ވިހެއުމަށްފަހު ފެންހިންދާ ވަޅުގަނޑަކަށްލައި ދަރިފުޅު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ބ.ތުޅާދޫ ހުދުއަސުރުމާގޭ ފާރިހާ އަބްދުއްރަހްމާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފައިވާއިރު، އެއީ ފާރިހާ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ކޮށްފައިވާ ކަމެއްކަމަށް މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

އިންސާނާގެ ފުރާނައިގެ އެއްވެސް ފަރުވާލެއް ނެތްކަން ދައްކުވައިދޭ ހާލަތެއްގައި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމާއި، މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުން އަދި ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި، ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ދައުވާ ފަރީހާގެ މައްޗަށް ދައުލަތުން އުފުލާފައިވާއިރު، މިއަދު ބޭއްވި ޝަރީއަތަކީ ދިފާއުގައި ހެކިބަސް ދިނުމަށް ހެކިވެރިޔާ ކޯޓަށް ހާޒިރުވުމަށް ބޭއްވި ޝަރީއަތުގެ އަޑުއެހުމެކެވެ.

ފާރީހާގެ ދިފާއުގައި ކޯޓަށް ހާޒިރުކޮށް ހެކިބަސް ނެގުމަށް ހުށަހަޅާފައިވަނީ ފާރީހާގެ ސައިކޮލޮޖިކަލް ރިޕޯޓް ތައްޔާރުކުރި ފަރާތް އެކަނި ނަމަވެސް، ހެކިވެރިޔާ ހާޒިރު ކުރުމަށް ތަކުރާރުކޮށް ކުރި މަސައްކަތް ކާމިޔާބު ވެފައިނުވާއިރު، މިއަދުގެ ޝަރީއަތަށްވެސް ހެކިވެރިޔާ ހާޒިރުކުރެވިފައެއް ނުވެއެވެ.

މި މައްސަލަ ކޯޓުގައި އޮވެ ނުނިމި ގިނަ ދުވަސްތަކެއް ވެގެންގޮސްފައިވާތީ، މައްސަލަ އަވަސްކުރުމަށް ދެން ހެކިވެރިޔާ ހާޒިރު ކުރުމަށް އިތުރު ފުރުޞަތެއް ދެވެން ނެތްކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ވިދާޅުވުމުން، ދިފާއީ ވަކީލް ވަނީ ހެކިވެރިޔާ ހާޒިރު ކުރުމަށް ފަހު ފުރުޞަތު ދެއްވުމަށް އެދިފައެވެ. އަދި މި ރިޕޯޓަކީ ޓެކްނިކަލް މައުލޫމާތާއި ބަސްތަކެއް ބޭނުންކޮށްފައިވާ ރިޕޯޓަކަށްވާތީ އަދުލުވެރި ހުކުމެއް އިއްވުމަށް އެފަރާތް ކޯޓަށް ހާޒިރު ކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ޝަރީއަތުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ފާރިހާގެ ސައިކޮލޮޖިކަލް ރިޕޯޓާއި ގުޅޭގޮތުން މީގެ ކުރިން ބޭއްވި ޝަރީއަތުގެ މަޖިލިސްތަކުގައި ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައިވާނެ ކަމަށާއި، އެ ރިޕޯޓަކީ ފާރިހާގެ ޝަރީއަތް ކުރިއަށް ގެންދަން ފެށިއިރު ފާރިހާގެ ނަފްސާނީ ހާލަތު ބެލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަމަށެވެ. އަދި އެ ރިޕޯޓު ތައްޔާރު ކޮށްފައިވަނީ ކަނޑައެޅިފައިވާ ތައުލީމީ ފެންވަރަށްވުރެ ދަށް، ޑިގްރީ ހާސިލް ކޮށްފައިވާ ފަރާތެއްކަމުން ރިޕޯޓުގެ ޞައްހަކަމާމެދު ދައުލަތުން ސުވާލު އުފެއްދިއެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި ފާރިހާގެ ދިފާއީ ވަކީލް ވިދާޅުވީ، އެ ރިޕޯޓަކީ މި މައްސަލައިގައި އަދުލުވެރި ހުކުމެއް އިއްވުމަށް ވަރަށް މުހިންމު ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓަކީ ޕީއެޗްޑީ ހާސިލް ކުރައްވައިގެން ހުންނެވި ފަންނުވެރިއެއްގެ އިރުޝާދުގެ ދަށުން ތައްޔާރުކޮށްފައިވާ ޞައްހަ ރިޕޯޓެއް ކަމަށެވެ. އަދި ފާރިހާއަކީ ޖިންސީ އަނިޔާ ލިބިފައިވާ އަންހެނަކަށްވާއިރު، އެ ހާދިސާ ހިނގާދިޔައިރު އޭނާގެ ނަފްސާނީ ހާލަތު ހުރިގޮތް އެ ރިޕޯޓުން ހާމަވާނެކަމަށްވެސް ވަކީލް ވިދާޅުވިއެވެ.

މީގެ ކުރިން ބާއްވާފައިވާ މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއްގައި، ފާރިހާ ވިހާފައި މަރާލިކަމަށްބުނާ ކުއްޖާ ބެއްލެވި ޑޮކްޓަރުގެ ހެކިބަސް ނަގާފައިވާއިރު، މިއަދުގެ ޝަރީއަތް ނިންމަވާލެއްވީ، ފާރިހާގެ ދިފާއުގައި ފާރިހާގެ ސައިކޮލޮޖިކަލް ރިޕޯޓް ތައްޔާރުކުރި އިންސްޓިޓިއުޓްގެ ފަރާތެއް ހާޒިރުކޮށް އެ ރިޕޯޓުގައިވާ ކަންކްން އިތުރަށް ޝަރީއަތަށް ސާފުކޮށްދިނުމަށް އެންމެ ފަހު ފުރުޞަތު އަރުވާފައެވެ. އަދި ފަނޑިޔާރު ވިދާޅުވީ، މައްސަލަ ވަރަށް އަވަސް ކުރައްވާނެ ކަމަށާއި، ދެން އޮންނަ ޝަރީއަތަކަށް ހެކިވެރިޔާ ހާޒިރު ނުކުރެވޭނަމަ، މައްސަލައިގެ ހުލާސާ ބަޔާން އިއްވުން އޮންނާނެ ކަމަށެވެ.

ފާރިހާގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ، ބ.ތުޅާދޫގައި އޭނާ ދިރިއުޅޭ ދޮންވެލިގޭގެ ފާޚާނާތެރެއަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ދަރިއަކު ވިހެމަށްފަހު ފާޚާނާތެރެއަށް ދަރިފުޅު ވެއްޓުމުން ފާޚާނާތަރެއަށް ފެންޖެހުމަށް ފަހު ނުކުމެގެންގޮސް، އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ފާޚާނާތެރެއަށް ވަދެ ފެންހިންދާ ވަޅުގަނޑުގެ ތެރެއަށް ފާރިހާ އެ ދަރިފުޅު ވައްޓާލާފައިވާ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަބްދުއްލާ

    ތިޔައީ ނަފްސާނީ ބަލިމަޑުކަމަކުން ވީކަމެއްކަމަކަށް ނުބެލެވޭ .ތިޔައީ ގަސްދުގާ ކޮށްފައިވާކަމެއްކަން ތިޔަ ލިއުންކޮޅުންވެސް އެގިއްޖެ

  2. ނީނާ

    ކޮންތާކު! ބުރުގާ އަޅައިގެން ހުރި މީހަކު އެކަހަލަ ކަހަލަ ކަމެއް ކުރާނެތަ!

    • ލޮޖިކް

      ބަލަ ނީނާ! ބުރުގާ އަޅައިގެން އުޅޭ މީހަކު ކުށެއް ނުކުރާނެތަ؟ މޯރްޑިސް ލޮޖިކް?

  3. އަޝްރަފް

    ގާނޫނު އަސާސީ އިން ވިޔަފާރިކުރާ ވަކީލުންނަށް ދަންނަވާލަން މިއަދު އިންސާފުގެ ނަމުގައި ކޮންމެފަދަ ވާހަކައެއްވެސް ދެެއްކިދާނެ އަދި އެހެން ދުވަހެއް އެބައޮތް ޖަވާބުދާރީވާން

  4. މަލިކައްޑޫ

    ނަފްސާނީ ބަލިމަޑު ކަމެއްގައި ކަމަށް ބުނަން ކެރޭނެތޯ ޤިޔާމަތް ދުވަހު.
    މިފަދަ ވަކީލުންގެ ސަބަބުންނ ނޫންތޯ ތުއްތު ކުދިންގެ ޙައްޤު ތައް ގެއްލިގެން މި ދަނީ.

  5. ޜައުފާ

    މި ދުނިޔޭގަ ސަލާމަތް ވިޔަކަސް އާހިރަތުގައި ލިބޭ އަޒާބު މާ ބިރުވެރި

  6. ކަނބުލޮ

    ނަފްސާނީ ބަލިމަޑު ކަމުގެ ސަބަބުންނެއްނޫން ތިކަން ތިކުރީ ހަމަ ހުންނަ ޖައްބާރު ކަމުން.... ހެކިބަސްދޭ މީހުންވެސް ބިރެއްކަމެއް ނަހައްދަވަ... ދޮގު ހެކިބަސް ދިނުމަކީ ކިހާވަރެއްގެ ކަމެއްކަން ނޭންގެ... މާތްﷲ މި އެންމެންނަށް ތެދުމަގު ދައްކަވާފާންދޭވެ... އާމީން

  7. ޒީނާ

    ކިހާވަރެއްދީގެންބާ، ތިވަރުގެ ........

  8. ނައިބޮލި

    އަސްރަފު ތިޔަބުނުއްވި ވަރަށް ރަނގަޅުވާހަކައެއް. ވަކީލްކަމުގެ ފާސްތައް ނަގައިގެންއައިސް މިކުރާކަމަކީ ޤާނޫނު އަސާސީން ވިޔަފާރިކުރުންް. އިންސާނިއްޔަތު ވިއްކާލާފައި ލާރި ޯދުން. މީ މިގަންނަ ގަނޑަކީ . އަަޖައިބު .

  9. މާޝާ

    ނަފްސާނީ މައްސަލަ ހުއްޓަސް އެކަން ކުރަންވީމާ އެ ލިއްބައިދޭ ލައްޒަތެއްގެ ސަބަބުން އެގަޑީގަ ހަމަ ބަރާބަރު، އެހެން މީހެއްގެ ގާތުގަ ބުނާކަށްވެސް ނޭނގުނު، ބަނޑުބޮޑުވެ ވިހެއި އިރުވެސް ނަފަސާނީ މައްސަލައެއް ނެތް، ވިހާފަ މަރައިލީ އިރުވެސް ހަމަ މައްސައެއް ނެތް، ފަޅާ އަރާ ހިސާބުން ނަފްސާނީ މައްސަލަ..

  10. ޖޮއްބެ

    އެހެންދޮގޭ....!! ތިޔާތިބީ މޮޅެތި ވަކީލުންނަކީ.