އައްޑޫ ސިޓީ ހިތަދޫ ކުނި ކޮށި ކައިރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެ އެކްސިޑެންޓް ހިނގާފައި މެޑި ސިޓީ ވޭނަކާއި ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި ދެމީހުންނަށެވެ.

އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި ހިތަދޫން މަރަދުއަށް ދުއްވާފައި ދިޔަ ވޭން ކޮންޓްރޯލް ނުވެ، ކުރިމަތިން ދިޔަ ސައިކަލެއްގައި ޖެހިފައި، ވޭން ކޮންޓްރޯލް ނުވެގެން ދިޔަ ވަގުތު މަގު އަނެއް ފަޅިއަށް އަރާ މަރަދޫން ހިތަދޫއަށް ދިޔަ އެހެން ސައިކަލެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓް ހިނގާފައިވާ ސަރަހައްދު --- ވަގުތު އިމޭޖްސް

އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ޒުވާން އަންހެނަކާއި ފިރިހެނަކަށެވެ. އޭގެ ތެރެއިން ފިރިހެން މީހާއަށް މިހާރުވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފައި ވަނީ އަދި އިތުރު މީހަކު ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔަ ފުރަތަމަ މީހާ ނިޔާވެފައިވާ އިރު، އަންހެން މީހާގެ އަތް ބިންދައިގެން ގޮސް، ފަޔަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވަނީ ލިބިފައެވެ.

އެހެން ނަމަވެސް އަންހެން މީހާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

ވަގުތު އިމޭޖްސް ---

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖެރީ މީދާ
  2. ޖެރީ މީދާ

    alhugandu'ge illthimaas aki hurihaa echehi dhuvva befulhunna, Dhenves thi dhuvva echeh madun dhuvaashey..balaaigen dhuvvashey..ehnunn viyya eoh fennan othi vaa goy