މާލެ އިން ހުޅުމާލެއަށް ހިނގާފައި ދެވޭނެ ގޮތްތަކެއް ހޯދުމަށް ސަރުކާރުގެ ތެރެއިން މަޝްވަރާ ފަށައިފިިއެވެ.

މި މަޝްވަރާތަކާއި ގުޅޭގޮތުން ޔޫތް މިނިސްޓަރ މަހުލޫފް އަހުމަދު މިއަދު ވިދާޅުވީ، މާލެ އިން ހުޅުމާލެ އަށް ބައިސްކަލް އަދި ދުވެފައި/ހިނގާފައި ދެވޭނެ ގޮތްތަކެއް ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއެކު މިއަދު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އަދި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު މިކަމަށް ހައްލެއް ހޯދޭނެކަަމަށް އުއްމީދު ކުރެވޭކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖު ހުޅުވުމާއެކު އެތައް ބަޔަަކަށް ފަސޭހަތަކެއް ވެގެންދިޔައިރު، ބުރިޖު މަތީގައި ހިނގާފައި/ދުވެފައި އުޅެވޭނެ ގޮތަށް ވަކި ދެ ލޭން ވަނީ ހަދާފައެވެ. އަދި އެތަން ބޭނުން ކުރަމުން އަންނައިރު، ހިނގާފައި/ދުވެފައި ނުވަތަ ބައިސްކަލުގައި ހުޅުމާލެއަށް ދެވުމަކީ ރައްޔިތުން ވަރަށް ބޭނުންވެފައި ތިބި ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސެއިޚް އިލްޔާސް ސެއިހް

    ގާޑިޔާ ދަމާފައިވެސް ދެވޭގޮތް ހަދާތި

  2. ކަކުނި

    މިކަހަލަ ބޭކާރު ކަންތަކުގަ މިވެރިން 5 އަހަރު ނިންމާލާނީ

    2
    1
  3. ޭހު

    ޙިނގާ މީހުންބުރިޖްމަތިން ދާންވާނީ ލައިފުޖެކެޓް އަޅައިގެން

    3
    1
  4. ޚުދުބުޅާ

    ދުވަން ކަނޑައެޅިފައިވާ ދެލޭނުން ކުރެ އެއްލޭނު ބައިސްކަލް ދުއްވަން ހަމަޖައްސަން ރަނގަޅުވާނެ.

    1
    1