ރޭ ފަތިހު މާލޭގައި ދެ ސައިކަލެއް ޕިކަޕެއްގައި ޖެހިގެން އެކްސިޑެންޓެއް ހިނގުމުން އެއް ސައިކަލްގައި ތިބި މީހުން ސައިކަލް ދޫކޮށްލާފައި ފިލައިފިއެވެ.

ފުލުހުން ވިދާޅުވީ ރޭ ފަތިހު 5:02 އެހައިކަންހާއިރު މާލޭ ޑޯންކެފޭ ކުރިމަތިން ދުއްވާފައި ދިޔަ ދެ ސައިކަލް އެ މަގުގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޖެހި އެކްސިޑެންޓް ވުމުން އެއްސައިކަލުގައި ތިބި މީހުން ސައިކަލް ދޫކޮށްލާފައި ފިލާފައިވާ ކަމަށެވެ.

އަނެއް ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވުމުގެ ސަބަބުން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ އެއްވެސް މަޢުލޫމާތެއް އަދި ސާފެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އަނިޔާވި ދެ މީހުންގެ ތެރެއިން ސައިކަލް ދުއްވަންއިން 20 އަހަރުގެ މީހާއަތުގައި ލައިސަންސް ނޯވެއެވެ. އޭނާގެ ފަހަތުގައި އިނީ 24 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން މާލޭގައި ހިނގި އެކްސިޑެންޓެއްގައި ވެސް ބަޔަކު ވަނީ ސައިކަލް ދޫކޮށްލާފައި ފިލާފައެވެ. އެމީހުން ފަހުން ފެނުނު ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.

ރޭ މެންދަމު ލ.ގަމު ލިންކް ރޯޑްގައި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓް ހިނގާފައެވެ. އެއެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް ގަން ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެނަކު މިއަދު މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޣާދިރު

    ހެލުމެޓް އަޅަންވީ..

    3
    7
  2. ސައިބޯނި

    ފައިގަ ފުޓްބޯޅަ ކަށިމަތި އަޅަންވީ.

    6
    1
  3. ޅަބޭ

    ފުލުހުން މިހާރު އުޅެނީ އެޖެންޑާ19 ހޮވުނީމަ، އަރާމުކުރަން. ފުލުސް އޮފީސްތެރޭ އޮންނަހާވެސް ކަމަކީ ފުޓުބޯޅަ ބެލުން، ބިޓު ހިއްލުން، ޕަގްބީ ކުޅުން، އޮންލައިން ޝޮޕިން، ދަތުރު ދިއުން، ބޯޅަ ކުޅުން، އޮފިސަރުންގެ ގޭގެއައް ގުލާނުކޮއްދިނުން.