ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، އިންޑިޔާގައި ކުޅުނު ކްރިކެޓް މެޗް ބައްލަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އިންޑިޔާއަށް ވަޑައިގަތީ އެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށެވެ. އެ ދަތުރުފުޅުގައި ރޯޔަލް ޗެލެންޖަރސް ބެންގަލޫރާއި، ޗެންނާއީ ސުޕަރ ކިންގްސްއާ ދެމެދުގައި ކުޅެވުނު އައި.ޕީ.އެލް. ކްރިކެޓް މެޗް ރައީސް ބައްލަވާލެއްވިއެވެ. މެޗުގެ ކުރިން ދެޓީމުގެ ކެޕްޓަނުން، އިންޑިއާ ކްރިކެޓްގައި އެންމެ ފާހަގަކޮށްލެވޭ ދެ ކުޅުންތެރިންކަމަށްވާ ވިރާތު ކޯލީއާއި ގައުމީ ޓީމުގެވެސް ކެޕްޓަން އެމްއެސް ދޯނީ ވަނީ ރައީސަށް ރަމްޒީ ހަދިޔާތަކެއް އަރުވާފައެވެ.
ދެ ދުވަހުގެ ދަތުރުފުޅު ނިންމާވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންނެވިއިރު، އިންޑިޔާއަށް ކުރެއްވި އެ ދަތުރުފުުގައި ރާއްޖޭގެ ކްރިކެޓް ތަރައްޤީކުރުމުގެ ގޮތުން އިންޑިޔާ ސަރުކާރުން ރާއްޖޭގައި ބިނާކުރާ ކްރިކެޓް ސްޓޭޑިއަމްއާ ގުޅޭ ގޮތުން އިންޑިޔާގެ ކްރިކެޓް ބޯޑާ ވެސް އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ކްރިކެޓަށް ގިނަ ކަންތައްތަކެއް ފަހިވެގެންދާނެކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފައެވެ.
އަދި ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
ލޮލް
ސެންޓްރަލް ގަވަރމަންޓުގެ ވެރިން ކީކޭތަބުނީ؟ ދިވެހިންނަށް ޖެއްސުންކުރާށޭތަ ބުނީ؟ ކުންފުނިތައް އުވާލަންތަ އެދުނީ؟