ވެލާނާގެ ކައިރީގައި ހަދަމުން ދިޔަ އިމާރާތަކުން ރަހަފަތިގަނޑެއް ވެއްޓި ކާރަކަށް ގެއްލުން ވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގީ މިއަދު 11:50 ހާއިރުގައެވެ.

ފުލުހުން އެ މައްސަލަ ސިޓީ ކައުންސިލާ ހިއްސާ ކޮށްފައިވާ އިރު، ހާދިސާގައި މީހަކަށް އަނިޔާވި ކަމަށް ފުލުހުން މައުލޫމާތު ހިއްސާ ކޮށްފައެއް ނުވެއެވެ.

މާލޭގެ ކޮންސްޓްރަކްޝަން ސައިޓްތަކުން މަގުތަކަށް އެއްޗެހި ވެއްޓުން ވަނީ އާންމުވެފައެވެ. މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލަދޭޝް ކުޑަކުއްޖެއްގެ ގައިގައި ޖެހި، އެ ކުއްޖާ ނިޔާވެފައިވެސް ވެއެވެ. އޭގެ އިތުރުންވެސް އިތުރު މީހުންނަށްވެސް އެފަދަ ހާދިސާތަކުގައި ގެއްލުން ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު