ގަވައިދާ ހިލާފަށް ރާއްޖެ އަށް ބިދޭސީން އެތެރެކުރި 67 ފަރާތެއްގެ މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ އޮޅުވާލައިގެން ބިދޭސީން އެތެރެކޮށް އަދި އެ މީހުން ގެނައުމަށް ފަހު ޒިންމާ އަދާކުރުމުގައި އިހުމާލުވެގެން މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ފާހަގަ ކުރެވުނު 67 ފަރާތެއްގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި އާއްމު ފަރުދުންނާއި ކުންފުނިތައް ވެސް ހިމެނޭ ކަމަށް ބަޔާނުގައި ވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ އެ ބިދޭސީން އެތެރެކޮށްފައި ވަނީ އޮޅުވާލައިގެން ކޯޓާ ހޯދައިގެންނެވެ. ކޯޓާ ހޯދުމަށް ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅާފައިވެއެވެ. މަސައްކަތާއި މަޝްރޫއުތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ބިދޭސީން ގެނައުމުގެ ހުއްދަ ވަނީ ދޫކޮށްފައިކަން މިހާތަނަށް ވަނީ ކަށަވަރު ވެފައެވެ.

ޤަވައިދާއި ހިލާފަށް ބިދޭސީން އެތެރެ ކުރި މައްސަލައިގައި ތުހުމަތު ކުރެވޭ 27 ކުންފުންޏަކަށް މިހާތަނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ. ނަމަވެސް އެޅި ފިޔަވަޅުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުން ދާކަމަށާއި އެކަމުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ޤަވައިދާއި ހިލާފަށް ބިދޭސީން އެތެރެ ކުރުމުގެ ގިނަ މައްސަލަތަކެއް ތަޙްޤީޤު ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއިރު ބިދޭސީން އެތެރެ ކުރުމުގެ މަސައްކަތް އިކޮނަމިކް މިނިސްޓްރީން ކުރާ ގޮތައް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސާޔާ

    އަހަރުގެ ބޮޑު ޖޯކް.

  2. ހަމިއްޓޭ

    ޓތިފިޔަވަޅަކީ އނެއްކާ ކޮންޓްރޯލާއެއް ފައިސާ ތަކެއްދީފަ އެކަން ހިންދާލުން ނޫންކަމައްވަންޏާ ކިތަންމެހާވެސް ރަނގަޅު ތިތަނައް ތަންކޮޅެއް ތެދުވެރި އިހުލާސްތެރި ވެރިން ހޯދަބަލަ ތި ބާ ކޮޅުކޮޅުން ފައިސާ ހޯދާ ބަގަ ދޫކޮށްލަބަލަ ރޢްޔިތުންނައް އޮޅުވާ ނުލާބަލަ

  3. ނިޒާމު

    ޥަރައްޮޑު ތެދެއް އިމިގްރޭސަން ކަސްޓަމް އަދި ކޯޓުތަކުން ހިރަފުސް ނުފޮޅައެއް ދެނެއް މިރާއްޖެ ހަމަމަގައް އަޅުވަން ދަތިވާނެކަން ކަށަވަރުވެ ޔަގީންނުވާނެ ދިވެއްސެއް ނޫޅޭނެ..ބިދޭސިންނޭ ކިޔައި ބަނގުރާ ހަދަނީ.. ފަތްވިއްކަނީ.. ފޭރެނީ..މީހުނގެ އަނޞިންގެ ބޮލައްއަރަނީ.. ވައްކަން ކުރަނީ ކޮންކަމެއްތޯ ނޫނީ ހަމަ ރައްޔިތުން ގުނބޯ ހައްދައިގެން އަންބޮޑި ބޮޑޮކޮއްލަކޮށްލަ މީ ބޮޑުޗެއްޖެކަމެއް..

  4. އެލެކްސް

    ޤަވާއިދާ ޚިލާފޭތަ ޤަވާއިދުން ކުރާ ކަމެއް އެބައޮތްތަ؟ ޤަވާއިދާ ޚިލާފަށް ބިދޭސީން އެތެރެ ކުރާ މައްސަލަތައް ބަލަންޏާ ފުރަތަމަ ޖެހޭނީ ނާޒިމާއި އޭރުގެ ކޮންޓްރޯލަރުގެ މައްސަލަ ވެސް ބަލަން. ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ކެޕިޓަލް އިތުރު ކުރުމަށް ބިދޭސީންގެނެސް ރަށުތެރެއަށް ދޫކޮށް ޑިޕޮސިޓް ނަގައިގެން އުޅޭމީހުން އެޖެންޑާ19 ގައި ވަރަށް ގިންވާނެ

  5. ޅަބޭ

    ޤަވާއިދާ ޚިލާފަށް ބިދޭސީން މިކުޑަ ރާއްޖޭގައި ގެންގުޅެނީ ހަމަ ސަރުކާރުން. ސަރުކާރު، މިނިވަން މުއައްސަސާތައް، ޕޮލިސް، ސިފައިން މިތަންތަނުގެ ކިތައް އިސްވެރިންގެ ގޭގޭގައި ކެއްކުން، ކުދިން ބެލުން، ފޮޅާ ސާފުކުރުން، މަރާމާތުރުމާއި ޢިމާރާތް ކުރުން، ސިޑިގޮޅި ސާފުކުރުމާއި ކުނިއުކުން ފަދަ މަސައްކަތްތައް
    ޢެއްވެސް ދިވެއްސަކު މެދުވެރިނުކޮށް ސީދާ ބިދޭސީންނަށް ފައިސާދީގެން ކުރުވާތޯ؟ މިދެންނެވި އިސްވެރިންގެތެރެއިން ކިތައް " ބޭފުޅުންގެ" ( ހަހަހަ ) ރަސްމީ ކާރާއި ޕްރައިވެޓް ކާރު މަގުމަތީ ފެންފުޅިއަކާ ފޮތިގަޑެއް ހިފައިގެން އުޅޭ
    ބަންގާޅީން ލައްވާ ފޮހެ ސާފުކުރުވާތޯ؟ އަދި މިކަން ބެލޭވަރުގެ ފުލުހަކު ނެތްއިރު މަޖީދީމަގުގަ
    އެއްވެސް ވާރކްޕާރމިޓެއް ނެތި އެތުރިގެން އެތިބަ ބިދޭސީން އެތާ އެތިބެނީ ކީއްވެގެން ކޮންހުއްދައެއްގެ ދަށުންތޯ ބަލާލެވޭނެ ފެންވަރު
    ޙުރި ފުލަހަކުވެސް ނެތެއްނު. ރައްޔިތުންނަށް،
    ދިވެހި ލޮބުވެތި ޖިންސުއްލަތީފުންނަށް މާލެ ކިހާ އަމާން. އެކަބަލުން ، ދިވެހި ފިރިހެނުންގެ ލޮބުވެތި އަބިނާއި އަންހެން ދަރިންނަށް މަޖުބޫރުވެފަ މިއޮތީ މަޖީދީމަގުން ޕޭވްމަންޓް ހިގާނަމަ އެތަނުގައި އެތުރިގެން ތިބޭ ( ވާރކް ޕާރމިޓެއް ނެތް ) ބިދޭސީންގެ ގައިގާ އުގުޅި އެމިހިންގެ ގައިގެ ތައްމުޑު ސެންޓުން ސެންޓު ލެވިގެން އުޅެން. ކިހާ ޖަޒީރާ ވަންތަ؟ ލަލަލާ.!
    އަދި ހިނިއަންނަނީ " ޕޭމަންޓް މަތިން ހިގަން އާދަ ކުރަށްވާ " މިކަހަލަ ލިޔުން ބައެއް ނޯޓިސް ބޯރޑް ތަކުގައި ހަރުކޮއްފަ ހުންނަތަން ފެނުނީމަ.
    ޕޭމަންޓާ ޕޭވްމަންޓް ގެތަފާތެއް އެގެނީކީނޫން.
    މިއޮއް ކަމެއް. މިވަރުންވެސް މަޖްލިހަށް ހޮވަންޖެހޭނީ ރީދޫ ބައިގަޑުތަ!

  6. محمد

    ތިފިޔަވަޅަކީ އިތުރަށް މީހުން ގެނައުމުގެ ހުއްދަ ދިނުން ކަމައްވެސ ވެދާނެ.