މިއަދު ހެނދުނު ބޯކޮށް، ވާރޭ ވެހުމުގެ ސަބަބުން ހދ. ނޭކުރެންދޫގައި މިއަދު އިސްތިސްގާ ނަމާދު ނުކުރެއެވެ.

ރާއްޖެއަށް ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައިވުމުން، ފެން ލިބުންވެސް ދަތިވާތީ މުޅި ރާއްޖޭގައި އިސްތިސްގާ ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން އޮތީ ނިންމާފައެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް މިއަދު މެންދުރު ނަމާދަށްފަހު އިސްތިސްގާ ނަމާދު ވަނީ ކޮށްފައެވެ.

ނޭކުރުންދޫން ވާހަކަ ދެއްކި މީހާކު "ވަގުތު"އަށް ބުނީ ނޭކުރެންދުއަށް މިއަދު ހެނދުނު ވަރަށް ބޯކޮށް ވާރޭ ވެހުމާ ގުޅިގެން އެރަށުގައި އިސްތިސްގާ ނަމާދު ކޮށްފައިނުވާ ކަމަށެވެ.

މަލޭގައި އިސްތިސްގާ ނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. މިއީ ފަހުގެ ތާރީހެއްގައި އިސްތިސްގާ ނަމާދެއް ރާއްޖޭގައި ކުރި ފުރަތަމަ ފަހަރެވެ.

އިސްތިސްގާ ނަމާދަކީ ފެން ލިބުން ދަތިވެ، ވާރޭ ވެހުން ދަތިވާނަމަ، މާތް ﷲގެ އެ ނިއުމަތަށް އެދި ކުރާ ނަމާދެކެވެ.

މާލޭގައި ކުރި އިސްތިސްގާ ނަމާދުގައި އިމާމްވެ ނަމާދު ކުރައްވާ ހުތުބާ ވިދާޅުވެ ދުއާ ކޮށް ދެއްވީ ޑރ. މުހައްމަދު އިޔާޒެވެ. އަތޮޅުތަކުގައި އިސްތިސްގާ ނަމާދު ކޮށްފައިފައިވަނީ ކޮންމެ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައިއެވެ. މާލޭގަ އާއި ރަށްރަށުގައި ވެސް ގިނަ އަދަދަކަށް މީހުން މިއަދުގެ ނަމާދުގައި ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙަސަނ

  ކުޅަދުން ވަންތަކަން

  12
  1
 2. ހޯދާ

  ހަމަ އެކަނި ވާރެއަކަށް ނޫން.
  މުސީބާތް ތަކުން ސަލާމަތް ވުމަށް ވެސް ކުރާ ނަމާދެއް، އިސްތިސްޤާ ނަމާދަކީ.

 3. އިބްރާހީމް

  ބަލަ ވާރެވެހުނަސް ނަމާދުކުރަން ވާނެއެންނު. ހާދަ ބޮޑާވެގަތީ ނޭކުރެންދޫމީހުން