ރާއްޖޭގެ ހުރިހާ ސަރަހައްދެގައިވެސް މިއަދު ކުރިއަށްދާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންކަން މޮނިޓަރ ކުރުމަށް ކޮމަންވެލްތުގެ ވަފްދެއް ރާއްޖޭގައި ދަނީ ހަރަކާތްތެެރިވަމުންނެވެ.

ކޮމަންވެލްތުގެ ފަރާތުން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ވޯޓުލުން ވަރަށް އަމާންކަމާއި އެކު ކުރިއަށްދާ ކަމަށާއި، ވޯޓުލާ ބައެއް ސަރަހައްދުތަކަށް ކޮމަންވެލްތުގެ ފަރާތުުންވެސް ޓީމުތައް ގޮސް، ވޯޓުލުން ކުރިއަށްދާ ގޮތް ބަލަމުންދާ ކަމަށެވެ.

ވޯޓުލާ ސަހަރައްދުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދާ ފުލުހުންވެސް މަޢުލޫމާތު ދެއްވާ ގޮތުގައި، މިހާތަނަށް އައިއިރު ވޯޓުލުމުގެ ކަންކަން ވަރަށް އަމާންކަމާއި އެކު ކުރިއަށް އެބަ ދެއެވެ.

މިއަދުގެ އިންތިޚާބުގައި މިހާތަނަށް އައިއިރު އެއްލަ އާއި ގާތަށް މީހުން ވަނީ ވޯޓު ލާފައެވެ.

ކިޔުންތެރިންގެ ހިޔާލު