ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީނާ ގުޅިގެން ޕީޕީއެމް ރީ-ބްރޭންޑް ކުރަން ބޭނުންވާ ކަމަށާއި އެ ޕާޓީގެ ރައީސް ކަމަށް ޝައުގުވެރިވާކަމަށް ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރަކީ ޕީޕީއެމް އުފެދިގެން އައި ދުވަސްކޮޅު ވަރަށް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޔާމީނާއެކު ވެސް އުމަރު ނަސީރު ވަނީ ވާދަ ކުރައްވާފައެވެ. އުމަރު އަލުން ޕީޕީއެމްއާ ގުޅި ވަޑައިގަތުމަށާއި ލީޑާޝިޕަށް ވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަން ރައީސް ޔާމީން ވެސް ވަނީ އެ ޕާޓީގެ ކައުންސިލް މެންބަރުންނާ ވެސް ހިއްސާ ކުރައްވައިފަ އެވެ.

އަވަސް އާއި ހަވާލާދީ އުމަރު ވިދާޅުވެފައިވަނީ އޭނާ ޝައުގުވެރިވެ ވަޑައިގަންނަވަނީ ޕީޕީއެމްގެ ލީޑަރަކަށް ނުވަތަ ރައީސްގެ މަގާމަށް ވަޑައިގަންނަވަން ކަމަށެވެ. އަދި އެ މަގާމް ލިބިވަޑައިގެންފި ނަަމަ ޕީޕީއެމް އަލުން ކޮޅަށް ޖަހައި "ރީ ބްރޭންޑު" ކުރައްވާނެ ކަމަށާއި އެކަން ކުރައްވާނީ ރައީސް ޔާމީނާއެކުގައި ކަމަށެވެ.

2016 ވަނަ އަހަރު އުމަރު ޕީޕީއެމްއާ ވަަކިވުމަށް ފަހު ގެންދެވީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ރޭ އަލަށް ޕީޕީއެމްގެ ނައިބު ރައީސް ކަމަށް އައްޔަން ކުރެއްވި ބޭފުޅުން އަކީ އެ މަގާމަށް އެންމެ ގާބިލް ބެފުޅުން ކަމަށް ވިދާޅުވެފައެވެ.

ޕީޕީއެމްގެ ނައިބު ރައީސުންގެ ގޮތުގައި އަލަށް އައްޔަން ކުރެއްވީ ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން އާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ތޯމަރާ

    ސާބަސް އުމަރު ނަސީރު

    27
    7
  2. އަދުރޭ

    މިޔޮއްހުރިހާ ދުވަހު ރައީސް ޔާމީނަށް ހިތުހުރިހާ އެއްޗެއްގޮވާފަ ދެން މިޔަދު ނިކުމެ ތިމަންނާބޭނުމީ ރައީސް ޔާމީނާ ގުޅިގެން ޕީޕީއެމް ރީ-ބްރޭންޑް ކުރާށޭ ބުނުމުން ކާކުތޯ ގަބޫލުކުރާނީ. ތޔައުޅެނީ ވެރިކަން ބޭނުންވެގެން. ޕީޕީއެމް އަށް ހެޔޮއެދިގެނެއްނޫން. އަމިއްލަ އެދުމާގެން.

    13
    20
    • ނިހާނު

      ޕީޕީއެމް އިސްލާހުކުރުމަށް ރައީސް ޔާމީނާ ޔާމީނުގެ މުޅި ޓީމުވެސް އިސްތިޔުފާ ދޭންޖެހޭ.

      7
      8
  3. މަންޖެ 21އޭޕްރީލް2019ހހ

    ސާބަހޭ ތީދިވެހިދަރިން ނަކީ ފުރަތަމަ ޤައުމް ސާބަސް

    12
    5
  4. ޙާރޫން

    "އިލްމާ ހިލްމް އަކީ ވަކިދެ އެއްޗެއް" އުމަރު ނަސީރުއަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ ފެތެމުންދާ އޮޑިޔެއްގެ ދިރުބާކޮޅައް ނާރުއްވާށޭ. ސްޓަރަޓެޖިކް މިސްޓޭކެއް ތިޔަހައްދަވަނީ ތިޔަކަން ތިޔަގޮތައްވުމައްފަހު އަބުރާ ރިޖޫޢަ ނުވެވޭނެ. ތިޔަގޮތައް ކުޅިބައި އެތުރިއްޖެނަމަ އެއްމެ އޮޕްޗުނިޓީ އޮތީ ކާނަލް ނާޒިމައް. ޤާސިމް ސަލާމަތް ހޯދަން ނުވަތަ ޖޭޕީގެ ވެރިކަމެއް ގެންނަންޏާ ނާޒިމް ނަގާ ޤާސިމް ޕާޓީގެ ރޫޙާނީ ލީޑަރުގެ ގޮތުގައި ހުންނަވައިގެން ނޫންނަމަ އަދިވެސް ފެއިލްވުން ގާތީ

    3
    7
  5. އޮންމައިވޭ

    ބޭނުމީ ޔާމީނާއެކު ޕީޕީއެމް "ރީބްރޭންޑު" ކުރަން ކަމަށް އުމަރު ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ އުމަރު ނަސީރު ޕީޕީއެމްގެ ރައީސް ކަމަށް އަންނައިރު ނިހާން މެން އަދުރޭ މެން ޖެހޭނީ ޕީޕީއެމް އިން ވަކި ކުރަންއޭ އެމެން ދަ ކަންޓްރީސައިޑް ސްޓޭންޑަރޑް އަށް ވާހަކަ ދައްކާ އަދި އާންމު މެމްބަރުންނާއި އެއްގޮތަކަށް ވެސް ގުޅުމެއް ނެތް ބަޔަކު ދެން އަތް ހޫރާފައި ޕޯޑިއަމްސް ތަކުގައި ދައްކާވާހަކަ ތަކަކީ އެއީ އެއް ހިއްސު މަދުވާހަކަތަކޭ އެމެން ބާރުގައި ތިބި އިރު ޕީޕީއެމް އިން ވަރަށް ވަރުގަދަ ކަންކަން ސަރުކާރުން އިއުލާން ކުރާނެ ޖަލްސާ އެކޭ ބުނެ ޖަލްސާ ގައި އޮންނަނީ މުޅިން ވެސް ދަ ރާއްޖެތެެރޭ މީހުން ކަންކަން ކުރާ އުސޫލުން މީހުންގެ މަސްކެއުމޭ އެމެން ޖެހޭނީ ފަހަތަށް ދާން މިފަހަރު ދޭ ޑޯންޓް އަންޑަރސްޓޭންޑް ޕޮލިޓިކްސް އިޓްސް ނަތިންގް ޕާރސަނަލް އައި ޑްރޯ ދަ ޕްލޭން އުމަރު ވިލް ބީ ދަ ޕާރފެކްޓް ފިގަރ ފޯރ ދަ ޕްރެޒިޑެންޓް އޮފް ޕީޕީއެމް ނޯ ބަޑީ ކޭން ބީޓް ހިމް ނޯ ބަޑީ ކޭން ބީޓް ހިމް އައި އޭމް އޮން މައިވޭ ޓު ޖޮއިން ޕިންކީސް އައި އޭމް އޮން މައި ވޭ ޓު ޖޮއިން ޕިންކީސް އައި އޭމް އޮން މައިވޭ ޓު ޖޮއިން ޕިންކީސް އައި އޭމް އޮން މައިވޭ އައި އޭމް އޮން މައިވޭ އައި އޭމް އޮން މައިވޭ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އައި އޭމް އޮން މައިވޭ ހާއް އައި އޭމް އޮން މައިވޭ އައި އޭމް އޮން މައިވޭ ޑާންސް ޑާންސް ޑާންސް...

    4
    2
  6. ޒުހު

    މީ މޮޅުބެ......މޮޅުބެ 1..މޮޅުބެ 2....މޮޅުބެ 3 ގެ ލަގަބުދީފިން..

    2
    1
  7. ހިޔާލު

    މީހަކު ގަދަފަދަ ހާލުގައި ވީ ދުވަހު އެ މީހާ އާއި ދެކޮޅަށް ތެދުވެ! އެމީހާ ބަލިކަށި ވާދުވަހު އެމީހާ ގެ ފަހަތުގާއި ހުރުމުން މީ ހާގެ ސަހުސިއްޔަތުގެ ވަރުގަދަކަން ހާމަވޭ! ސާބަހޭ އުމަރު ނަސީރު!!

    3
    3
  8. ރައްޔިތުން

    ކޮން ޕީޕީއެމް އެއްތޯ؟؟ ޕީޕީއެމް އެއޮތީ ގައިދަށުވެފައި

    2
    4
  9. އ. ޖ. އ

    އަނެއްކާ ޕްރައިމަރީ އެއް ބާއްވާ.
    އާ ވާހަކަތަކެއް އިވޭނޭ. ދުވަސްކޮޅަކުން ރޫޅޭނެ.

    2
    2
  10. ހަސަން ފިރާްޤް

    މީނަގެއެޖެންޑާ އަކީ ރީބުޜާންޑް ކުރުމެއް ނޫ..މީ ނަޔަކީ ފޭލްވެފަ ހުރި މީހެއް. ޕީޕީއެމް އައް މީނަ ގެނެސްގެން ޕީޕީއެމް ވެސް ފޭލްވާނީ..

    1
    4
  11. މާވަރު

    އަމިއްލައަށް އެއްވެސް ކަމެއް ނުވެގެން ތެޅިއަރުވާ މީހަކަށް ކުރެވޭނެ ރީބްރޭންޑެއް ނޯައްނާނެ.
    ދެންވެސް ސައިޒްގަ ހުރެވޭތޯ ބެލިއްޔާ މާ ތާހިރުވާނެ. ހަރުގަޑޭ ބޫޓް ބާލާފަ ފައިގެ ދަށްފުށޭ
    ކިޔަސް މީހަރު ކަލޭގެ އަޑު އަހާނެ ބަޔަކު މި ރާއްޖެއަކު ނެތްކަން ހަނދާކުރޭ!

    2
    2
  12. އަސްލު

    ފުރަތަމަ ކަލޭ ތިހިރީ ރީ ބުރޭންޑު ކުރަން ޖެހިފަ

    2
    2