ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންނަށް ދަޢުވާ ކުރުމަށް އަންނަ ބުރާސްފަތި ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ތަރުޖަމާާން އަހުމަދު އަކްރަމް މިއަދު ވިދާޅުވީ ޕީޖީ އޮފީހަށް މާލީ ބަޔާން ހުށަނާޅާ 39 ކެންޑިޑޭޓުންނާ މެދު ދައުވާ ކޮށްދިނުމަށް އެދި .އަންނަ ބުރާސްފަތި ދުވަހު ފޮނުވަން ނިންމާފައިވާ ކަމަށާއި، އަދި 11 ބަޔާނެއް ފުރިހަމަ ނުވެ އޮންނާތީ ހަފްތާއެއްގެ ދީފައިވާ ކަމަށެވެ.

އީސީއިން އާންމުކޮއްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި ޕީއެންސީ އާއި އަދާލަތު މިއިން ކޮންމެ ޕާޓީއަކުން އެއް ކެންޑިޑޭޓަކު ބަޔާން ހުށަހަޅުއްވައިފައެއް ނުވެއެވެ. އެމްޓީޑީއިން ދެ ކެންޑިޑޭޓަކު އަދި ލޭބާ ޕާޓީއިން ދެ ކެންޑިޑޭޓަކު ވެސް ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ. އަދި ޕީޕީއެމްގެ ދެ ކެންޑިޑޭޓަކު ބަޔާން ހުށަނާޅުއްވައެވެ.

މާލީ ބަޔާން ހުށަނާޅައިފި ނަމަ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި 24،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެއެވެ.

އެ ކޮމިޝަނުން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު މާލީ ބަޔާން ހުށަހަޅަން ޖެހޭ ވަގުތު ހަމަވިއިރު މަޖިލިސް އިންތިހާބުގައި ވާދަކުރި 386 ކެންޑިޑޭޓުންގެ ތެރެއިން 347 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު