ނިމިދިޔަ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބުގައި ޕީޕީއަށް ލިބުނު ނާކާމިޔާބީ އަކީ ވަކި މީހެއްގެ ބޮލުގައި އެޅުވޭނެ ކަމެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގެ އޮންލައިން މީޑިޔާ އަކުން ގެނެސްދިން ޕްރޮގްރާމެެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު ޤަބޫލެއް ނުކުރަން ޕީޕީއެމް ގެ ނާކާމިޔާބީ ވަކި މީހެއްގެ ބޮލުގައި އެޅެވޭނެ ކަމަކަށް. ޕީޕީއެމް ނާކާމިޔާބު ވީތޯ، ނުވަތަ އިންތިޚާބަށް ނުރަނގަޅު އަސަރުތަކެއް ފޯރީތޯ އަޅުގަނޑުމެން އެބަ ޖެހޭ ބަލާލަން. މަޖިލިސް އިންތިޚާބު ވިޔަސް، ރިޔާސީ އިންތިޚާބު ވިޔަސް އެ ދެ އިންތިޚާބުގެ ނަތީޖާ އާއި ދޭތެރޭ އަޅުގަނޑުމެން ސުވާލުތަކެއް މި އުފައްދަނީ. އެހެންމީވަ އަޅުގަނޑުމެން ޤަބޫލެއް ނުކުރަން އަޅުގަނޑުމެންނަށް ވަކި ކަމެއް ނުކުރެވިގެން ކަމަކަށް އަޅުގަނޑުމެންނަށް އިންތިޚާބު ނާކާމިޔާބު ވީ." މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވޯޓު އޮޅުވާލި ކަމުގެ ގިނަ ހެކިތަކެއް ފެންނަން ހުރި ކަމަށާއި، ނަމަވެސް އެކަން ބެލޭނެ އެއްވެސް ގޮތެއް ފެނިފައި ނުވާ ކަމަށެވެ.

"ވޯޓު އޮޅުވާލިކަމަށް ބެލެވޭ ހެކިތަކެއް ފެންނަން ހުރި. އެންމެފަހުން ސްޕްރީމް ކޯޓުން ކުރެއްވި ހުކުމުގައިވެސް އޮތް ޕޮލިހަށް ގޮސްގެން، ނޫނީ ކަމާއި ބެހޭ އިދާރާތަކުން ތަޙުޤީޤު ކުރެވިދާނެ ކަމަށް. ފަށާފައި ކުރިއަށް ނުދަނީސް، ވޯޓު ކަރުދާސްތައްވެސް ނައްތާލިތަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. އެހެންވީމަ އެކަހަލަ އެތައް ކަމެއް ހިނގައިގެން ދިޔަ." މުޢިއްޒު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރުގެ މަޤާމުގައި ޑރ މުޢިއްޒު ހުންނެވި ދުވަސްވަރު ރައްޔިތުންގެ ލާބަ އާއި މަންފާއަށް ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަވޭ

    ޕީއެންސީގެ ކޮންގްރެސް ބާއްވައިގެން އެބަޖެހެއޭ ހިންނަވަރޭ ޖުލައި މަހު އިސްތިއުފާދީ މިރާއްޖެ ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ކެނެރީގެ ނަޝީދު އުޅޭތީވެ ހިންނަވަރޭ ސަރުކާރުގެ ފައިސާ ގަނޑަށް އެންޖޯއިވުމުގަިއ ހައްދު ފަހަނައަޅާދާތީވެ އެފަދަ ކަންކަން ހުއްޓުވާ ޒިންމާދާރު ކުރުވަން ސަރުކާރު މިސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާ އަށް ޓަކައި އެއްވެސް ކަމެއް ނުކުރެއޭ ހުރިހާ ކަމެއްގެ ފޫޅު ކަނޑާލަނީ ކުރީގެ ސަރުކާރަށޭ ހިންނަވަރޭގެ ސަރުކާރަށް 9 މަސް ދުވަސް ވާއިރު ވެސް ފްލެޓްްސް ތަކަށް ފޯރމް ލި މީހުންގެ ފޯރމްސް ތައް ވީދާ ކުދި ކުދި ކޮށްލުން ނޫން ކަމެއް ނުކުރެއޭ ޕޮލިސީ ސެކްރެޓަރީ އަމިއްލަ އަށް ފޯރމްސް ތައް ނަގާ ބިންމައްޗަށް އުކާލާ ފޮޓޯ ތައް ނަގަ ނަގައިގެން މިހާރު ނޫހުގެ ކޮރަޕްޓް ނޫސްވެރިންނަށް ސުޕާރީ ދީގެން އެމެން ގެ ނޫހުގައި ދޮގު ޚަބަރު ތައް ޝާއިއު ކުރުުން ނޫން ކަމެއް ނުކުރެއޭ މިކަންކަން އެބަޖެހޭ ރަނގަޅު ކުރަން...

  2. ދިސްވޭ

  3. އަލްޖިބްރާ

    ވަގުންވާނީ ވަގުންނަށް ! ކަލޭމެން ވައްކަން ކުރާތީ ކަލޭމެނަށް ހީވާނެ ދެންވެސް ތިބީ ކަލޭމެން ކަހަލަ މީހުންނޭ ! ތީބަލި ޤަބޫލު ކުރާނެ ބައެއްނޫން ! ތިތިބީ ބާޣީން !

  4. ހުއްބުލް ގައުމު

    ޖަރީމާ ހިންގީ ގުޅިގެން، އެހެންވީމާ ނާކާމިޔާބުގެ ޒިންމާވެސް ނަގަންވާނީ ގުޅިގެން. ރައްޔިތުންގެ ތާއީދެއްނެތް، ވެރިކަން ކުރުމުގެ ހިޔާލު ދޫކޮށްލައްވާ.

  5. މުހަންމަ

    އެ ޒިންމާ އެޅުވޭނީ އެއްވެސް އިންސާފެއް ހަމައެއް ނެތި ދީފައި ހުރި ފްލެޓް ތަކުގެ ބޮ؛ުގައި.