ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ނަން ހުށަހަޅައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވާ އިރު، އަދީބާ ޒަމީރުގެ އިތުރުން އެމްއެމްޕީއާރްސީ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އޭސީސީގެ ރައީސް ހަސަން ލުތުފީއާއި ނައިބު ރައީސް މުއައްވިޒު ރަޝީދުގެ ނަންވެސް ހުށަހަޅާފައިވެއެވެ.

މި މައްސަލައާއި ގުޅޭ 8 ހެއްކެއް ދަޢުލަތުގެ ފަރާތުން ހުށަހަޅާފައިވާއިރު، މިއީ ކޮންކަމެއް ސާބިތުކުރަން ހުށަހަޅާފައިވާ ހެކިތަކެއްތޯ ޤާޟީ ސުވާލުކުރެއްވުމުން، ދަޢުލަތުގެ ވަކީލް ވިދާޅުވީ، މިއީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އަކީ އެސްއޯއެފް މެދުވެރިކޮށް ޖަމާކުރި އެމްއެމްޕީއާރުސީ ފައިސާ ކަން ސާބިތުކުރުމަށް ހުށަހަޅަފާފައިވާ ހެކިތަކެއް ކަމަށާއި، އޭސީސީގެ އެކްސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރީ އުޟޫލުތަކާއި ޚިލާފަށްކަން ސާބިތު ކުރަން ހުށަހަޅާފައިވާ ހެކިތަކެއް ކަމަށެވެ.

މި މައްސަލައާއި ގުޅޭގޮތުން، ޤާޟީ ހައިލަމް ވަނީ، ދަޢުލަތާއ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ. އެގޮތުން، 12 ފެންރުއަރީ 2019 ގައި އެ ކޯޓަށް ހުށަހަޅާފައިވާ ސިޓީގައި، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް ބުނާ އެއްމިލިއަން ޑޮލަރު ޖަމާކުރި ޗެކްތަކާއި އެ ފައިސާ ޖަމާކުރި ލިޔުންތައް ސިއްރު ކުރުމަށް ހުށަހަޅާފައިވަނީ ކީއްވެތޯ ޤާޟީ ހައިލަމް ވަނީ ސުވާލުކުރައްވާފައެވެ. މީގެ އިރުތުން، މި މައްސަލައިގެ ދެ ހެއްކެއް ކަމަށްބުނެ، 9 އެޕްރީލް 2019 ގައި ހުށަހަޅާފައިވާ ދެ ހެކިންގެ މަޢުލޫމާތު މިހާ ފަހުން ހުށަހަޅާފައިވަނީ ކީއްވެގެންތޯ އާއި، ތަޙުޤީޤު ފުރިހަމަނުވަނީސް މައްސަލަ ޝަރީއަތަށް ހުށަހެޅީ ކީއްވެގެންތޯ، ވަނީ ސުވާލުކުރައްވާފައެވެ.

ޤާޟީ ހައިލަމް ކުރެއްވި ސުވާލުތަކަށް އެކަށީގެންވާ ގޮތެއްގައި ޖަވާބު ނުދެވި، އިތުރު ފުރުޞަތު ބޭނުންވާކަމަށްބުނެ، ދަޢުލަތުން ވަނީ އެ ފުރުޞަތަށް އެދިވަޑައިގެންފައެވެ. ނަމަވެސް ޤާޟީ ހައިލަމް ވިދާޅުވީ، އެކައުންޓަށް ޖަމާކޮށްފައިވާ ޗެކްތައް ޖަމާކުރީ ކާކުކަމާއި، ކޮންއިރަކުކަން، ދަޢުވާ ލިބޭ ފަރާތަށް ކޮންމެހެން އެނގެން ޖެހޭނެތީ، އެކަން ސިއްރުކުރެވެން ނެތް ކަމަށެވެ. އަދި މިމަހު ހުށަހަޅާފައިވާ ދެ ހެކިންގެ ބޭންކް ސްޓޭޓްމަންޓްގެ މަޢުލޫމާތު ސިއްރު ކުރުމަށް ވަގުތީ އަމުރެއް ނެރެދެވިދާނެ ކަމަށާއި، ދާއިމީ އަމުރަކާއި މެދު ގޮތެއް ނިންމާނީ ދަޢުވާލިބޭ ފަރާތުން ދިފާޢު ވުމަށް ފުރުޞަތު ދިނުމަށްފަހުކަމަށްވެސް ޤާޟީ ވިދާޅުވިއެވެ.

ދެފަރާތުން މި މައްސަލައާއި ގުޅޭ އިތުރު ލިޔުންތައް ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. Anonymous

  ކަލޯ ޔާމީނުގ

  9
  36
 2. ޔޮކާ

  ކަލޯ މިވަނީ ކިއެއް! ވާއެއް ނުވާއެއް ނޭނގޭ! ކުރީގަ ކިޔާއަޑު އިވޭ ކުށެއްގަ ބެދިފަ ހުންނަ މީހަކު ހެކިންގެ ގޮތުގަ ހުށަނޭޅޭނޭ. މިހާރު ބޮރޯވީމަ ހެއްކަކަށް ވާން ފުރުސަތު ދެނީތަ ނޫނީ ޔާމީން ބައްދާލަން އެއްމެ ފަސޭހަ ވާނި ޔާމީން ދައުރުގަ ބަންދުކުރި މީހަކުގެ ހެކިބަސްހޯދުންކަމަށް ބަލައިގެން ކުރާ ކަމެއްތަ މީ؟

  19
  2
 3. Anonymous

  ކުށް ޘާބިތުވެފައިވާ މީހުންގެ؟

  19
  2
 4. ހުސޭނުބޭ

  އެހެންވީމާ ޕޮލިސް ކަމިޝަނަރު ވަގުނަމުގައި އަޅުވަން ޕޮލިސް ކޮމިޝަނަރުގެ އެކައުންޓަށް މަ ފައިސާ ޖަމާކުރިއްޔާ ހެކިވެރިއެއްގެ ގޮތުގައި މަ ގެންދަންޖެހޭނެ!........... ތި ހުރީ އިންސާފު ޤާއިމްކުރަން ތެޅިއަރުވާ މީހުންގެ ހާލު ހުރި ގޮތް! މައްސަލާގެ މުގޫ ފައިބާ ހުރި މީހާ ތި ލަނީ ހެތްކަކަށް! އިބޫ ޞާލިޙަށް ދަންނަވަން...... އަދީބު މައްސަލައިގެ ޙުކުމްކުރާ ފަނޑިޔާރުކަމުގައި ހަމަޖައްސަން! އޭރުން އެންމެ ފަސޭހައިން ޔާމީނު ބައްދާލެވޭނީ!

  33
  6
  • ާއަދުރޭ

   ޔާމީން އެންމެފުރަތަމަ ބުނީ ހުސޭނުބޭ ބުނިހެން. ތީ ތިމަންނަ މަޅީގަ ޖައްސަން ޖަމާކުރި ފައިސާ އޭ. ފަހުންބުނީ ތީ ޕޕމ ގެ ފައިސާ އޭ. މިހާރު އެބަކިޔާ ތީ ތިމަންނަގެ ފައިސާ އޭ.

   4
   15
 5. ސަޓޯ

  އަދީބުގެ ހެކިބަހަށް ރިއާޔަތް ކުުރުމަކީވެސް ގާނޫނީ ކުށެއް... އެއީ ބޮޑު ކުއްވެރިއެއް... ރައްޔިތުންގެ ލާރިގަނޑު ބަނޑުއަޅާލާއިގެން ހުރި ގޭންގްސްޓާރ އެއް އޭނައަކީ

  19
  3
 6. ޖަޒީރާވަންތަ

  އަދީބުއަށް އިންޓެލް މައުލޫމާތު ވިއްކީ މީހާރުގެ ސީޕީއޯ. އެވެސް ހިޔާނާތުގެ ފައިސާއަށް. މިމައްސަލަ ވައްދައިގެން އަދީބު ހެކިވެރިޔަކަށް ގެންދަންވީނުން.

  13
  3
 7. އަސްލީން

  ޔާމީނުގެ ކަނޑައެޅިގެން އިނގޭ ދުޝްމަނަކު ޔާމީނާ ދެކޮޅައް ދޭ ހެކިބަހަކީ ހައްގު ސައްހަ އެއްޗެއްކަމުގައި ޝަރީއަތުގައި ބެލެވޭތޯއެވެ.

  17
  2
 8. ސައްލޭ

  މިތާންގައި "އަދުރޭ" ގެ ނަމުގައި ކޮމެންޓްކުރި ބޭފުޅާއަށް ވަނުވާ ނޭގިގެން އުޅޭހެން ހީވަނީ!

  9
  1
 9. ސަމާ

  ފނިފެންމާ ލޯނޗް ކޮޅު ޔާމީނާއެކު ގޮއްވަޅާން އަދީބުއުޅުނީވެސް ޔާމީން އަށް ފައިސާތިތަފްޞީލްށް ދޭން އެދުނީމަ. އަދީބުދޭ ހެކި ބަސް މިހާރަކު ޤަބޫލެއްނުކުރެވޭނެ. ތިޔައީ އެމްޑީޕީ ބުނާގޮތަށް ހެކިދޭން ތައްޔާރުވެހުރި މުޖްރިމެއް. އޭނާގެ ހެކި ބަސް މިހާރަކު ޤަބޫލެއް ނުކުރެވޭނެ،މުގުލުގައި ހުރި ބޮޑު ވަގު ރެކެން ކޮންމެ ފަދަ ވާހަކަ އެއްވެސް މިހާޡރު ދައްކަ ފާނެ.. އަދީބުގެ ހެކިބަސް ޝަރީޢަތަކަށް ޤަބޫލެއް ނުކުރެވޭނެ. ބޮޑު ޓެރެރިސްޓެއް. ބޮޑު ޤާތިލެއް.ތިޔައީ އެމްޑީޕީ އަޑިގައި އޮވެގެން މީހެއްގެ ދުވަސް ދުއްވާލަން ކުޅޭ ބޮޑު ޑްރާމާއެއް. އަދީބުކައިރީގައި އެމްޑީޕީ ބުނާގޮތަށް ހެކިދޭން އަދީބު ހުރީ ތައްޔާރަށް.