ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ރިސޯޓަކުން ހައްޔަރުކޮށްފިއެވެ.

ބ އަތޮޅުގައި ހުރި ރިޒޯޓަކުން ހައްޔަރު ކޮށްފައި ވަނީ 26 އަހަރުގެ ދެ ފިރިހެނުންނާއި 24 އަހަރުގެ ދެ ފިރިހެނުންނެވެ.

މިހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ބ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ބ. އޭދަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.

މިހަތަރު މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވައިވާ ކަން ފުލުހުން ވަނީ ހާމަ ކުރައްވާފައެވެ.

މިމައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު