ޓެރެރިޒަމްގެ ދައުވާ ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފިއެވެ.

އިމްރާން ޑޮކްޓަރަށް ދެއްކުމަށް މާލެ ގެނެސްފައިވަނީ މިއަދު މެންދުރުއެވެ.

މީގެކުރިން ވެސް ޑޮކްޓަރަށް ދެއްކުމަށް އިމްރާން މާލެ ގެނެސްފައިވާއިރު އަދާލަތު ޕާޓީ އިން ވަނީ އިމްރާން އަށް އެކަށީގެންވާ ފަރުވާ ނުލިބި އޭނާގެ ހާލު ދުވަހަކަށްވުރެ ދުވަހެއް ދަށްވަމުންދާ ކަމަށް ބުނެފައެވެ.

12 އަހަރުގެ ޖަލު ހުކުމެއް ޝެއިޚް އިމްރާންގެ މައްޗަށް އިއްވީ މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވުމުގެ ސަބަބުންނެވެ.

މިހާރު އިދިކޮޅު ފަރާތްތަކުން މާލޭގެ އަމާންކަން ނަގާލަން ހިންގަމުންދާ މުޒާހަރާތަކުގައި އިމްރާންގެ އަނބިކަބަލުން ބައިވެރިވެސް ވަޑައިގަންނަވާކަންވަނީ ފާހަގަ ކުރެވިފައެވެ.