ރާއްޖޭގެ ބައެއް ދީނީ ޝައިހުންގެ ފޭސްބުކް އެކައުންޓް ބްލޮކް ކުރަން ފަށާފައިވާ ސިލްސިލާ މަސައްކަތުގެ ދަށުން މިރޭ އަނެއްކާވެސް ފޭސްބުކް އިން އިތުރު ޝައިހެއްގެ ފޭސްބުކް އެކައުންޓް ބްލޮކް ކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެންމެ ފޭސްބުކް އިން ބްލޮކް ކޮށްލާފައިވަނީ ދީނީ ޝައިހެއް ކަމަށްވާ އައްޝައިހް ޝިހާމް މުހައްމަދުގެ އެކައުންޓެވެ.

ޝައިހް ޝިހާމަކީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ދީނީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ޝައިހް ޝިހާމް އެކައުންޓް ބްލޮކް ކޮށްލުމާއި އެކު، މިހާތަނަށް ބްލޮކް ކުރި އިލްމުވެރިންގެ އެކައުންޓްތަކުގެ އަދަދު މިވަނީ ތިނަކަށް އަރާފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކައުންޓް ބްލޮކް ކޮށްފައިވާ ތިން ބޭފުޅުން ވެސް ނިސްބަތްވަނީ ޖަމިއްޔަތުއް ސަލަފަށެވެ. ތިން ބޭފުޅުން ވެސް މަތީ ތައުލީމް ހާސިލް ކުރައްވާފައި ވަނީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ.

ދީނީ ޝެއިހުންގެ ފޭސްބުކް އެކައުންޓްތައް ބްލޮކް ކުރަމުން ގެންދަނީ އެބޭފުޅުންގެ އެކައުންޓްތައް ބްލޮކް ކޮށްދިނުމަށް ސަރުކާރުން ފޭސްބުކްގައި އެދިގެން ކަމަށް ތުހުމަތު ކުރެވެއެވެ. ނަމަވެސް މިކަމާއި ގުޅިގެން ސަރުކާރުގެ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

ޝެއިހުންގެ ފޭސްބުކް އެކައުންޓްތައް ބްލޮކް ކުރަމުން ގެންދާއިރު އިސްލާމްދީނާއި ދެކޮޅަށް ވާހަކަދައްކަމުން ގެންދާ އެއްވެސް ޕޭޖެއް އަދި އެކައުންޓެއް ވެސް ބްލޮކް ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޔަޙުޔާ

    އިލްޔާސާއި ޢިމްރާނު ތީގެ އަޑިގައި ތިބެނީ މީގެ ހެތްކަކީ، ސަރުކާރާގުޅިގެން އިބޫގެ ޅިޔަނު އެމްސީ ހަމީދު ފޭސްބުކަށް ގުޅައިގެން މިކަން ކުރިޔަށް ގެންދާލެއް ފުރިހަމަކަމުން އޭނާއަށް މިއަދު އިބޫ ޕްރޮމޯޝަން ދިނީމާ އެކަމާ އުފާކޮށް އެންމެ ފުރަތަމަ މަރުހަބާ ކީ ޢިމްރާން ޢަބްދުﷲ ކަމަށް ވާތީ. އެމްސީ ހަމީދަކީ އެމްޑީޕީގެ (ލާދީނީ ފިކުރުގެ) އެކްޓިވިސްޓެއްކަން މިރާއްޖޭގެ ސިޔާސީ ދާއިރާއަށް ވިސްނާ އެއްވެސް މީހަކަށް އޮޅިފައެއް ނެތް. އެޖެންޑާ 19 ގެ ދަށުން 2023 ގެކުރިން މިރާއްޖެ ސެކިޔުލާރކޮށް ރޭޕިސްތާނުގެ އިސްޓޭޓަކަށް ކުރާން ކުރާ މަސައްކަތުގެ އެންމެ ބޮޑު އެހީތެރިޔަކީ ޢިމްރާނު. ދެން އިސްލާމީ މިނިސްޓަރެކޭ ކިޔައިގެން އެއުޅޭ އެންޓި އިސްލާމިކް މިނިސްޓަރ. އެދެންޑާ 19 ވަރަށް ނުރައްކާ! ސަމާލުވޭ! އެމްޑީޕީއަށް ނޫނެކޭ ބުނޭ!

    38
    3
  2. ލަންގޫމާރު

    ތި ބްލޮކް ކުރާ ބަޔަކަށް ހީވަނީބާ ފޭސްބުކުން އެކަންޏޭ ދީން ފެތުރޭނީ.. ﷲ ގެ އިރާދަފުޅާއެކު އިސްލާމް ދީން ދާނީ ފެތުރެމުން...

    41
    2
  3. ރައްޔިތު

    ލާދީނީ ސަރުކާރާ ދެކޮޅަށް އެންމެން ތެދުވަން ވީވަގުތު ގާތްވަނީ..!

    36
    2
  4. މުސްތޮ

    ޝޭއިޚް އިލިޔާސް އެކައުންޓް ވެސް ބްލޮކް ކުރުމަށް ގޮވާލަން. އެކަމްހީއެއް ނުވޭ ބްލޮކް ކޮށްފާނެހެން. ބިކޯޒް އިލިޔާސައަކީ ލާދީނީ މީހުންގެ ޕަޕެޓެއް.

    29
    3
  5. ޯކިސޮރު

    ތީމިސަރުކާރުން ކުރާކަމެ. ޅާދީނީ ސަރުކާރު.

    34
    1
  6. ހުން

    މި ވަމުންދާގޮތް ވަރަށް ސާފު. ރައީސް މީހާއަށް ފުރަތަމަ ވިސްނާ ދެން އެހެން މީހުނަށް ޔަހޫދީ އެޖެންޑާ

    33
    1
  7. ހިތި

    ތީ ކުރާނޭ ކަންތަށްތަށް ، އާވާހަކައެއްނޫން ،، ރާއްޖޭގައި އުޅެނީ ސޭކުން ...

    11
    15
  8. ކިޔުންތެރިޔާ

    ދިވެހިންނޭ! ނިދިން ހޭލަން ނުވޭހެއްޔެވެ؟ ކޮންކަމެއް ވަންދެންތޯ ތިޔަ އިންތިޒާރުކުރައްވަނީ؟ މިފަދަ ކަންތައް މިހާރު ބޮއްސުންލައިފިއެވެ. ލާދީނިއްޔަތު ފެތުރިއްޖެއެވެ. ލާދީނިއްޔަތަށް ﷲ ގަންދީ ހުވާކޮށްގެންތިބި ވެރިން ވާގިވެރިވާން ފަށައިފިއެވެ. ރަށްތަކުގައި އޮރިޔާމުންއުޅޭ މީހުން ގިނަވެއްޖެއެވެ. ގޮޑުދޮށްތަކުގައި އޮރިޔާމެވެ. ލާދީނީ ޕޭޖްތައް ގިނަވެއްޖެއެވެ. ގައުމެއް ހަލާކުކޮށްލައިފިއެވެ. ޔާ ﷲ. މިފަހަރު އިންތިޚާބުން މި ލާދީނީ ސަރުކާރު ބޮޑުތަނުން ބަލިކިރައްވައިފާނދޭވެ. އާމީން

    41
    2
  9. ވިސްނާ

    ކޮންމެ ނަމާދަކަށްފަހު އަދި ދަމުނަމާދުގެ ސަޖިދައިގައި މި ނުބައި ވެރިކަން ގެންދަވާތޯ ކެނޑިނޭޅި ދުޢާކުރަންވީ. ޔާ ﷲ މިލާދީނީ ވެރިކަން އަވަހަށް ނެތިކުރައްވާފާދޭވެ. އާމީން

    28
    2
    • Anonymous

      ދިވެހިން މިތިބީ ޣާފިލުވެފައި. މަރަށް ހާޒިރުވެފައި އޮންނަ އިރުވެސް ދުލުން ބޭރުވަނީ، ފްލެޓް ފްލެޓް. ދުނިޔޭގެ ފަނާވެދަނިވި އެދުމައިގެން ހަލާކުވަނީ.

      19
      1