ޗައިނާގައި ކުރިއަށްދާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރާ ކުންފުނި ބައިވެރިވެއްޖެއެވެ.

ޗައިނާގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ "ޗައިނާ އައުޓްބޯޑު ޓްރެވެލް އެންޑް ޓޫރިޒަމް މާކެޓް (ސީއޯޓީޓީއެމް) ގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާާއެކު، ޓޫރިޒަމް ދާއިރާއިން މަސައްކަތް ކުރާ 10 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

މިފެއާގައި ރާާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ފައިސަލެވެ.

އިއްޔެ ފެށިގެން ދިޔަ މިފެއާ ނިމޭނީ މާދަމާއެވެ.

ޗައިނާގެ ބެއިޖިންގައި ފެށިގެން ދިޔަ މި ފެއާގައި ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން އެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އެގޮތުން ވާޗުއަލް ރިއަލިޓީ މެދުވެރިކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކާލާނެއެވެ.

ޗައިނާ ބެލެވިފައިވަނީ 2010 ވަނަ އަހަރުން ފެށިގެން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާ ގައުގެ ގޮތުގައެވެ. މިދިޔަ އަހަރުގެ ނިޔަލަށް ޗައިނާ އިން 283،116 ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެއެވެ. މި އަހަރުގެ ފެށިގެންވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. ނަމަވެސް މިހާރަކަށް އައިސް ޗައިނާއިން އަންނަ ޓޫރިސްޓުންގެ މިންވަރު ދަނީ ދަށްވަމުންކަމަށްވެސް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު