ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ ސްޓީލް ބޮކްސް ގާޑާ ބީމްތައް އިއްޔެ ހަރުކުރަން ފަށައިފިއެވެ.

މި މަހުގެ އަށް ވަނަ ދުވަހު ޗައިނާއިން ރާއްޖެ ގެނެސްފައިވާ އެ ސްޓީލް ބޮކްސް ގާޑާ ބީމްތައް ހަރުކުރަން ފަށާފައިވާކަން ހާމަ ކުރައްވާފައި ވަނީ އިއްޔެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައެވެ.

މި ސްޓީލް ބޮކްސް ގާޑާ ބީމްތައް ހަރުކުރުމާއެކު ހުޅުމާލެއާއި މާލެއާއި ދެމެދު ބްރިޖު ގާއިމް ކުރެވުނީއެވެ. އޭގެ ފަހުން ދެން އޮންނާނީ އިތުރު މަސައްކަތްތަކެވެ.

ސްޓީލް ބޮކްސް ގާޑާ ބީމްތައް ހަރުކުރުމުގެ މަސައްކަތް ނިމޭނީ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ހައުސިން މިނިސްޓަރ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

220 މިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ތަރައްގީ ކުރާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ.

ބްރިޖްގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ވެސް ހިމެނޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަސީނާ

    މައުމޫނު ކުރި މަސައްކަތަށް އަންނި ވެރިވެގަންނަން ތަޅުދަޑި ޖަހާލިފަދައިން ބްރިޖަށް ވރިވަން ބަޔަކު އެތިބަ ތެޅި މަރުވަނީނު! އިންޝާއަﷲ ދުވަހަކުވެސް އެމީހުނަށް އެކަން ކާމިޔާބެއް ނުވާނެ!

  2. ޑިމޮކްރަޓިސްޓް

    ކުޑަކުދިން އުޅޭހެން އުޅޭބަޔެއްތީ.....

  3. އަހުމަދު

    ސަޅި. މި ސަރުކާރުން ވާ ވައުދު ފުދެމުން ދާ މަންޒަރު މި ފެންނަނީ.