައުމުގައިވާމަގާމްތަކާ މުދަލާފައިސާއަކި ވަކިބައެއްގެއެއްޗަކަށް ނުހައްދަވާ ދިވެހިހުރިހާ ރަށްޔިތުންގެއެއްޗަކަށް ހައްދެވުމަށް ވިސްނަވާނެކަމަށްހީކުރަން ވެރިކަމުގައި ހުންނެވިބޭފުޅާ ވެރިކަމަށްގެންނެވީ ބޭފުޅަކުއަޑުގަދަކުރައްވައިގެންކަމަށްނުބައްލާވާ ވަރަށްގިނަ ފަރާތްތަކެއްގެވޯޓުންކަން ހަދުމަފުޅުބަހައްޓަވާ މިހެންމިދަންނަވާލީ އަލީވަހީދުގެ މާޒީއަށްބަލާލުމުން ކަންތައްކުރައްވާ
    ފައިވާނުރަަގަޅުގޮތްއެގެން އެބަހުރި ވީމާ އެގޮތަށްނުބައްލާވާ އެބޭފުޅާހިތްހަމަޖައްސަވައިގެން
    ނޫނީ ކަމެއްހާސިލްނުވާނެކަމަށް ނުބައްލަވާ އަދިވެސް ދިވެހިވަރަށްގިނަރަށްޔިތުން އެބަތިއްބެވި