ކުއްލި ހާލަތުގެ ދަށުން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުށެއް ކޮށްފައިވާ ކަމަށް ގަބޫލުނުކުރާ ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީ ތަކުން ބުނެފިއެވެ.

މިއަދު ކްރިމިނަލް ކޯޓު ކައިރީ ހުންނަވައިގެން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ ރައީސް މައުމޫން އަކީ އަޅުގަނޑުމެން ކަހަލަ ރައްޔިތެއް ކަމަށެވެ.

" ރައީސް މައުމޫނަކީ ދިވެހި އެތަކެއް ރައްޔިތުންގެ ލޯބި ލިބިފައިވާ ރާއްޖޭގެ ވެރިކަން 30 އަހަރު ވަންދެން ކުރެއްވި ބޭފުޅެއް. އެހެންވީމަ އެފަދަ ބޭފުޅަކު ވަކިން ހާއްސަކޮށް އުމުރުން ދުވަސްވީ ބޭފުޅަކު އާދަޔާ ހިލާފަތް ގިނަވަގުތު ކޯޓުގައި އާދައިގެ ގޮޑިއެއްގައި ގާތް ގަޑަކަށް 9 ގަނޑިއިރު ބޭންދުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން " އަލީ ހުސެއިން ވިދާޅުވިއެވެ.

ޝަރީއަތް ނިމެންދެން ރައީސް މައުމޫން ބަންދުގައި ބެހެއްޓުމަށް މިހާރު އަމުރު ކޮއްފައިވާއިރު އެމަނިކުފާނުގެ މައްޗަށް ދެ ދައުވާ ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއެވެ.

ކުއްލި ހާލަތުގެ ދަށުން ރައީސް މައުމޫންގެ އިތުރުން ވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާއިރު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވުމުގެ ކުރިން އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުންގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އޯއްޔޭއް

    ޝަރީއަތް ނިމެންދެން މައުމޫން ޖަލު ބަންދުގައި ބަހައްޓަން އަމުރުކޮށްފި ނަމަ ދެން ކޮބާތޭ މަައްސަލަ އަކީ ކުދިންނޭ އެއީ ވެސް ލީގަލް އެފެއާރޒް ގެ ކަންކަން ހުންނަ ގޮތޭ ނޯ ނީޑް ޓު ވޮރީ ދޯ. ލެޓް ބައި ގޯންސް ބީ ބައި ގޯންސް ދޯ. ކަމޯން ސްޓޭންޑް އަޕް އެން ރޮކް ޔުއަރ ބޮޑީ ބޭބީ. އައި ތިންކް އައި ރިމެމްބަރ ދޯޒް އައިޒް އައިޒް އައިޒް. ބޭބީ ނުޓައިޓް ވީއާރ ގޮނާ ޗޭންޖް ދަ ކަލަރސް އޮން ދަ ޑާންސް ފްލޯރ ސޯ ޑާންސް ޑާންސް ޑާންްސް ޑާންސް...އޯއް ޔޭއް.

  2. އަޝްރަފް

    ގަބޫލުކުރާ އެއްވެސް ކަމެއް އެބައޮތްތަ ތިބައިގަނޑު

  3. ހުސޭނުބޭ

    ހަމަ އަސްލުވެސް! އަލިވާގޭދޮށަށް އެއްވެ ހަޅޭވެސް ނުލަވަމުދޯ! ގުޅާބޯއޭ ގޮވި ހަނދާނެއްވެސް ނެތްދޯ!

  4. ސުމްބުލި

    ހުދުކާފޫރަށް ބަދަލުވީއެވެ. ކުރިންގޮވި ގޮވެލިފަތިތަކުގެ މަތިން ހަދާންނެތުނީއެވެ. 30 އަހަރު ވެރިކަންކުރީ ބަރާބަރަށް އެއްވެސް މައްސަލައެއް ނެތް. ރައްޔިތުންނޭ ހޭއަރާށެ ޕޮލިޓިކްސް އަކީ ވަރަށް ޑާރޓީ ގޭމެކެވެ.
    ވަރަށް ސަލާމެވެ.

  5. ކޮލެޖް

    އަންނި ކުށެއް ކުރިތަ ނުކުރޭދޯ ގަބޫލު ނުކުރާތި ކުށެއް ކުރިކަމައް.

  6. ހުމުދު

    މީގެކުރިން ގޮވީ އެއީ ބޮޑުއަނިޔާވެރިޔެކޭ މިހާރު ހުދު ކާފޫރު ކޮޅެއް އަލީހުސޭނު ތިހިރީ ހަމަ ހޭގަތަ އަޅޭ ޅޭ ޅޭ.....

  7. ފާތިމާ

    ޔާމީނަށް މިޤައުގެ ވެރިކަން ދެން ޙަރާމް... އިންޝާ ﷲ...

  8. ރާއިޒް

    މައުމޫން އަކީ މުސްކުޅި ގައި ބާރު ދޫވެފައިވާ މީހެއް. މައުމޫނުގެ މައްސަަލަ ހައްޔަރު ނުކޮށް ނުވަތަ ގޭބަންދުގައި ބަަހައްޓައިގެން ތަހްޤީގު ކުރެވޭނެ ގޮތެއް ނެތުމުން އެނގެނީ މިސަރުކާރު އަދި ޕޮލިސް ސާރވިސް ފެއިލްވެފއިވާކަން

  9. އަދާލާ

    ކަލޭމެން ކޮންމެގޮތަކަށް ދުއްޓަސް އަދި ކިތަންމެ ފުއްޕިޔަސް ކުށްކުރާ މީހުން ހައްޔަރު ކުރާނެ ..... މިކަލޭގެ މިއީ ފިރުއައުނު ހެދިގެން އުޅޭމީހެއް..... ކަލޭމެން ކުރި ހުރިހާ މަސައްކަތް ނާކާމިޔާބުވީމާ ދެން އެއްޗެކޭ ކިޔާތީ ދެއްކޭނުދެއްކޭ ނޭގުނަސް
    ކަލޭގެ އިސްކޮޅަށްވުރެ މާވަތީވާހަކަ ތިދައްކަނީ ބޮޑާވެހުރެ ލަދުހަޔާތްކޮބާ..... ދިނާއި ޤައުމު ފުނޑާލަން ތިއުޅެނީ

  10. ރޮންދާ ރިޔާޒް

    އާނ މައުމޫނު ކުށެއްނުކުރޭ ކަލޭމެން މައުމޫނު ގުއިރޯނުގަ ޖެއްސީ، ހަސަދަ ފިލުވާލީ، މިކަންއެގެނީ ކަލޭމެން މައުމޫނޭ ކިޔައިގެން ކުރިން ދެއްކި ބުހުތާން ވާހަކައިން

    ކަލޭމެންތީ ނުބައި ނުލަފާބައެއް، އުމުރުން 80 ގައި އުޅޭ މުސްކުޅިއަަކަށް ތިދިން ކެހި ނިކަން ދެކިބަލަ