ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރީތި އަންހެން އަދި ފިރިހެން ކެންޑިޑޭޓަކު ހޮވަން "ވަގުތު" އިން ހުޅުވާލި ޕޯލް އިން އެންމެ ރީތި ފިރިހެން ކެންޑިޑޭޓް އަކަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ސިޔާމް ހޮވިވަޑައިގެންފިއެވެ.

އެންމެ ރީތި ކެންޑިޑޭޓަކު ހޮވުމަށް ހުޅުވާލި ޕޯލް މިއަދު މެންދުުރު ފަހު 16:00 އަށް ހަމަވި އިރު ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މި ޕޯލް ކާމިޔާބު ކުރެއްވީ 3166 ވޯޓާއި އެކުއެވެ.

ރީތި ކެންޑިޑޭޓަކު ހޮވުމަށް 17253 މީހުން ވޯޓް ލާފައިވެއެވެ.

މި ފޯލްގެ ގަދަ ދިހަ ކެންޑިޑޭޓުން ލިބުނު ވޯޓާއި އެކު ތިރީގައި އެވަނީއެވެ.

1. އަހްމަދު ސިޔާމް
ނައިފަރު ދާއިރާ

3166 ވޯޓް

2 . ޣައްސާން މައުމޫން
ގުރައިދޫ ދާއިރާ

1720 ވޯޓް

3. އަހްމަދު ތޯހާ
އިސްދޫ ދާއިރާ

760 ވޯޓް

4. މުހައްމަދު ނަޝީދު
މައްޗަންގޮޅީ މެދު

529 ވޯޓް

5. ގާސިމް އިބްރާހިމް
މާމިގިލީ ދާއިރާ

389 ވޯޓް

6. ހަސަން ޝަހީދު
ހުޅުމާލޭ ދާއިރާ

252 ވޯޓް

7. ޑރ.މުހައްމަދު ޝާފިއީ އަބްދުލްމުންނިމް
ގަލޮޅު އުތުރު ދާއިރާ

245 ވޯޓް

8. އަހްމަދު ފާރިސް މައުމޫން
މައްޗަންގޯޅީ އުތުރު ދާއިރާ

221 ވޯޓް

9. އިބްރާހިމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާ

198 ވޯޓް

10. އިބްރާހިމް ފަލާހް
އިނގުރައިދޫ ދާއިރާ

184 ވޯޓް

ރީތި ފިރިހެން ކެންޑިޑޭޓުންގެ ގޮތުގައި ޝޯޓް ލިސްޓްކޮށް ވޯޓަށް ހުޅުވާލާފައި ވާނީ 50 ކެންޑިޑޭޓެކެވެ.

ފިރިހެން ކެންޑިޑޭޓުން ޝޯޓް ލިސްޓް ކޮށްފައި ވަނީ ވަކި ސިޔާސީ ފިކުރަކަށް ބެލުމެއް ނެތި ކަނޑައެޅުނު 30 ޒުވާން އަންހެނުން ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ސާވޭ އަކަށް ފަހު އެވެ. 50 ކެންޑިޑޭޓުންނަކީ އެސާވޭގައި އެންމެ މަތިން ޕޮއިންޓް ހޯއްދެވި ބޭފުޅުންނެވެ.

ޕޯލްގެ ނަތީޖާ

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކައިލީޖެނާ

    ތި ވޯޓް ވަނީ އޮޅުވާލާފަ. އެހެން ނޫންނަމަ ބޮޑު ތަފާތަކުން އަބްދުﷲ ޖާބިރު އެންމެ ރީތި ކެނޑިޑޭޓަށް ހޮވޭނެ. ތި ނަތީޖާ ބާތިލްކޮށް އަލުން ސައްޙަ އިންތިހާބެއް ބޭއްވުމަށް ގޮވާލަން އެހެން ނޫނީ މައްސަލަ ކޯޓަށް ގެންދާނަން

    22
    4
  2. ނިއުމާ

    މިފަަރު އޮޅިގެންވެސް ނޫނީ އޮޅުވާލައިގެން ތި ހޮވުނީ ހަމަ އެންމެ ސްމާޓް ރީތި ފިރިހެނާ ފިކުރު ތަފާތަސް ރީތިއްޔާ ރީތިވާހަކަ ބުނުމަކީ ގޯހެއް ކަމަށް ނުދެކެން

    22
    8
  3. ގ

    މީބަލަ އިސްލާމް ދީން ހުއްދަކުރާ ބާވަތުގެ ކަމެއްތަ؟

    15
    1
  4. ބަރަކާތް ލައްވާނދޭވެ!

    ما شاء الله! އޭނަ އަކީ ދީނަށް ލޯބި ކުރާ މީހެއް!

  5. Anonymous

    މީގައި ކޮންމެ ނަތީޖާއެއް ނެރެވުނަސް ހަގީގަތަކީ ރީތީގެ 1ވަނަ ލިބުން ހައްގީ ޢައްސާނު މައުމޫނަށޭ، އެލިސްޓުގައިވާ ފޮޓޯއިން ފެއްނަ ގޮތައްވުރެވެސް އެބޭފުޅާ އަސްލު ފެންނައިރު އަދި މާރީތި

    2
    1
  6. ބަދޫރާ

    ޙާދަ ރީތި ފިރހެނެކޭ